ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ޕޯސްޓަރެއް ސްޕްރޭ ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މެއި 16 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ޖަހާފައި ވަނީ ފަސް ދުވަހުއެވެ. އެ ފަސް ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކޮށްފައި ދޫކޮށްލާފައިވާ ކަަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔާމީން ހައްޔަރުކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅާއި ޕީޕީއެމް އޮފީހުގައި ސްޕްރޭ ކޮށްފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން މާލޭގެ އެކި ސަރަހައްދުތަކާއި އަދި ބައެއް ރަށްތަކުގައި ވެސް ފާރުތަކަށް ސްޕްރޭ ކުރަމުން ގެންދަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޮ

    އެމީހުންގެ މީހުން ދޫކޮއްލާނުން

  2. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ!

    އަމިއްލަ އަތުން ޒިންދަގީ ބަރުބާދު ނުކުރާށެވެ! ތިއީ އެންމެ 20 އަހަރުގެ ޒުވާނެކެވެ! މުސްތަޤްބަލް އަދި އޮތީއެވެ! ލިބިފައި ހުރި ހުނަރުގެ ބޭނުން ފައިދާ ހުރި ގޮތެއްގައި ކުރާށެވެ! އެއްވެސް މީހަކު ބުންޏަސް އަދި ފައިސާ ދިނަސް ނަފްސުގެ ކުރިމަގަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރައްޗެވެ! ނުރުހުން ފާޅުކުރާނީ ބުއްދީގެ ބޭނުންހިފައި ތިމާ އެކަމުގައި ނުބެދޭފަދަ ގޮތެއްގައެވެ. ނުރުހޭ މީހާގެ މުދަލަށާއި، ނަފްސަށް ގެއްލުންދީގެން ވާނެ މޮޅެއް ނޯންނާނެކަން ހަނދާނުގައި ބަހައްޓައްޗެވެ! މިއީ ޒުވާންޖީލު ރައްކާތެރި ކުރުމަށްއެދޭ މީހެއްގެ ހެޔޮ ނަޞޭޙަތެކެވެ!

  3. ބޮލި މުލައް

    އެއީ ކުށެއް ނޫންކަމަށް ވަނީ ނިންމާފަ.
    އެހެންވީމާ އިންޑިއާ އައުޓް ޙަރަކާތް ހިންގޭނެ

  4. Anonymous

    Thi meehaa hayyarukuran jehey.