ދިވެހި ސަރުކާރުން އަމަލު ކުރަމުން ދަނީ ޑިމޮކްރަސީގެ ހަމަތަކާ ހިލާފަށް ކަމަށާއި އެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކައުންސިލުން މިއަދު ދީފިއެވެ.

ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި، ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށާއި ސިޔާސީ ބޭފުޅުން ހައްޔަރުކުރުން ކުށްވެރިކޮށް އެ ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގެ ހަމަތަކާ އެއްގޮތަށް ރާއްޖޭގައި ކަންތައް ހިނގާ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވެ ކައުންސިލުން ބުނީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކާ އެކު އިހްލާސްތެރިކަމާ އެކު މަޝްވަރާ ކުރުމަށް ގޮވާލައި އަދި އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގައި އެހީވާން ތައްޔާރަށް އޮތް ކަމަށެވެ.

ީފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކުރާ މައްސަލަ ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ކައުންސިލުން އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލާނެ ކަމަށްވެސް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓާއި ފަނޑިޔާރުންނާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އެ ކަންކަން ވަނީ ކުށްވެރި ކުރައްވާފައެވެ.

އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން އިހްލާސްތެރިކަމާ އެކު މަޝްވަރާކުރުުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދުއްލާ

    ކުރަންޖެހޭ މަސްވަރާއެއްނެތް . ކުރިމަތިލުމުގެ ގާބިލްކަން ހުރިނަމަ ބަންދުމީހަކުނޫން ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ. ގާނޫނުގާ ހުރި ސަރުތު ހަމަވާ 200000 މީހުން ހަމަގައިމުވެސް މިގައުމުގާއެބަތިބި އެމީހުންގެތެރެއިން ބޭނުންމީހަކަށް ކުރިމަތިލެވޭނެ. އަނެއްކާ އީޔޫ އިން ކެންޑިޑޭޓަކު ނެރެނީތަ ؟ އިންޑިޔާއިން ،ޗައިނާ އިން އިގިރޭސިން އެމެރިކާއިން ކެންޑިޑޭޓަކު ކޮންމެގައުމަކުންނެރޭނަމަ ދިވެހިންނަށް މީހަކު ނެރުމުގެ ފުރުސަތު ނެތީތަ ؟

  2. އަސްލު ވާގޮތަކީ

    އީޔޫ އާއި މެދު ފިޔަވަޅު އަޅަން ދިވެހިރާއްޖެއަށް ޖެހިދާނެ.

    • އަހަންމާ

      ހަހަހަހަހަ ހަމަ އަޅަން ޖެހިދާނެ..

  3. މަހުލޫފު

    ކަލޭމެން ފިޔަވަޅު އަޅާފަ އޮއްވާ މުސްލިމުން ެ ބޮލަށް ބޮން އަޅާނީ ވެސް

  4. ބިގޭ

    ކީއްވެތަ އިޒްރޭލަށް ފިޔަވަޅު ނޭޅިގެން ތިއުޅެނީ. ބަލަ އަހަރެމެން ބިރުގަންނަވަން އުޅޭނެކަމެއްނެތް. އަންނިވަނީ އަހަރެމެންގެ ބިރު ކަނޑުވާފާ.

  5. އެދުން

    ކުރިމަތި ލަމުން ގެންދޭ މިކޮޅުން ޖަލުގެ ޖާގަ އިތުރުކުރަމުން ގެންދާނަން.

  6. Anonymous

    މިގައިމުގައިވަނީ އިސްލާމްދީނާއި ޑިމޮކްރަސީއަށް މަގުފަހިކުރުވާ ގާނޫނެއް، އެއާއި ޚިލާފަށް އެއްވެސްކަމެއް ކުރުވުމަކަށް އެއްވެސް އިއްތިހާދަކުން އެއްވެސް ގައުމަކުންވިޔަސް ބަޔާންތަށް ނުނެރެވޭނެ، މިގައުމުގެ ގާނޫނުގަނެތް ހުކުމްތަންފީޒުކުރަމުންދާ ގައިދީންނަށް އެއްވެސް އިންތިޚާބަކަށް ކުރިމަތިލެވޭކަށް، އެއްމެން އެއްހަމައަށްވާގޮތަށް އިންތިޚާބަށް ކުރިމަޔިލެވޭގޮތް ހަދަންޖެހޭނަމަ ގައިދީންވެސް މިނިވަންކުރަންޖެހޭނީ ހުރިހާ ގައިދީން އެއްހަމަވާގޮތަށް އެކަކު މިނިވަންކުރަންޏާ ހުރިހާ ގައިދީންވެސް މިނިވަން ކުރަންޖެހޭނެ، ތިބަޔާނުގައި ބުނާއެއްޗެއް ވަރަށްސާފުކޮށް އެގިއްޖެ

  7. Anonymous

    ސުޕްރިންކޯޓުން ނެރުނު އަމުރެއްވިޔަސް ޢައިރުގާނޫނީ އަމުރެއް ތަންފީޒުކުރެވިގެންނުވާނެ، ސުޕުރިންކޯޓުން އަމުރެއް/ހުކުމެއް ނެރެފައިވާނަމަ އެނެރިގޮތަކަށް އޮންނަންޖެހޭނީ އެކިފަހަރު އެކިގޮތްގޮތަށް ބަދަލުވެގެންނުވާނެ، ފެބްރުއަރީ 1ގައި ނެރި ހުކުމަކީ މާކުރިން އެކޯޓުން އެފަނޑީޔާރުން އެއީ ރަނގަޅަށް ހިންގާފައިވާ ޝަރީއަތްކަމަށް ނިންމާފައިވުމުން މިހާރު އަމުރުގައި ދޫކޮށްލާށެ އަމުރުނެރި ގައިދީންތަށް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނީ، މިއަދު ހަމަ އެފަނޑިޔާރުން އެގައިދީން މިނިވަންކުރުމަށްވެސް އަމުރު ނެރުނީ، މިކަމުން އިގޭ އެއްޗަކީ ކޮންމެވެސް އެއް ހުކުމެއް /ޢައިރުގާނޫނީ ވެފައިވާކަމެވެ.