ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލަ، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ އެންގުވުމަކަށް މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވާފައިވަނީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގެން ލޯންޗްކޮޅުގައި މާލޭގެ އިއްޒުއްދީން ފާލަމާ ކައިރިކުރަނިކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މިރޭ އިދިކޮޅުން ކުރިއަށްގެންދިޔަ "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވަނީ އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.
"ދައުލަތުން އަދީބާއި ހަދާފައި އޮންނަ އެގްރީމެންޓްގެ އެންމެ ބޮޑުކަމަށް އޮންނަނީ ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ހަގީގަތް ނުފަޅަން ޝަރުތުކޮށްފައި" ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކަށް އިސްލާހުތަކެއް އަންނަން ޖެހޭ ކަމަށް ހިތައް އަރާ ކަމަށެވެ.
"އެވަރުގެ ބޮޑު ޓެރަރިޒަމް އަމަލު ހިންގީމަ އެއީ ދައުލަތުގެ ހައްގެއް ނޫން، ދައުލަތުގެ އެވަގުތު ހުންނަ ވެރިއަކަށް ނުނިންމޭނެ މައްސަލަ ދޫކޮށްލާކަށް. އެއީ ގެއްލުން ލިބުނު މީހުންގެ ހައްގެއް".
އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ޖިނާއީ ކަމެއްވެސް ފުލުހުންގެ ތެރޭގައި ތަހުގީގު ކޮށްފައި ނޫނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ނޫނީ ހުށަހެޅޭނެ ގޮތެއް ނެތް ކަމަށެވެ.
"މިއީ އާއްމު އުސޫލަކަށް ވެދާނެ، އެކަމަކު މިއަށް ބަދަލު ތަކެއް އަންނަން ޖެހޭ، ދައުލަތުން މައާފް ކުރުމާއި، ކަންކަން ބެލުމާއި، ކަންކަން ނެބެލުމާއި ތަހުގީގު ލަސް ކުރުމާއި، މީހުން ދޫކޮށްލާ ދޫކޮށްލުމަށް އެބަ ޖެހޭ ބަދަލުތަކެއް އަންނަން".
ރައީސް ޔާމީން ވަނީ އަދީބަށް މިވަރުގެ ބޮޑު ލުޔެއް ދޭން ދައުލަތުން ޖެހުނީ ކީއްވެތޯ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލުން އެ ތަހުގީގު އަލުން ބަލުން ކުރަން ނިންމުނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
"އެއީ ހުރިހާ މަރުހަލާއެއް ކަޑައްތުކޮށްފައި ނިންމާފައި އޮތް މައްސަލައެއް".
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއިރު ވަރަށް ރަނގަޅު ކަމަށް ބެލެވުނު މީހުން، މިއަދު ނުކުމެފައި ފާޑުކިޔާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޖަވާބުދާރީ ނުވަންޏާ ރައްޔިތުން ހީކުރާނީ އެ މީހުން ދައްކަނީ ރަނގަޅު ވާހަކައެކޭ".
އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ތަރުޖަމާނަކަށް ހުންނެވި މުއާޒް އަލީ ދެއްކެވި ވާހަކަތަކާއި ގުޅިގެން ބައެއް ވާހަކަތައް ހިއްސާ ކުރެއްވިއެވެ. އަދި އޭނާގެ ދައުރަކީ، ރައީސް ވިދާޅުވާ ވާހަކައެއް، ރައްޔިތުންނާއި ހިއްސާ ކުރެއްވުން ކަމަށާއި، އެ ނޫން ދައުރެއް އޭނާގެ ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"މުއާޒް ކަންތައް ކުރެއްވި ގޮތަކީ އަޅުގަނޑާއި އެހާ ގާތުގައި، އަޅުގަނޑުގެ އެހާ ގާތް ރަސްމީ ގޮތުންނާއި، އަމިއްލަ ގޮތުން އެހާ ގާތް މީހެއްގެ ގޮތުގައި ހުރެފައި، ރައީސްކަން ބަދަލު، މިކަންކަން ދިޔައީމަ، މުއާޒްގެ މަސައްކަތުން މި ކުރައްވަން އުޅުއްވި މަސައްކަތަކީ ފިނިފެންމާ ލޯންޗް މި ގޮއްވާލި ގޮއްވާލުން، އޭގައި އަލިފާން ހިމެނޭ ކަމަކަށް ނޫން ގޮތަކަށް ދައްކަން އުޅުން. އެ ހުރިހާ ކަމެއް ރޭވި އަހްމަދު އަދީބު ވަގުތީ ގޮތުން ނަމަވެސް ޖަލުން ސަލާމަތް ކުރުމަށް، އަޅުގަނޑު ގަބޫލުކުރަނީ އެއިރުގެ ދައުލަތުގެ އޭރުގެ މުވައްސަސާތަކާއި ގުޅިގެން ކުރި މަސައްކަތްތަކޭ، އެކަމަށް ހެކި ބަސް ދޭން ހުރި މީހަކަށް ހުރީ މުއާޒް އަލީ"،
ރައީސް ޔާމީން ވިދާޅުވީ، ލޯންޗް ތެރޭގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން، ރައީސް އޮފިސް ތެރޭގައި ކޮމިޝަނެއް ނަގައިގެން، ފުލުހުންނާއި ސިފައިން ހިމަނައިގެން މަސައްކަތް ކުރިއިރު، އޭގެ ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.
"އެހެން ނަމަވެސް ހާލަތު ބަދަލުވެގެން ދިޔައީމަ ސުޕްރީމް ކޯޓުންވެސް ވެއްޖެ މިކަމަށް ގޮތްތަކެއް ނެރެދޭން، އެކަންކަން ވަރަށް ސާފް ކީއްވެގެންކަން ގޮތްތަކެއް ނެރެދޭން ޖެހުނީ، އެއީ މިހާރު އަޅުގަނޑާއި ދެކޮޅަށް ހުރިހާ ހެކިބަހެއް ދޭން ޖެހޭ ސަބަބެއް އޮންނަންވާނެ ދެއްތޯ".
ލޯންޗްގައި އެއްޗެއް ގޮވި ވަގުތު އަލިފާން ފެންނަ ވީޑިއޯއެއް ރައީސް އޮފީހުން އާއްމުކޮށްފައި ވެއެވެ. ނަމަވެސް "ސަންގު ޓީވީ"ން ފަހުން އާއްމުކުރި ވީޑިއޯގައި އަލިފާންގަނޑެއް ނުފެނެއެވެ.
ފިނިފެންމާ މައްސަލައިގައި އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
އަމިއްލައަށް ކުޅުނު ޑްރާމާގެ މައްސަލަ ބަލާނީ އަމިއްލަ ގޭގައި... ދައުލަތަކުން ތިކަމާ އުޅޭނެކަމެއް ނެތް.
އެންމެން ދަނޭ އަދީބު ހައްޔަރުކުރެވެން އޮތީ ތި ޑްރާމާ ޖެއްސުމުންކަން.
ބޭފުޅާ އާރާއި ބާރުގައި ހުރި އިރު ނުބެލުނު މައްސަލައެއް އެހެން ބަޔަކައް ވަކި ބެލޭނެބާ
ޔާމިން އާރާއި ބާރުގައި ހުރި އިރު ނުބެލުނު މައްސަލައެއް އެހެން ބަޔަކަށް ވަކި ބެލޭނެބާ..ޙޮޅިޥާހަކަ! ތި މީހުންކުރި ވައްކަމުގެ މައްސަލަ ބެލީޔާމާރަގަޅު!!
"އުސްމާނުބޭ"ގެ ކޮމެންޓަށް ބުނެލަންޖެހެނީ، އުސްމާނުބޭ ހުރީ މިގައުމުގައިބާއޭ ފިނިފެންމާ ލޯންޗް ރ. ޔާމީނުގެ ދެކަނބަލުންނާއިއެކު ގޮއްވާލި ދުވަޙު؟؟ އެޖަރީމާ ހިންގުމުގައިވެސް މައިކޮށްހުރި ވަގުއަދީބާއިގެން ޝަރީއަތް ހިންގައި އޭނަގެމަތަޗަށް ކުށް ސާބިތުވުމުން 13އަހަރުގެ ޖަކުހުކުމްކޮށް އެކުމް އޭނަ ޖަލުގައި ތަންފީޒު ކުރަމުންދަނިކޮށް މިހާރުގެ ވެރިކަމަށް ބަދަލުބުމާއިއެކި އަދީބަކީ އެއްވެސްކުށެއްނުކުރާނެ ސާފު ހުދު ކާފޫރުކޮޅަކަށްހަދާފަ މިނިވަން ކޮށްފައި، ވީމާ ރ.ޔާމީނު އެދައްކާ ވާހަކައާއި ވަރަށްބޮޑަށް ގުޅެވެސްމެ، އޫސްމާނުބެމެން މީހަކުދެޖެ ކިތަންމެ ރުޅިއަޔަސް ތިފަދަ ޒާތީގޮތަލަށް ވާހަތަށް.
މުޅި ގައުމުގަ ސްޓަންޓް ޖެއްސުން މިއޮތީ، އެގަހުކޭލެއް،މިގަހުކޭލެއް ވަތްކެއްނުވޭ.....
އެމް.އެމް.ޕީ.އާރް. ސީ. ގެ ޙިޔާނާތް ވެސް ހަމަ މިހެން އޮތީ.
އަދި ޔާމީނުގެ ދުލުން ބުނާނެ ޔާމީނަކީ ބޮޑު ވަގެކޭވެސް
ޔާނުގެ ވެރިކަމުގައި ޔާނު ގޮއްވާލަން ދެވުނު ހަމަލާއެއް ޔާނުއަށް ނުބެލުނޭ، ދެން ކޮން ބަރަބޮލެކޭ ތި ވިދާޅުވަނީ
ބަލާކަށް ނުޖެހޭ. ފިނިފެންމާ ގޮއްވާލުމޭ ކިޔައިގެން ޑްރާމަ ކުޅުނީ ރުބެލްގޮއްވާލި ގޮއްވާލުން ފަޅާއަރާފާނެތި ހެދި އެއްޗެއް އެކަމަކީ
އެ ތަހުގީގު ނިންމާ ކުެްވެރިވާކަމައް ބުނިމީހުނައް އަދަބު ދިނީ ހުދު މަނިކުފާން ސަރުކާރުގަނޫންތޯ އަދިވިސް އެމައްސަލަ ބަލަންވީތޯ
ނާހަމަ ތެދެއް؟
ރައްޔިތުންނެއްނޫން ޙުކުމް ކުރާނީ ކޯޓުތަކުން..ސޯލިހު އަރުވާލިވާހަކަ ކިއްވެތޯ މިހާުުރު ނުދައްކަނީ އަރުވާލީ ކޮން އަމަލެއް ކޮށްގެންތޯ
ގެޔަށް ވަންނަނީ ހަލާލު ފައިސާ ނޫންކަމަށް ވަލިއްޔުލް އަމުރަކު އަމިއްލައަށް އިޢުތިރާފުވީމަ ދެން އެމީހަކު ވެރިކަމަށް ގެނައުމަކީ ރައްޔިތުން ކޮށްގެންވާނެ ކަމެއްނޫން.
މޮޔަފުޅުވީތޯ،
"އުސްމާނުބޭ"ގެ ކޮމެންޓަށް ބުނެލަންޖެހެނީ، އުސްމާނުބޭ ހުރީ މިގައުމުގައިބާއޭ ފިނިފެންމާ ލޯންޗް ރ. ޔާމީނުގެ ދެކަނބަލުންނާއިއެކު ގޮއްވާލި ދުވަޙު؟؟ އެޖަރީމާ ހިންގުމުގައިވެސް މައިކޮށްހުރި ވަގުއަދީބާއިގެން ޝަރީއަތް ހިންގައި އޭނަގެމަތަޗަށް ކުށް ސާބިތުވުމުން 13އަހަރުގެ ޖަކުހުކުމްކޮށް އެކުމް އޭނަ ޖަލުގައި ތަންފީޒު ކުރަމުންދަނިކޮށް މިހާރުގެ ވެރިކަމަށް ބަދަލުބުމާއިއެކު އަދީބަކީ އެއްވެސް ކުށެއްނުކުރާނެ ސާފު ހުދު ކާފޫރުކޮޅަކަށްހަދާފަ މިނިވަން ކޮށްފައި، ވީމާ ރ.ޔާމީނު އެދައްކާ ވާހަކައާއި ވަރަށްބޮޑަށް އެބަގުޅޭވެސްމެ، އުސްމާނުބެމެން މީހަކުދެކެ ކިތަންމެ ރުޅިއަޔަސް ތިފަދަ ޒާތީގޮތައް ކޮެންޓްކުރަން ރީއްޗެއް ނޫން އުތެ؟؟
ފިނިފެންމާ ގޮއްވާލި މައްސަލައަކީ ވަރަށްބޮޑުމަސްސަލައެއް މިއީ ފަސްކުރެވެން ނުވަތަނުބަލާ
ދޫކޮށްލާވަރުގެ މަސްސަލައެއްނޫން މިމައްސަލާބޮޑުކަމުން މިއީ ފަސްކުރެވޭވަރުގެ މަށްސަލައެއްނޫންރަގަޅަށް ތަހުގީގުކޮށް މިކަން ހިންގަންޖެހުނުގޮތް ރަގަޅަށްބެއްލެވުން ވަރަށްމުހިއްމު އޭރުންމިކަންކުރިބަޔަކާކުރިބޭނުންއެނގޭނެނަމަވެސް މިއީ އަމިއްލަފުރާނައާ އަދިއެކިގެއްލުންވާގޮތަށްމީހަކުހިފާއްޔަރުކުރުމަށް ކުރާނެކަމެއްކަމަށްނުބެލޭ ވީމާ،ޝައްކޮށް ވަކި ފަރާތެއްގެބޮލުގައި މިކަންނާޅުއްވާ