ލޯކަލް ކައުންސިލްތަކުން ހަދަންޖެހޭ ލޭންޑް ޔޫސް ޕްލޭންތައް ހެދުމުގައި އިންޑިއާގެ މާލީ އެހީތެރިކަން ހޯދަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން ހުވާކުރާތާ ތިންމަސް ތެރޭގައި ކައުންސިލްތަކުން ލޭންޑް ޔޫޒް ޕްލޭން ހަދައި ހުށަހަޅަންޖެހެއެވެ. ގާނޫނުގައި އެކަން ކުރަން ވަކި ގޮތްތަކެއް ހަމަޖައްސާފައިވާއިރު ކޮވިޑާ ގުޅިގެން އެލްޖީއޭ އިން ވަނީ ޕްލޭން ނިންމަން ތިން މަހުގެ އިތުރަށް ވެސް މުއްދަތު ދީފައެވެ.

އެހެންނަމަވެސް އެލްޖީއޭ އިން ފަހުން ދިން މުއްދަތުގައި ވެސް ގިނަ ކައުންސިލްތަކަށް އެކަން ކުރެވިފައެއް ނުވެއެވެ.

އެލްޖީއޭ އިން މައުލޫމާތުދޭ ގޮތުގައި ލޭންޑް ޔޫޒް ޕްލޭން ނުނިމި 44 ރަށެއް އޮތް އިރު ޕްލޭން ނިންމާ ހުށަހެޅި ބައެއް ކައުންސިލްތަކުގެ ޕްލޭންގައި ވެސް މައްސަލަތަކެއް އެބަހުއްޓެވެ.

އެލްޖީއޭ އިން ބުނީ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ފަންނީ މީހުން އެކަށީގެންވާ އަދަދަކަށް ރާއްޖޭގައި ނެތުމާ ގުޅިގެން އިންޑިއާގެ މާލީ އަދި ފަންނީ އެހީ ހޯދަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ސަރުކާރުން އިންޑިއާ އާއިއެކުގައި ހާއްސަ ގުޅުމެއް ބާއްވަމުންދާއިރު ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ފޯރުކޮށްދޭ އެހީ ނުވަތަ ލޯންތަކުގެ އާމްދަނީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކޮޅުމަޑުލު

    މިދެން ކިހާ ބޮޑު ކަމެއް ދުވަސްކޮޅަކުން ދިވެހި މަސްވެރިންނަށް އެކަށީގެންވާވަރަށް މަސްނުބޭނޭ ކިޔާފަ މަސް ބާނަންވެސް ފަންނީ އެހީއަށް އެދޭނީ އިންޑިއާ ހައިކަމިޝަންގަ. މިވަރަށްދޯ ބަޔަކު އަޅުވެތިވާނީ.

    26
  2. ކުރިޔަށް

    އިންޑިޔާގެ އެހީ މިކަމުގައިވެސް ހަމަކޮންމެހެން ހޯއްދަވަންވާނެ. އިންޑިޔާހާ ރަނގަޅަށް ލޭންޑްޔޫސް ޕްލޭން ހަދައިގެން އެޕްލޭނާ އެއްގޮތަށް ލޭންޑް ބޭނުންކުރާ ގައުމެއް މުޅިދުނިޔެއިންވެސް ފެންނާނީ މަދުން.

    22
    1
  3. ރަން ރީނދޫ

    ޓޮއިލެޓް ޕޭޕަރ ރޯލް ބޮނޑިއެއްވެސް މި ސަރުކާރުން ނުގަނެވޭ އިންޑިއާގެ ބަހެއް ނެތި. ޅޭ ތިޔާ އުޅެނީ އިންޑިޔާ އިން ގެންނަ ދެ ބިސް ދޭތެރޭގައި ވެ ފިތި ބާރުވެގެންތަ

    23
  4. ނާޒިމާ

    ލޭންޑް ޔޫސް ޕްލޭން ހެދޭވަރުގެ ޤާބިލް މީހަކުވެސް މި ޤައުމުގައި ނެތީދޯ؟ ވެރިކަން ކުރާކަށް ކުފޫ ހަމައެއް ނުވޭ މުޅި ސަރުކާރު އެއްކޮށް އިސްތިޢުފާ ދީ..

    27
  5. Anonymous

    ކޮންމެ ކަމެއް ނުޖެހެ އިންޑިޔާ ބައްސާކަށް. މިކަން ޙަވާލުކުރެވޭ ވަރުގެ ދިވެހި އެބަތިބި. އަދި އެކަން ކުރެވޭނީވެސް ކައުންސިލްތަކާއެކު. އެލްޖީއޭގެ މަސްއޫލިއްޔަތެއް ނޫން ކައުންސިލްތަކުގެ އިދާރީ ކަންކަމުގެ ތެރެއަށްވަނުން. ލާމަރުކަޒީއޭ ބުނުމުގެ ބޭނުމެއް ނެތް. މަރުކަޒީކުރުން ކިޔޭނީ. މޮހޮނަށް އޮޑިދިންގޮތަށް ކައުންސިލްތަކަށް ބާރުދީފައިވަނީ. ކަމެއް ނިންމުމުގެ ބާރެއްނެތް.
    ޤާނޫނާ އެއްގޮތަށް ހިނގާތޯ ބެލުން އެލްޖީއޭގެ ބޭނުމަކީ
    ފޮޅުވަތް އަޅާދީފަ އެ ލިޔަން ދިނުމެެެއް ނޫން

    21
  6. Anonymous

    އެވަރުގެ ފަންނީ މީހުން އެބަތިބި! އެކަމަކު ކޮލިޓީ މީހުންގެ ހުންނާނެ އަގުވެސް! ސަރުކާރުން ހުރިހާކަމެއް ހަވާލު ކުރަނީ ނުއަގު ހުށަހާޅައިގެން ޕްރޮޖެކްޓް ދަމައިގަންނަ މީހުނާ! އެކަހަލަ މީހުނާ ހަވާލުކުރުމުން ގަޱިއަކަށްވެސަ ނުނިމޭނެ! މައްސަލަ ވެސް ހުންނާނެ!

    14
  7. ހުސެން

    އިންޑިއާގެ މަގުތަށް ހަދާފަ ހުރިގޮތް ބަލާބަލަ. އިންޑިއާ އިބޫައަށް ހަމަ ސާބަސް.

  8. ސަމްކުޅިބޭ

    މިހާރު ހީވާކަހަލަ މީއިންޑިއާގެ ތަނެކޭ. މިތާންގެ ބިމުގެ ޕްލޭންވެސް ހަދަންވީ އިންޑިއާގޮތަށް. މަގުތައްކައިރީ ކާނުހަދާ ކޮޅަށްތިބެގެން ކުޑަކަމުދެވޭގޮތަށް.

  9. އަހްމަދު

    ތިޔަތަނުގަތިބި އެމްޑީޕީގެ އެކްޓިވިސްނުން އިސްތިއުފާދީފަ ކަންކުރަންއެނގޭ ގާބިލް ދިވެހިންތިޔަތަނައް އައްޔަންކޮށްބަލަ އޭރުމިގައުމުގެއަގުވައްޓާނުލައި ތިޔަކަމުގެ ގާބިލްކަންހުރިދިވެހިން ތިކަންކުރާނެ

  10. ޖާނޭ

    މިސަރުކާރުން ކުރާ ކަމަކީ ރާއްޖޭގައި ތިބީ ތަންދޮރު ނުދަންނަ ގަމާރުކަން އިންޑިއާ އަށް ސާބިތުކޮށް ދިނުމެވެ. ކިހާ ބޮޑު މުސީބާތެއް މިޖެހެނީ. މިހާރު ރާއްޖޭމީހަކަށް ފާޚާނަ ކުރަންވެސް އެގޭ ކަމަކަށް ނުވޭ ޢިންޑީއާގެ އެހީ ނުދޯދައި.

  11. އަބްދޫ

    ބަލަގަ އެލްޖިއޭގަ ތިބެން ޖެހޭނީ އެފެންވަރު ހުންނަ މީހުން .އަކުރު ނުދަންނަ ކައުންސިލަރުންނަށް އެކަންކުރަން ނެގޭނަމަ އެލްޖީއޭ އިން ހަދަާފަ ކައުންސިލަތަކަށް ފޮނުވަންވިނުންތަ؟

  12. ސޯބެއަލީ

    މިގައުމުގައި އަލައްތޯ މީހުން މިއުޅެނީ ތިޔަކިޔާ ލޭންޑްޖޫސް އެބަ ވިސްނޭ އެއީ އިންޑިއާއައް މުޅިގައުމުވިއްކާލުމުގެ ކޮޅުމަތި މިދާވަރުންދަންޏާ ލަންކާއައް ވުރެހާލްގައި މިގައުމުގެ ރައްޔިތުން އުޅޭނީ ލޭންޑް ޕުލައިންކުރާވަރުގެ ބޭފުޅުން ނެތިއްޔާ ސަރުކާރު އިސްތިއުފާދޭންވީނޫންތޯ އޭގެމާނަޔަކީ މުޅިސަރުކާރު ފެއިލްވީކަން އޮލިންޕަހުގަ ކުލަކޮޅެއްލާން އިންޑިއާ ހުކުރުމިސްކިއް އާބާތުރަ ފިލުމައް އިންޑިއާ މީ މިނިވަންކަމާއެކު އަމިއްލަވަންތަ ކަމުގައި އުޅެމުން އައިބަޔެއް 2019 އާ ހަމަޔައް ތިވަރުންވެސްވޭތޯ ވެރިކަން ކުރެވިދާނޭ ކިޔައިގެންތިބެން ސަހަރޯ މިޔޮއްގައުމެއް

  13. ބޯ ހަލާކު

    ޢަމިއްލަޔަށް ގަލާހާޖާ ނުކުރެވިގެން އުޅޭ ބައެއް ކައިރިން އެހީ ހޯދަނީ ؟

  14. Anonymous

    އިންޑިއާ އައުޓް
    އިންޑިޔާގެ އަވަށެއްހެން ހީވަނީ މިރާއްޖެައަކީ

  15. ޝޮކްތެރަޕީ

    ރާއްޖޭގެ މަގުޗާޓު އިންޑިޔާ ހަދަން ދިނުމަކީ ރައްޖެ ފޭރިގަންނަން ލިބޭނެ ފުރުސަތެއް.

  16. ފަލަސްތީން

    ކޮރަޕްޓު މީހުން މަގާމުތަކުގަ ތިބުމަކީ ވަރައް ދެރަކަމެއް.

  17. މިލިޓަރީ

    އެމީހުން ހަދާނީ އަސްކަރީ މަރުކޮޒުތައް ހަދާނެ ތަންތަން. މިސަރުކާރަކީ ދިވެހިންނަ ޤައްދާރުވާ ސަރުކާރެއް

  18. އައްޑޫ ހިތަދޫ

    ރާއްޖެ ސަލާމައް ކުރަން ވަރައް އުދަގޫވާނެ ދެން

  19. ޢިންދިޔާ

    ސަރުކާރު ގޮރެއް ކަނޑަން ވެސް އިންޑިއާގެ އެހީ ހޯދާ ދެން. ސާބަސް.

  20. ހައްގުބަސް

    ތިކަން ކުރަން ބޭނުންވެގެން އިންޑިޔާ އުޅޭތާ ކިތައްމެ ދުވަހެއް. ފަހަރަކު ކަމެއް އަދަގޮޑީގަ ޖަސްސަނީ. ވިސްނާ ފިކުރު ކުރާބަޔަކައް މިކަން އެގޭ.