ސިފައިންގެ ބޭފުޅަކު އަންހެނަކު ފަހާ ދުވި ވީޑިއޯ ފެނުމުން ލަދުގަނެއްޖެ ކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއަށް ނިސްބަތްވާ ބޭފުޅަކު "އިންޑިއާ އައުޓް" ދިދަ ހިފައިގެން ހުރި އަންހެނަކު އަތުލަން އޭނާ ފަހަތުން ދުއްވައިގަންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމްއެންޑީއެފްގެ އިތުރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ވީޑީއޯއާއި ގުޅިގެން ޝެއިހް ޒައިދު ވިދާޅުވީ, ދިވެހި ސިފައިންގެ ބޭފުޅަކު އަންހެނެއް ފަހާ ދުވި ވީޑިއޯ ފެނުމުން އެ ބެލި މީހެއްގެ ހައިސިއްޔަތުން ވެސް ލަދު ގަނެއްޖެ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ގަދަރާއި އިހްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުންގެ ކުރިމަތީ އަގުވެއްޓޭ ފަދަ އަމަލުތައް ކުރުމާ ދުރުވުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހި ސިފައިންގެ ބޭފުޅަކު އަންހެނެއް ފަހާ ދުވި ވީޑިއޯ ފެނުމުން އެ ބެލި މީހެއްގެ ހައިސިއްޔަތުން ވެސް ލަދު ގަނެއްޖެ! ސިފައިންނާއި ފުލުހުންގެ ޤަދަރާއި އިހްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުންގެ ކުރިމަތީ އަގުވެއްޓޭ ފަދަ އަމަލުތައް ކުރުމާ ދުރުވުން ވަރަށް މުހިންމު!" ޒައިދު ވިދާޅުވިއެވެ.

އިދިކޮޅު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ހަރުކަށި ކޮށް އަމަލު ކުރަމުން އަންނަ މިދުވަސްކޮޅުގައި އެމްއެންޑީއެފްގެ ބޭފުޅަކު ދިވެއްސަކު ފަހާ ދުވާ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާއި ގުޅިގެން އިދިކޮޅުން ތުހުމަތު ކޮށްފައިވަނީ އެމްއެންޑީއެފްގެ ޔުނިފޯމު އަޅައިގެން އެމީހާ ފަހާ ދުވީ އިންޑިއާ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    އަދިވެސް ތައްޔާރު ތޯ ބޭރު ތަންތަނުގެ ސިފައިން އަމިއްލަ ޤައުމުގައި ބައިތިއްބައިގެން ނޫނީވެރިކަން ނުކުރެވޭ ފެންވަރުގެ ބޭފުޅުންނަށް ވޯޓް ދެއްވަން
    ޝެއިޚް އިލްޔާސް އަރިހުގައި ދަންނަވަން ކެރިވަޑައިގަންނަވާނެތޯ މީތޯ ދުޢާދެއްވި ،އަނިޔާވެރި ނުވާނެކަމަށް ވަޢްދުވެގެން އަންނަ ވެރީންނަށް ވެރިކަން ކުރެވޭ ގޮތްތޯ؟ ނޫނީ މިވެސް ކުރީ ސަރުކާރުގެ ކަމެއްތޯ ސާފުކޮށްލަ ދެއްވުން އެދެން ރައްޔިތުން ވޯޓު ދިނީ ބޭރު ޤައުމު ތަކުގެ ސިފައިން ގެނެސްގެން ވެރިކަން ކުރާކަން ނޫން. އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ތިބުމަކީ ކޮންމެ މީހަކު ވެރިކަން ކުރިއަށް ދިވެހިން ރައްޔިތުން ރުހޭނެ ކަމެއްނޫން. މީ މިނިވަން މުސްތަޤިއްލު ޤައުމެއް. މާތްވެގެންވާ އިސްލާމްދީނާއި އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތާ ފުދިންވާ ޤައުމިއްޔަތު ދެމެހެއްޓުމަށް ދިވެހިން ބޭނުންވާނެ. ރައީސް މައްމޫނޫގެ އިރުގައިހެން ހުރިހާ ެެޤައުމު ތަކާވެސް އެކުވެރި އިޙްތިރާމް ލިބޭ ގުޅުން ގެންގުޅެންވީ ވަކިބަޔަކު ޙައްދެއްނެތް މިންވަރަށް ކައިރި ނުކުރަންވީ
    މާގާތްބޮޑުވީމަ މަކުނު ވެސް އެރީ ބޮލަށޭ ކިޔާ

    48
    1
  2. ހެހެހ

    100% ޤައުމެއްގައި ދީންދެކެލޯބިވާ އިލްމްވެރިއަކު ނެތީމަ މާ ލަދުގަނޭ ،

    49
    1
  3. ސާދުނާ

    ރައްރަށަށް ޑިއުޓީ ޓްރެވަލް އައްގޮސް މީހުންގެ އަނބިންކައިރިއައް ވަންނަނީ ކިތައްމީހުން؟ ލަދެއްނުގަނޭ،

    27
    2
  4. އަހްމަދު

    އިންޑިއާމީހެއްނޫންނަމަވެސް ވަޒީފާގަހުރެވޭނީ ވެރިންއަންގާ އެންގުންތަކަށް ކިޔަމަންވެގެންކަމަށްވާތީ އެކަންވެސްކުރަންޖެހެނީ އަދި އެއައްވުރެ މުޑުދާރު ޢަމަލުތައްހިންގާތަންވެސްފެންނާނެ ޝޭހްވެސް ލަދުހަޔާތްކަނޑާލައިގެން ބައްލަވަންހުންނަވާ

    34
    1
    • ސަންފަ

      ޥެރިން އަންގަނީ މުޒާހަރާ ކުރުން ހުއްޓުވަން ދޮއްތަ. އަންހެނުންގެ ފަހަ ތުން ނުދުވިޔަކަސް އެކަން ކުރެވޭނެ. ޢަހުންނަށް ހީވަނީ އެސޮރު އެރޭ ހުރީ ހަމަހޭވެރިކަމެއްގަ ނޫންހެން

  5. ސަންގު

    އަނހެނަކަސް ގުރޫޕް ލީޑަރަކަސް އެބަޖެހޭ ގާނޫނާ ހިލާފްވީމައި ހައްޔަރުކުރަން ފަހާދުވެގެންވެސް ތިޔަކަލަ ބޭފުޅުން ހައްގުބަސް ބުނަންޖެހޭ ތަނުގައި ނުބުނެ މިބާވަތުގެ ސިޔާސީ މީހުން ޖަހާމަޅީގައި ބެދޭތީ މައްސަލަޔަކީ
    ތިޔަބުނާ ދީންވެރި ރައީސުން ދެކުނީމިތޯ މިސްކިތުގެ ސަފަކުން

    18
    33
  6. ލާމު

    އަހަރެމެން ލަދެއް ނުގަނޭ.. އަހަރެމެން ލަދުގަތީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދަކަށް އަދަބެއް ސަދަބެއް ނެތް އަންހެނަކު ވަނީމަ.. ދިދައެއް މުހިންމެއްނޫން. ދިދައެއް ނެތަސް އެސަރަޙައްފަށް ވަނީމަ ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރާނެ.

    5
    16
  7. ރއދ

    ޒައިދަށް ވާރުތަ އަރާ ސޮރެއްތަ އެއީ؟

    7
    1
  8. ފަލަސްތީން

    ރާއްޖޭގެ އިސް މުއަސަސާތަކުގަ އިންޑިޔާ ރޯ އެޖެންޓުން. ދިވެހިންގެ ބަޖެޓުން ބުސާރަ ލިބޭ އެމީހުންނަ.

    13
    1
  9. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ އިންޑިޔާ ގަނެލީ. މިހާރު އެމްޑީޕީ ކުރާ ކޮމްމެ ކަމެއް އޯކޭވާނެ. މަދު ޝޭހެ އައްގުބަސް ބުނަނީ މިހާރު. ދެރަ

    13
    1
  10. ކުޑަހުވަދޫ ބެއްޔާ

    އެއަށްވުރެއް މާލަދުގަނޭ ޓިކްޓޮކްގަ ބަރަހަނާ ހާލުގަ ނާށާ ވާނާ ތައްދައްކަމުންދާމީހުން ނާ ދޭތެރޭގަ ފިޔަވަޅު ނޭޅޭތާގަ އެކަން ހުއްޓުވަން މަސައްކަތް ނުކުރާތީވެ..

    11
  11. އައްޑޫ ހިތަދޫ

    ރާއްޖޭގެ ކަންކަން މިހާރު މިދަނީ ހައްދުން ނައްޓައިގެން

    19
    1
  12. ތުއްތޫގެ ޕިޔާރޭ ލާލު

    އަންހެނަކާއި އެކީ ދިވެހި ލަވައެއް ކުޅޭ އިރު ވެސް ފަހަތުން ޖެހެނީ ދުވަން! ފަހަތުން ދުވެގެން ލޯބި ވެސް ހުށަހެޅެނީ! މީނަ ލަވައެއް ނުބަލަނީބާ؟

    5
    3
  13. ޒާ

    ސިފައިންގެ މީހެއްގެ ފުށުން އެފަދަ ރަނޑު ދަށުދަރަޖަ ފެނިގެން ދިޔައީ ދީފައިވާ ތަމްރީނުގެ ގޮތުންތޯ ނުވަތަ ބޮޑު ސޯބުގެ އެނބުރުން ހުރި ގޮތުންތޯ ސުވާލު އުފެދޭ. ވަރަށް ލަދުވެތި ކަމެއް ފެނުނީ.

    20
    1
  14. އާދަމް

    ޝައިޚް ޒައިދު ދެންނެވީ ރަނގަޅު ވާހަކަފުޅެއް. އަދި ނަސޭޙަތެއް ވެސް ދެއްވައިފި. އަޅުގަނޑު ތިޔަ ދެއްވި ނަސޭހަތަށް އިޙްތިރާމްކުރަން. ޕާޓީ ފިކުރަކުން ނޫން. ޤައުމީ ފިކުރުން.
    ދެން ދީނުގެ ޢިލްމުވެރިން މިފަދަ ނަސޭހަތެއް ދިނަސް، އެކަމާ ދެކޮޅަށް ވާހަކަދައްކާއުޅޭ އުޅޭ ދިވެހީން ތިބޭތީ، ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު ލަދުގަނޭ. ސަބަބަކީ ދީނީ ޢިލްމުވެރިންނަށް އިޙްތިރާމް ކުޑަކޮށް ޤަދަރުވައްޓާލާ، ނުދަނެތިބެ، އެބޭފުޅުންނާ ރައްޔިތުންނާ ދެމެދު ރުޅިވެރިކަން އުފައްދާ ކޮންމެ މީހަކީ ޝައިޠާނެއް. އެކަމަކީ އުންމަތް ބައިބައިވެ ޤައުމު ހަލާކުވުމުގެ ސަބަބުތައް. މިސާލެއް ނަންގަވަންޏާ މިސްރުގެ ތާރީޚް ބައްލަވާ.
    މިއަދު އަޅުގަނޑުމެން ހަނދާންކުރަންވީ ދީނީ ޢިލްމުވެރިންނަކީ ރަސޫލުންނާއި ނަބީންނަށް ފަަހު މީސްތަކުންނަށް ތެދުމަގު އަންގައިދިނުމުގެ ވާރުތަވެރީންކަން. ޢިލްމުވެރިޔަކު ބަހެއް ބުނެލާއިރަށް ނުވަތަ ނަސޭހަތެއް ދޭއިރަށް އޭނާ ކާފަރުކޮށް، ސިޔާސީ ކޮށް، ބާޒާރީ ބަހުން ފުރައްސާރަކޮށް ހެދުމުން އަންގައިދެނީ އެކަން ކުރާ ބައެއްގެ ހުރި ޖާހިލުކަން ދީން ނުދަތުން ފިޔަވާ އިތުރު ކަމެއް ނޫން.

  15. ފާރ

    ލަދު ހަޔާތްކުދަ ދީނީ އިލްމްވެރިން ބޮލުގައި ތާޚިހާ އޅާއިގެން އުޅޭތީ ވަރަށް ލަދުގަނޭ. ނުބެހޭ ކަމެއްނެތް.

    3
    3
    • Anonymous

      ފާރ ކިޔައިދީބަލަ ރާއްޖޭގައި ތިއްބެވި ލަދުޙަޔާތް ޢިލްމުވެރީންގެ ނަންތައް.
      ހަނދާންކުރާތި ތިޔަ ބަހަކީ މުޅި ދުނިޔޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ޖެހި ބަހެއްކަން. އެކަމުގެ ފާފަ އުފުލަންޖެހޭނީ ހަމަ ތިޔަ ފާރ.