ފުރިހަމަ ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އުފަންދުވަހާއި ގުޅިގެން ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ދެން އަންނަ ވެރިކަމެއްގައި ރަނގަޅަށް ތަހުގީގު ކޮށްފިނަމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން ސާފުވާނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ މި ހާލަތު ބަދަލުވެގެން އަޅުގަނޑުމެން މި މައްސަލަތައް ބަލަން ފެށީމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން އޭރުން އެނގޭނެ. މިތާ ނުހުންނާނެ މަނީ ލޯންޑާ ނުކުރާ މީހެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނުނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނުސީދާ ގޮތެއްގައި ދައުލަތުން އެމަނިކުފާނަށް މީގެ ކުރިން އުފުލި މަނީ ލޯންޑްރިންގެ ދައުވާއަށް ފާޑުވިދާޅުވެފައެވެ.

"މިހާރު ޤާނޫނު ހެދެންވީ ރައްޔިތުންގެ ހިމާޔަތުގައި. އެއްގޮތަކަށް ވެސް ރައްޔިތުންނަކީ ކުށްވެރިވާ ބައެއްގެ ގޮތަކަށް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތަކުރާރުކޮށް ހައްޔަރުކުރާ ކުރުމަށްވެސް ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވޭނަމަ ޝަރީއަތްކޮށް ހުކުމް އިއްވަންވީ ކަމަށެވެ. މުޙައްމަދު އިސްމާޢީލް ހައްޔަރުކުރަން އުޅޭ ސަބަބަށް ބަލާއިރު، ޝަރީއަތުން ހުކުމް އިއްވުމުގެ ކުރިން ހައްޔަރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަނުހުރީ

    ހުކުމް އޮތީ ލިޔެ ނިންމާފަ. ދެން އޮތީ ވެރިކަން އެކަނި ނުލިބި. ތަހުގީގަށް ބަންދުނުކޮށް ސީދާ ހުކުމް ކަމަށް ވަނީ ކުރާ ގޮތަށް އޮތީ. ފުރަތަމަ ހަފްތާގަ ކުޑަގޮޅިތައް އެކީ ފުރާލަން ރާވާލާފަ އޮތީ.

    5
    2
  2. Anonymous

    ބޮޑުވަގު އެހެން މީހުންނަށް ވަގައްގޮވުން މާކަ ތާޚިރެއްނޫން

    13
    18
  3. ނިންމުން

    "އަޅުގަނޑު ހިތަށް އަރާ މި ހާލަތު ބަދަލުވެގެން އަޅުގަނޑުމެން މި މައްސަލަތައް ބަލަން ފެށީމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން އޭރުން އެނގޭނެ. މިތާ ނުހުންނާނެ މަނީ ލޯންޑާ ނުކުރާ މީހެއް،" އެމަނިކުފާނު ވިދާޅުވިއެވެ. ތި ބޭފުޅާ ވާނީ މިހުރިހާ ކަމެއްގެ އެންމެ ކުރީ ސަފުގަ،

    9
    11
  4. ބޮކި

    މަހަ އަންނަނީ ހިނި ކަލޭ ތިކަހަލަ ވާހަކަދެއްކީމަ

    13
    10
  5. ޔެސް

    އެކަން ކޮށްފަ ތިބި މީހުނަށް އެގޭނެ ރަގަޅަށް

    13
    5
    • ހުވަދޫ އަތޮޅު

      ކަލޭ ބުއްދިސަލާމަތުން ހުރިތޯބަލާބަލަ
      މިކަލަ މޮޔައިންދައްކާ ވާހަކަތައްވެސް ވަގުތުން ގެންނާތީދެރައީ

      13
      9
  6. ބޯގޯސް

    ރައްޔިތުންގެ ބޮލުގަ ތިވަރުގެ ބޮޑު އިލްޒާމެއް ތި އަޅުވަނީ ސަލާމަތްވާނެ ކަމަށް ހީކޮށްގެންތަ.

    10
    8
  7. އަލްޖިބްރާ

    ތިޔަ ބުނާ މަނީ ލޯންޑަރިންގެ ކަންތަކުގައި އެންމެ ކުރީގައި ހުރިމީހަކީ ސީދާ ކަލޭ ! ލަދު ކޮބާ ؟

    7
    10
  8. ޖަބު

    ސަލާމަތުގެ އައްސޭރީގަ އަބަދު ހުންނަ ޖެހެނީ ރައިީސް ނަސީދު އެހެން އެންމެން ކުށެކޮއްފީޔާ ޖަލުގަ ހުންނަޖެހެނީ

    12
    2
  9. ހައްޕުނޑު

    ކަލޭ ކުރާ ކޮންމެ ކަމެއް އެންމެންވެސް ކުރާނެކަމަށް ދޯ ތި ހީކުރަނީ؟ މާދަމާ ބުނާނެ މިޤައުމުގައި ފަތް ނުބޯމީހަކު ނުހުންނާނެޔޭ. އެވެސް އަހަރެމެންވީ ޤަބޫލުކުރަންތަ. އެންމެންގެ ބޮލުގަ މިފަދަ އިލްޒާމްތައް އަޅުވަން ކަލޭތީ ކާކު؟

    2
    3
  10. ވަހުތާން

    ކޮންކޯޓަކުންތޯ ޔާމީނު ވައްކަންކުރިކަމަށް ސާބިތުވެ ހުކުމްކޮށްފައިއޮތީ. އަންނިއަކީ ވައްކަންކޮށްގެން ޝަރީއަތަށް ސާބިތުވެ ހުކުމްކޮށްއަރުވާލާ ހުކުމް ތަންފީޒު ކޮށްފައި. އެއީ ވަގުންނަކީ. އެނިނޯމަސްވެސް ތިޔައީ ރަތްލާޖެހި ބޮޑުވަގެއް.

  11. ހަޖަމް

    ރައީސް ޔާމީން އެވިދާޅުވީ ރަނގަޅައް އަސްލު މަނީލޯންޑަރކުރާ ބޮޑެތިވަގުންތިބީ މިސަރުކާރުގަ

    4
    1
  12. ރާއްޖެތެރެ

    އެމްޑީޕީގެ އިސް މީހުންގެ ގެދޮރުތައް އިގިރޭސް ވިލާތުގަ ބައިވަރު. އެމީހުންގެ އެކައުންޓްތައް އިގިރޭސް ބެންކުތަކުގަ.

  13. އަބްދޫ

    އަމިއްލަ ގެނަމުގަ މޮރިސަސް އައ ސްވިޒަލޭންދް ގަ ވެސް ފައިސާ ޖަމާކޮށްފާ އެބަހުރި މިހާރު ކަޅުފައސާ ދޮންކުރަން ލަންކަާއަށް އެތެރެކުރަން އޭނާ އަމިއްލަޔަށް އެދިގެން ފުރުސަތު ދެވިފަ އެވަނީ. ކަޒަކިސްތާނަށް ގިނައަދަދެއްގެ ދޮންވެލި ރާއްޖެއިން ވަގަށް ބޭރުކޮށް 2010 ވަނައަހަރު ގިނައަދަދެއްގެ ފައިސާ ހޯދާފަވޭ އެފައިސަ ހުރީ ސްވަިޒަލޭންޑުގަ .ޖީއެމްއާރު ފައިސާއާއި ދިރާގާއި ފެންކުންފުނީގެ ޑީލްގެ ފައިސާހުރީ މޮރިސަސްގަ. ލަންކައަށް އެތެރެ ކޮށް ދޮވެލީމަ ދޮންވީ

  14. މަރީ

    ފުޅަށްބުޑުން ދަންޔާ ދޮންހަސަނަން ހީވާނީ ކެޔޮގަނޑު ކަނޑާހެންނެވެ.

  15. މަނީ

    ގުދޯ ގުދޯ....ކެކެ