ގއ. ވިލިނގިލި ނެރުބައްތިއަށް ލޯންޗެއް އަރައި، ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި، ލޯންޗްގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި ގެއްލުނު ދެ މީހުން ފަހުން ފެނިފައިވާ ކަމަށާއި، ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އިތުރު ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ފުލުހުން ވިދާޅުވީ، ލޯންޗްގައި ތިބި އިތުރު ތިން މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

އަދި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ގައުމު

    މައްޔިތާގެ ފާފަފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާއިލާޔަށް ކެއްތެރިކަންދެއްވާށި! އާމީން

    86
    • ޚަލީލު

      2 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ނިސްބަތްކޮށް "މައްޔިތާ" އެކޭ ނުބުނާނެ. "މައްޔިތުން" ނޭ ބުނާނީ. "މައްޔިތާ" އޭ ބުނާނީ އެންްމެ މީހެއް ކަމަށް ވާނަމަ.

      10
    • އިސްލާޙު

      މައްޔިތުންގެ***

      10
  2. ދެރަވެއްޖެ

    ދެ މައްޔިތުގެ ފާފަފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާއިލާޔަށް ކެއްތެރިކަންދެއްވާށި! އާމީން

    18