އެމްޓީސީސީގެ ވަސީލަތްތައް އިތުރު ކުރުމަށް މި އަހަރު ޖުލައި މަހުގެ ތެރޭގައި 2 ޑްރެޖަރު ގެންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ، އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ބޯޑުގެ މިހާރުގެ ވިސްނުން ހުރީ އެ ކުންފުންޏަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި ކާމިޔާބު ކުންފުންޏަށް ހެދުން ކަމަށާއި އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުންފުންޏަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

އާޒިމް ވިދާޅުވީ، ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

“ކުންފުނި ބޮޑުކުރަމުންދާއިރު އިކުއިޕްމަންޓްސް އައުކުރުމުގެ މަސައްކަތް ވެސް ކުރަމުން މިދަނީ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އިތުރު 2 ޑްރެޖަރު އަޅުގަނޑުމެން ގެންނާނަން. މި 2 ޑްރެޖަރު ރާއްޖެ އައުމުން ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެ.” އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގައި ހުރި އިކުއިޕްމަންޓްސް ހުރީ ވަރަށް ބާވެފައި ކަމަށާއި އެހެން ކަމުން މުޅި ފްލީޓް އައު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އެމްޓީސީސީއަކީ މުސްތަޤްބަލުގައި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެންމެ ކާމިޔާބު ކުންފުންޏައް ވެގެން ދިއުން ކަމަށް އުއްމީދު ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ޒަމާނީ ފެންވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ފުރިހަމަ ކޮށްފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއާއި ވަސީލަތްތައް ބިނާ ކުރުމުގައި އެކުންފުނިން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަނާ

    މަނިކުފާނު ގެ ދައުރުވެސްނިމެންވަރައްކާރިވެއްޖެ ބަލަ ބޭނުންކުރާސާމާނަކީ ބާވާ އެއްޗެއް އާވެސްކުރަންޖެހޭނެ..

  2. ޢަބްދުއްލަޠީފު

    ފައިސާ ގަނޑެއް ކާލާނެ މޮޅު ގޮތެއް ހޯދީ. ރިއަލް އެސްޓޭޓް ނަމުގަ އިންޑިޔާއިން ގެންނަ ޑްރެޖަރު ބޭނުން ކޮއްގެން ހިއްކާބިން އިންޑިޔާ މީހުންނައް ވިއްކުން. މީ ތިކުރަން އުޅޭކަމަކީ. ކޮބާތަ މަހާޖައްރާފު؟ އެވެސް ބާވީތަ؟

    5
    1
  3. އައްޔު

    ރައްޔިތުން ގުބޯހައްދަންވެސް ތިޔަކަހަލަ ވާހަކަ ދައްކަން ފުރުސަތެއްދެއްވި ރައީސް ޔާމީން އަށް ޝުކުރިއްޔާ

  4. ސަމްސިއްޔާ

    އެހެންވީމާ މަހާޖައްރާފު މިއީ ވަރަށް ކަމުދިޔައެއްޗަކަށްތާ މިވީ.