ސްރީ ލަންކާއަށް ފައިސާގެ އެހީ ހޯދަން މެދުވެރިއަކަށް، އެ ގައުމުގެ އާ ބޮޑު ވަޒީރު, ރަނިލް ވިކްރަމަސިންހަ، ރާއްޖޭގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސެވި ސަބަބު ލަންކާއިން ކިޔާދެއްވައިފިއެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އޭގެ ފަހުން އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ.

ނަޝީދާއި އެ މަސައްކަތް ހަވާލު ކުރެއްވީ، އެމަނިކުފާނު އެގޮތަށް ހުށަހެޅުއުވުމުންނެވެ. އެގޮތުން ބޮޑުވަޒީރު ރަނިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭރުގެ އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސްކޮށް، އެ ގައުމުގެ އިގްތިސޯދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނަޝީދު ހުށަހެޅުއްވި ދީލަތި ހުށަހެޅުއްވުން ބަލައިގެންފި ކަމަށެވެ.

ބޮޑުވަޒީރު އެގޮތަށް ވިދާޅުވުމުން ނަޝީދު ވިދާޅުވީ، އެކަމުގައި އެހީވާން ފުރުސަތު ލިބުނީތީ އުފާވާ ކަމަށާއި، އެކަމުގައި އެމަނިކުފާނަށް ކުރެވެން ހުރި ކަމެއް އެންމެ ރަނގަޅުގޮތުގައި ކުރައްވާނެ ކަމަށެެވެ.

 

ސައުތު އޭޝިއަން ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސްގެ އެސޯސިއޭޓް ޕްރޮފެސަރު ދަނަންޖޭ ތްރިޕާތީ އާ ހަވާލާދީ ލަންކާ ނޫހަކުން ބުނީ, ރައީސް ނަޝީދު އެ މަގާމަށް އައްޔަން ކުރެއްވުމުން ލަންކާއަށް ވަރަށް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

"ލަންކާގެ އިގްތިސޯދީ ރިކަވަރީގެ ކޯޑިނޭޓަރަކަށް ނަޝީދު އައްޔަން ކޮށް، ލަންކާ އިން ޗައިނާއަށް ސާފު ސިޔާސީ ސިގްނަލެއް ފޮނުވާފައި". އޭނާ ވިދާޅުވިއެވެ.

ޓްރިޕާތީ ވިދާޅުވީ ރައީސް ނަޝީދަކީ ރަނގަޅު ސިޔާސީގޮތުން ރަނގަޅު އަބުރެއް އޮތް ބޭފުޅެއް ކަމަށެވެ. އަދި ލަންކާއިން ހުޅަނގުގެ ގައުމުތަކާއި ގާތަށް ދިއުމަށް އެމަނިކުފާނު އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ޓްރިޕާތީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އިންޑިއާއިން، ލަންކާގެ ކަންކަމާއި އުޅުމުގެ ކުރިން، ލަންކާއަށް މަގުދައްކައިދީފައި ވަނީ ހުޅަނގުގެ ރިބަރަލިޒަމް އާއި ކެޕިޓަލިޒަމްގެ ނަޒަރިއްޔާތަކުންކަން".

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ނުރަބޯ

    ކަންކަން ކުރެވޭވަރުގެ ހުނަރާ ގާބިލިއްޔަތު އަދި އިޚްލާޞް ތެރިކަން ހުރި މީހުން އެކަންކަމާ ކުރިމަތިލާނީ، އެންމެފަހުން ތިޔަކަން ދާނީ “ދެބުޅަލުގެ ބޯކިބާބެހުމަށް”ލަންކާ އަކަށް ތިޔަ މީހާގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއްނެތް.

    44
    3
    • މުޙައްމަދު

      އަނެއްކާ ދެކޮޅަށް ބައި އަޅަން ނުޖެހޭނެ ބާ. ލަންކާގެ ޑިޕިއުޓީ ޕްރައިމް މިނިސްޓަރުކަން ދޭންވީނު އަންނިއަށް. އެއިރުން ޕްރައިމް މިނިސްޓަރުކަން ކުރެވޭނެތާ

      3
      1
  2. ހަސަން

    ރަނިލް ތިޔަޖެހުނީ ކަރުންދައްމަޅިއެއްގައި! މިގައުގެ ވެރިކަން ލިބި ގައު ހިންގާނެގޮތެއް ނޭގި ގައުމު ބަގުރޫޓުވެ ހަރުމުދާ ވިއްޖެހުނު އިރު އޭނަގެ ތިބުނާ ނެތުވޯކު ކޮބައިތޯ؟ މިއެންމެ ވައްތަރީ ރަނިލްގެ ޖޯކަކާ

    32
    1
  3. އަބްދޫ

    ރަނިލްއަށް ތިޔައޮތީ އޮޅިފަ. ނަސީދަކީ އެއްޗެއް ދަންނަ މީހެއްނޫން. ނަސީދަކީ ބެރިކަމުގަ ހުރެގެންވެސް ބޭރުގައުމުތަކުންއެހި ނުލިބިގެން 3 އަހަރުތެރެ ދިވެހިގައުަށް ޓީ ބިލް ވިއްކައިގެން 18.5 ބިލިއަންރުފިޔާ ދަރަނީގެ ގޮތުގަ ނަގާ ގައުމުގެ އެސެޓް ވިއްކައިގެން ދެކޮޅުނުޖެހިގެން އަތޮޅާ ރަށްރަށުގެ ރައްޔިތުންގެ އެކައުންޓްތަކާއި ބިދޭސީންގެ ޑކިޕޮޒިޓްވެސް ހަޖަމްކޮށްލި ހިޔާނާތްތެރިއެއް. ބޭރުދުނިޔޭގެ ކްރިދއޓިއަނުން ނަސިދުެއާ ގުޅުން ބޭއްވީ ދިވެހިރާއްޖޭގަ ކްރިސްޓިއަން ދީން ގާއިމްކޮށްދޭން އެމީހުންގާތު ބުނުމުން އެކަމަށް ވަރަށް ގިނަ މަސައްކަތް ނަސިދު ކުރެއްވި ނަމަވެސް އެކްންއޭނާއަށް ކުރެވޭގޮތް ނުވުމުން އޭނާގެ އިތުބާރު ހުޅަނގަކަށް ނެތް. އަނެއް ދިވެހިރާއްޖެ ކްރިސްޓިއަން ދިވެހިރާއްޖެ ނަސީދު އަށް ގާއިމް ކޮށެއް ނުދެވުނު. ނަސީދުއާއި ރަނިލްއާދެމެދު އޮތް ގާތްކަމަކުން ތިކަން ހަމަޖެއްސި ކަމުގާވިޔަސް ލަންކައަށް ބޭރުގެ އެހިހޯދާދޭން ނަސީދުއަށް ކުރެވޭނެ ކަމެއް ނޯންނަނެ. ރާއްޖެއަށް އެހިއެއް ހޯދާދޭންވެސް ނަސީދު އަށް ކޮށްދެވުނު އެއްވެސް ކަމެއްނެތް. ރާއްޖެ ލަންކާގޮސްފަ އޮތް ހިސާބަށް ނުދިޔައީ ރާއްޖޭގެ ސެންތްރަލް ބޭންކް އެމްއެމްއޭ އިން 7 ބިލިއަން ދަރަނި ނުވަތަ 7 ބިލިއންރުފިޔާ ޗާޕްކުރުމުގެ ސަބަބުން. ލަންކާގެ ސަރުކާރގަ ރުފިޔާ ޗާޕްކުރުމުގެ ވިސްނުމެއްނެތް. ލަންކަ ސަރުކާރުން މިހާތަނަށް ލަންކާގެ ސެންޓްރަލް ބޭންކުން އެންމެ ރުފިޔާގެ ދަރަންނެއްވެސް ނަގާފަ ނެތް. ބޭރުގެ ދަރަނި ވެސް ފަސްކުރުމަކާ ނުލާ ލަންކާއިން ދިޔައީ ދައްކާ ހަލާސްކުރަމުން. ރާއްޖޭގަ ބޭރުގެ ދަރަންޏާ އެތެރޭގެ ދަރަންޏާ އެކު މިހާރު ދައްކަންޖެހޭ ދަރަނީ 115 ބިލިއަން ރުފިޔާ އަށް ވުރެ ވެސް މަތި ދަރަނިދައްކަންޖެހޭ ހާލަތަށް ދިވެހިގައުމު އަންނައިރު ގައުމަށް ވެގެންދާގޮތް ފެނުނު ބަޔަކަށް ދިވެހިގައުމުގެ ހާލަތުވެގެންދާގޮތް ރަނގަލަށް ފެނިގެން ދާނެ. ލަންކާގެ ބޯޑަރު ބަންދުކޮށްފާ އޮތުމުން ބޭރުފައިސާ ލިބުމަށް ދަތިތައް ކުރިމަތި ވުމުގެ ސަބަބުން ލަންކާގެ އިމްޕޯޓް ދަށްވެ ލަންކާ މިހާލަތަށް އަންނަންޖެހުނީ. ނަސިދަކީ އިގްތިސާދީ އެއްވެސް ކަމެއް ކިޔަވާފަ ހުރި މީހެއްނޫން ކިޔެވީ މެރިޓައިމް ދިވެހި މޭސްތެރި ވަޑަންގެއާއި ސަފާރީ ޓުވާސް އައި ދިވެހިގައުމާ ހަވާލުވެ ވީގޮތް ލޮލަށް ފެނުނު . މަމޮޅުވާންއުލުނަކަސް ނަސީދަކި އެއްވެސް މިހެއްނޫން.

    31
    1
    • މީހާ

      އަބްދޫ ކޮންތާކުން ހޯދައި ބަލާފަ ޖެހި ހިސާބެއް ކަމެއް ނުވިސްނޭ، ތިމާއަށް ނޭނގޭ ކަންކަމުގަ މީހުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކުމީ ވަރަށް ނާތަހުޒީބު ކަމެއް... ދިވެހިން މިހާރު މިދެކެމުން ގެންދާ ތަރައްޤީ އަކީ ރައީސް ނަޝީދު ދިވެހިންނަށް މިޔަކީވެސް ރައްޔިތުމީހާ އަށް ލިބެންޖެހޭ ޙައްޤުތަކެއް ކަމުގަ ބުނެ ރައްޔިތުންނަށް އެކަންތައަ ކުރުމަށް މަގުކޮށައިދިން ކަންތައް ކަމީ އަދު ދިވެހި ކިންމެ ދަރިޔެއްވެސް އެއްވެސް ކޮޅަކަށް ނުޖެހި ވިސްނީމާ ޔަޤީންވާނެ ކަމެއް ކަމާމެދު ޝައްކެއްނެތް.

      1
      23
  4. އުގުރި

    ތިޔައީ އަހަރުމެން މިހާރު ބަލައިގަންނަ މީހެއްނޫނެވެ..
    މިކޮޅަށް މުހިންމުވަނީ ނަމަ އަވަހަށް ގެންދޭ ދެތިން އަހަރު ނުވާނެ މީނާގެ އަސްލު ފެންނާނީ...

    33
    1
  5. ފަރުހާދު

    ސާކު އުވާލާ. ބޭކާރު އިދާރާއެއް.

    21
  6. ލައްކަ

    އަމިއްލަ ޕާޓީގެ ރައީސްކަމުގަ ހުރެ މާލީ ކަންކަން އެއްވެސް ވަރަކަށް ނުބެލެހެއްޓުނު މީހެއްކަމަށް އެ ޕާޓީގެ ކުރީގެ ޗެއަޕާރސަނެއް ބުނެފަ އޮތްއިރު ބޭރު ގައުމަކަށް ފައިސާ ހޯދުން ކަހަލަ މަސައްކަތެއް ހަވާލުކުރުމުން އެކަން ކިހިނެތް ކުރެވޭނީ.

    21
  7. ޑައެލޯގް

    ލަންކާގެދުވަސްދިޔައީއެވެ. ދިވެހިންވެސް މިއުޅެނީ ތިޔަނަޝީދަށް 2008 ގައި ވެރިކަންދިނުމުން އަދިވެސް އެއަނދަވަޅުން އަރައިނުގަނެވިގެންނެވެ. ހުރިހައި ކުންފުނިތަކެއްވިއްކާ އެއާޕޯޓް ވިއްކާ ގައުމުގައި ހުޅުޖަހައި އެވަރުންނުވެގެން އޭނާއަށް ކުރިމަތިނުލެވޭގޮތްވުމުން ކޯރެއްގައިއޮތް ކިނބުލެއް ރައީސްއޮފީހައްލައިގެން ދިވެހިންނަށް ކަމެއްނުކޮށްދެވިގެނެވެ. މިހާރު ހުރިހައިކަމެއް ކުރަނީ އިންޑިޔާއެންބަސީންނެވެ. އިންޑިޔާއެންބަސީގައި މިހާރުވެސް ރާއްޖޭގައިކުރާމަސްރޫތަކުގެ ފޮޓޯއެބަހުއްޓެވެ. އަޅުވެތިވީއެވެ.

    23
  8. ހަސަނާ

    މަތިންބައިން ޖެހިގަން އުޅުނަސް މިދެން ބޮޑުވަރު.އަމިއްލަ ގައުމަށް ހޯދާ ނުދެވުނު އެހީ އަށް 5 މިލިއަން މީހުން ތިބި ލަންކާ އަށް މީނައަށް ކޮން ކަމެއް ކޮށްދެވޭނީ.ރާއްޖެ މީހުން ބޯހިޔާ ކުރަން އަޅާނެ ފްލެޓެއް ހަދާލަން އެހީ ނުލިބޭ.ކިތައް މާލޭ މީހުން އެބަތިބި ބޯހިޔާ ނުވެ ކުލި ދީގެން މި މާލޭގަ.ކޮބާ މީނަގެ އަޤަލު،ސަޅިބައިސާ ކެނޑުމާއި ސިޔާސީ ގޮތުން ތިމާ ޑިގް އަރިވަން ކުޅޭ ސިޔާސީ ފޯލިއެއް މިއީ

    19
  9. އިބްރާ

    ލަންކާ އިތުރަށް ހަލާކުވުން ފިޔަވާ އިތުރުކަމެއް ވާނެކަމަށް ލަފާނުކުރެވޭ ނަޝީދު ކައިރިކޮށްގެން

    23
  10. މުރާސިލް

    ތިޔަ ކެނެރީގޭ ނަޝީދު ތިކަމަށް ހަމަޖެއްސީމައި ލަންކާއަށް ލިބެން އޮތް އެއްޗެއްވެސް ދެން ނުލިބޭނެއެވެ. ނަޝީދު، މާބޮޑަށް މަމޮޅުވެގެން ތިހެން ތެޅުނަސް ތިކަމުން ހާސިލުވާނެ އެއް ކަމެއްވެސް ނެތެވެ. ލަންކާއަށް އެހީއެއްވެސް ވެވެން މިވަގުތު އޮތް ޤައުމަކީ ހައެކަނި ޗައިނާއެވެ. ޗައިނާއާއި އަޅައިގަނެގެން ނުނެޓިގެން އަދި ޗައިނާއާއި މެދު ހުސް ބުހުތާނު ދޮގު ހަދާ ޗައިނާގެ އަގުވައްޓާލެވޭތޯ އުޅޭ ރޯނު އެދުރެއް ތިކަމާއި ހަވާލުކޮށްގެން ލަންކާއަށް ލިބޭނީ ހުސް ގެއްލުމެވެ. އަހަރެން ބުނީތީވެސް ބަލަން ތިބޭށެވެ.

    20
  11. އިބްރާ

    މަތިންބައިން ޖެހިގެން އުޅޭ ބޭފުޅެއް ދޮގެއްތޯ؟

    19
    1
  12. މީހާ

    "އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އިންޑިއާއިން، ލަންކާގެ ކަންކަމާއި އުޅުމުގެ ކުރިން، ލަންކާއަށް މަގުދައްކައިދީފައި ވަނީ ހުޅަނގުގެ ރިބަރަލިޒަމް އާއި ކެޕިޓަލިޒަމްގެ ނަޒަރިއްޔާތަކުންކަން

  13. ސަލާމް މަ

    ކޮންތާކު އޮތް އަބުރެއްތަ އެ ބީތާގެ.

    13
  14. ެައަބްދޫ

    ނަސީދު ގެ ޕްލޭނަކީ މޮރިސަސް އާ ދުނިޔޭގެ ތަފާތު ބޭންކް ތަކުގަ ނަސީދު ގެ ނަމުގަ ޖަމާވެފަހުރި ކަޅު ފައިސާ ދޮން ކުރުމުގެ ޕްލޭނަކަށް ނުވެދާނެ ބާ؟ތަފާތު ގައުމު ތަކުގާ ހުރި ނަސީދުގެ އެކައުންޓް ތަކުން ލަންކާއަށް ލޯނުދީގެން ލަންކާގެ ސެންޓްރަލް ބޭންކަށް ޖަމާކުރެވި ލޯންތަކަށް ދޭޕޭމަންޓްތަކާ އިންޓަރެސްޓް ލަންކާގެބޭންކްތަކުގަ ނަސީދު ގެ ނަމުގާ ހުޅުވިފާ ހުރި އެކައުންޓްތަކަށް ޖަމާކުރެވި ދޮންކުރެވޭ ޕްލޭނަކަށް ނުވެ ދާނެބާ؟

    14
  15. ޙަނދުކޭތަ

    ވަޑާންގެއިން މަރުތޭލެއް ވަގައް ނެގި މަރުމޯލެއްތީ

    11
  16. ދިވެހިން

    ކޮންމެހެން ނަޝީދު އެމަޤާމާ ހަވާލު ވުމަކުން ނޫން ދިވެހިން ފަޚުރުވެރި ވާންވީ، އެއީ ދިވެހި ލޭހިނގާ ދިވރހި ދަރިއެއް އެފަދަ ކަމަކަށް ކުރަތިލުމުން މިހާރު މިކުޑަކުޑަ ރާއްޖެއްކީވެސް ބައިނަލްޢަޤުވަމީ ދުނިޔޭގަ ބަސްވިކޭ ބަޔަކަށް

    2
    14
  17. ދިވެހިން

    ދިވެހި ދަރިއެއް މިފަދަ ކަމަކާ ކުރިމަތިލުމުން އެނގެނީ ދުނިޔެ ދިވެހިން ބަލައިގަނެފައިވާ މިންވަރު......

    2
    15
  18. ސަމްކުޅިބޭ

    ލަންކާއިން އެންމެބޮޑު ދަރަންޏެއްނަގާފައިވަނީ ޗައިނާއިންކަމަށްވަނީ. ހަމަޔަގީނުންވެސް ލަންކާއަށް އިތުރު އެހީއެއްދިނުމަށް ޗައިނާއިން މިމަރުމޯލަކާ ވާހަކައެއް ނުދައްކާނެ.

  19. އަހްމަދު

    ކިހިނެއްވާނެތޯ އެކޮޅުގެ ބޮޑުވަޒީރިކަންވެސް ކޮށްލުން! ބައެއްމީހުން ވަރަށް ކުރާހިއްވާކަމެއްނޫންތޯ އެއީވެސް!!!!

  20. ދަންތުރަ

    އަމިއްލަޔަށް ބޯގަޅާލީމަ ރަނިލްއެއް ކަމަކު ހަވާލު ކުރެވޭނެތާ؟! އަސްލުގަ އޭނަޔަކީ ކަންކަމުގެ ކްރެޑިޓް ނަގައިގެން ބޮޑޭވާ މީހެއްްނު! ހެއްކަކަށް ބަލާ، ޕެންޝަން ޤާނޫނު ތަސްދީގުކޮށް އެއަށް އަމަލުކުރާ ވަގުތު ނުޖެހނީސް ތިމަންނާ ދިން އެއްޗެކޭ ކިޔާފަ އުމުރުން ދުވަސްވީ މީހުންނަށް ފައިސާ ބަހަންފެށީ ގާނޫނާ ޚިލާފަށް! އީވާން ނަސީމު މަރުވީމަ އެންމެ ފުރަތަމަމަގުމައްޗަށް ނިކުމެ މެޑެލް ޖެހި! މަދަނަ ސްކީމްގެ ނަން އާސަންދައަށް ބަދަލުކޮށްފަ ތިމަންނާ އުފެއްދި އެއްޗެކޭ ބުނި! މައުމޫން ހެދި ޤާނޫނަކުން ފޮތް ފަންސުރުދީފަ ތިމަންނާ ހެދި ޤާނޫނެކޭ ބުނި!ވެލާނާ ބިލްޑިން ހުޅުވާފަ ތިމަންނާގެ އިމާރާތެކޭ ބުނި! މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގެ ނަން ޖީއެމް އާރު ގެ ނަމަށް ބަދަލުކޮށްފަ ތިމަންނާ ހެދި އެއާޕޯޓެކޭ ބުނި. މިކަހަލަ އެތައް ކަމެއް ކުރި! ބޭނުމަކީ މަ ބޮޑޭވުން!

  21. ސަހިންދާ

    އިހައްދުވަހު ތަމަޅައިންގެ ކިބައިން ތި އަރާގަނެވުނީ!!!ަނެއްކާ އަންނި ވައިރަސް ފާކޮއްގެން އަނެއްލަންކާ ކިޔާފަ އެހްނވެރިކަމެއް ނުފަށައިފިއްޔާ ކިތަންމެ ހާވެސް ރަނގަޅު!!

  22. އަންމަޑޭ

    ތި ލަންކާއަށް ލިބެން ހުރި އެއްޗެހި ވެސް ނުލިބުނީ ، އަވަހަށް ސަލާމަތް ވޭކުރިން

  23. ޢަބްދޫ

    މީހާ ބުނަން ހުރިހާ ހިސާބެއްވެސް ތެދު ފިނޭންސް ން ނާ މަނިޓަރީން ބައްލަވާ.