އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް މައިގަނޑު ގޮތެއްގައި ހަރަދުކުރާ ފަރާތަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާމަން މުހައްމަދު އިސްމާއިލް ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވުމާއި ގުޅިގެން ފުލުހުން އަންނަނީ އެ ކެމްޕޭން ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައެވެ.

އެހެންނަމަވެސް ހައްޔަރުކުރި ދެ ފަހަރުވެސް މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ދެވަނަ ފަހަރަށް މުހައްމަދު އިސްމާއިލް ހައްޔަރުކޮށް މުއްދަތު މަޖިލީހަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެގެ ޝަރީއަތުގެ ފުލުހުން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ރައީސް ސޯލިހް ކަނޑައަޅުއްވާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހަރަދުކުރާ މައިގަނޑު އެކަކީ މުހައްމަދު އިސްމާއިލް ކަމަށެވެ.

އެކަމަކު ފުލުހުންގެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައެއް ނުވެއެވެ. ފުލުހުން އޭނާއަށް ދެކޮޅަށް ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓާއި ކުށުގެ ރިޕޯޓުން އެ ތުހުމަތުތައް ސާބިތުނުކުރެވޭ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު އިސްމާއިލް ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެއް ކަމަށާއި އެއީ އިންޓެލިޖެންސް ރިޕޯޓަކާއި ފޮޓޯ ރިޕޯޓާއި ކުށުގެ ރެކޯޑެއް ކަމަށެވެ.

އެއިން އެއްވެސް ހެއްކަކުން، މުހައްމަދު އިސްމާއިލް ޖިނާއީ ކުށެއް ކުރާ މަންޒަރު ނުވަތަ އެފަދަ ކަމެއް ދައްކުވައިދޭ ކަމެއް ފާހަގަކުރެވޭ ފަދަ ކަމެއް ފެންނަން ނެތުމާއެކު ކޯޓުން ވަނީ މުހައްމަދު އިސްމާއިލް ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙދ

    ޕޯޗުގީޒު އައުޓަށް ހަރަދުކުރި މައިގަނޑު މީހަކީ މުހައްމަދު ތަކުރުފާން.

    72
  2. އިސްޢާފް ސަލީމް

    އެހެންވީމާ މުޙައްމަދު އިސްމާއީލަކީވެސް ތިލަދުންމަތިން އެރި ތަރިއެކެވެ. ޕޯޗްގީޒްގެ އަނިޔާވެރިކަމުން ޤަވްމު ސަލާމަތްކުރީ ތިލަދުންމަތިން ފާއްދާލި ތަރިންތަކެކެވެ. އަނެއްކޮޅަށް ވިސްނާއިރު މުޙައްމަދު އިސްމާޢީލަކީ ހާދަބޮޑު މުއްސައްޖެއްތާއެވެ؟ މިހާބޮޑުކަމަކަށް ޚަރަދުކުރެވޭނީ ލާރިފަށެއްވެސް އޮވެގެންތާއެވެ؟ އެ ޚަރަދު ވާނީ ޤަވްމަށްޓަކައި ދީނަށްޓަކައި ކުރާ ޚަރަދަކަށްތާއެވެ؟ އެހެނީ މި ޤަވްމު މިއޮތީ ބޭރުބަޔެއްގެ އަތްދަށަށް ދެބައިކުޅައެއްބައި ގޮސްފައެވެ. އެއްކޮށް ނުދަނިސް ޤަވްމު ސަލާމަތްކުރުމަށް ކަމަރު ބަދެލި ބަޠަލުންނަށް ސާބަހެވެ. ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ! އާމީން

    60
    1
  3. ޙަދިސައިބު

    ޢިންޑިޔާ އިން އަށް ހަރަދުކުރަނީ ސޯލިހާއި މާރިޔާއައި ސާހިދުތާ

    47
    • ރާވެރިބޭ

      މިގައުމު އަބަދުވެސް ދުސްމަނުންނާ ހަގުރާމަކޮއްސަލާމަތް ކުރަނީ ބޮޑުތިލަދުންމަތީ ބަތަލުން (މުހައްމަތަކުރުފާނު އާއިލީ ތިންބޭފުޅުންނާ މަރޮށީރާވެރިބެ އަދި ދުވާފަރު ދަންޑެހެލު ފަދައެތައް ބޭފުޅުންނެތް ހިމެނެއެވެ.މިފަހަރު އެފަދަ ގައުމީ ބަތަލަކީ މުހައްމަދު އިސްމާއީލްއެވެ) މުހައްމަދު ތިޔަކުރައްވާ ހިތްވަރަށް އަތްސަރިބަހާ ސާބަސް

      23
  4. ޓިނު ދޮންބޭ

    މި ބާވަތުގެ މީހުންނަކީ ޖާހިލުން

    2
    50
    • ޙަސަނު

      ތިޔައީ ޚާއިނެއް ޝައިތާނެއް

      4
      10
  5. ޢަހޫތަ

    ޙަހަ ފައިސާގޯނި ބެހިކަމަށް ބުނިމީހާދޯ.

    3
    32
  6. މަޖުބޫރީހާލަތް...

    އޯކޭ ޕީޕީއެމް ގެ ފަރާތުން އިންޑިޔާ އައުޓް ކެންޕޭނައް އެކައުންޓެއް ހުޅުވާ އަހަރެންވެސް ހަރަދު ކުރާނަން ފުލުހުން ނަކައް ލާހިކެއްނޫން ގައުމު އަޅުވެތި ކުރަން ފުރުސަތުދޭކައް ރައްޔިތުން ގެ ކިބައިން ވެރިކަން ފެށޭނީ އަދި ނިމޭނީވެސް ތިޔަޔުނީފޯމާ ބޫޓާ ތިޔައީ އަހަރެމެން ރައްޔިތުން ގެ ލާރި ނުފުއް ޕުން އެދެން

    53
    1
  7. ލަތީފް

    ދެން ކޮބައިއްޔޯ މައްސަލައަކީ

    42
  8. އިބްރާހިމް

    އިންޑިއާ އައުޓް ކާމިޔާބުވަމުންމިދަނީ އިންޝާﷲ

    52
    1
  9. ހަސަންކަޖާ

    އިންޑިޔާގެ މިލިޓަރީން ސިފައިން ދިވެހިރާއްޖޭގައި ބައިތިއްބައިގެން އެމީހުންނަށް ދިވެހިބައިތުލްމާލުން ޚަރަދުކުރަނީ އިބޫ ސޯލހގެ ސަރުކާރުންނޭވެސް ބުނެވިދާނެ...

    21
  10. އެރރީއަސް

    ކުރިން ކަންނަންނޫރު ރާޖާ ބަލިކުރީ ﷲގެ ވާގިފުޅާއެކު މިދިވެހިން.
    މިފަހަރު ގެރިމޯދީ ވެސް ބަލިކުރާނަން އިންޝާ ﷲ!!!

    20
    • ޖޭޖޭ

      ލައްކަ ލާރި އޮންނާނެ. ކުރިންވެސް ލާރި ގޯނި ކޮނޑުއަޅާގެން އުޅުނީ ބްރޯ ބުނާ މީހުންނަށް ލާރި ބަހާލަދޭން. އެހެންވީމާ ތިއިންޑިޔާ އައުޓް ސްޓަންޓް ހިންގުވަން ބްރޯ މިއިންނަނީ ގޭގަ ބައިންދާލަދީފަ. މުހައްމަދު މިއުޅެލަނީ ގްރައުންޑްގައި ލާރި ގޯނި ކޮނޑަށް ލައިގެން. ބްރޯ އިންޑިޔަން ސަފީރު ގޮވައިގެން އަމިން އެވެނިއުގައި ބޮނޑި ކުޅެނީ

  11. Anonymous

    ޤައުމު އަޅުވެތިކަމުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއް އެއީ ޖާނާމުދަލުން ޤުރްބާންވެންވިޔަސްމެ.

    21
  12. Anonymous

    ތެދެއް އިންޑިއާ އައުޓަށް ޚަރަދުކުރަނީ މަށަން ހީވަނީ އަދީބް އާއި އިބޫ ސޯލިހު ހެން އެދެމީހުންގެ އަތުގަ ވިއްޔާ މިހާރު ލާރިއޮތީ

    17
  13. ޢަހު

    ތެދެއް އިންޑިއާ އައުޓަށް ޚަރަދުކުރަނީ މަށަން ހީވަނީ އަދީބް އާއި އިބޫ ސޯލިހު ހެން އެދެމީހުންގެ އަތުގަ ވިއްޔާ މިހާރު ލާރިއޮތީ

    15
  14. ޖުހާ

    ލާދީނީ ފިކުރު ފަަތުރަނީ ކޮންބައެބާ

    16
  15. މަޖާޒީ

    ގޯނި މުހައްމަދު ތޯ

    2
    12
  16. Anonymous

    ގޭދޮށު ޙައްވައާއި ސަންޕައާއި އާމިނަ އެތަނަށް ދަނީ މުޙައްމަދު އެކައްޗެއް ދޭތީއެއްވެސް ނޫން.
    ޙައްވަބުނީ ޤައުމީ ލޯތްބޭ. ސަމްޕަބުނީ ބޮޑު ތަކުރުފާނަށްވެސް ހުތުރޭ.
    އާމިނަބުނީ ހިނގަނީ ދިވެހިލެއޭ ޤައުމީ ޖޯޝުގައިއޭ
    ކުޑައިރު މަދަރުސާ އިން ދަސްވި ފިލާވަޅުގެ އަލީގައި މާތްވި އިސްލާމްދީނާއި މިނިވަންކަން މުހިންމޭ

  17. ދިވެހި ދަރިން

    އެހެންވީމާ ތިޔައީ ގައުމަށްޓަކާ ޖާނާ މާލު ގުރުބާން ކުރާމީހެއްތާ ސާބަހޭ ތީ އަސްލު ލޭހިންގާ ދިވެހި ދަރިން