ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޝަނާއި ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރޯލްކޯލް ފަށައިފިއެވެ.

މިއަދު ފެށިގެން އެކި ދުވަސްތަކުގެ މަތިން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި އިންސްޕެކްޝަނާއި ރޯލްކޯލްއަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްނެންގެވުމުގެ މަތިން، މުވައްޒަފުންގެ ޓާންއައުޓް ބެލުމުގެ އިތުރުން މުވައްޒަފުންނަށް ދޫކޮށްފައިވާ އެންމެހާ ޔުނީފޯމް އައިޓަމްސްތައް ހަމަތޯ ބެލުމާއި އެތަކެތީގެ ހާލަތު ބެލުމުގެ ގޮތުންނާއި، ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރަމުންދާ އެއްގަމާއި ކަނޑު އުޅަނދު ފަހަރާއި އޮޕަރޭޝަނަލް އިކުޕްމަންޓްސް އާއި ޓެކްނޮލޮޖިކަލް ރިސޯސަސްއާއި ފުލުހުންގެ ޚިދުމަތުގެ މަސައްކަތަށް ބޭނުންކުރަމުންދާ އެންމެހައި އިމާރާތްތަކާއި މަސައްކަތުގެ މާހައުލު އަދި އެކަމަޑޭޝަން އާއި ފެންޑާތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދާ އިންސްޕެކްޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރޯލްކޯލް ރަސްމީކޮށް މާލެ އޭރިއާގައި ފަށާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން މަތީގެ އޮފިސަރުންގެ ރޯލްކޯލް އިންނެވެ. މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ކުރިއަށްދިޔަ މި ރޯލްކޯލްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޑެންޑަރޑްސް ކޮމާންޑުން ކުރިއަށް ގެންދާ މި ރޯލްކޯލްއާއި އިންސްޕެކްޝަން މާލޭ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގެ އިތުރުން ފަސް ޕޮލިސް ރީޖަންގައި ހިމެނޭ ރަށްތަކުގައި އެކި ދުވަސްތަކުގެ މަތިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މާލޭ އޭރިއާގެ އިތުރުން ރީޖަންތަކުގައި އިންސްޕެކްޝަނާއި ރޯލްކޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ޓީމުތަކުންވެ. އެގޮތުން މި ޓީމުތަކަށްވަނީ ކަމާގުޅުންހުރި މަޢުލޫމާތުތައް ފޯރުކޮށްދީ، އެކަމަށް ހައްސަކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އަށް އަހުލުވެރިކޮށްފައެވެ. މި އިންސްޕެކްޝަނާއި ރޯލްކޯލް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިއްބެ

    ރޯލް ކޯލް ބާއްވާ ސިފައިން ވެސް ނޫހަކު ނުޖަހާ ޔަގީން ކޮމެސް ގޯހެއް ހިނގައިފި

    25
  2. Anonymous

    ޔުނިފޯމެއް ގެއްލުނީތަ އަނެއްކާ؟

    20
  3. ގެއްލުނީ

    ބޮޑައްހީވަނީ އެހެން

  4. ކޮވިޑް

    ރޯލް ކޯލް އަކީ އަބަދުވެސް ފުލުހުންނާ ސިފައިން ކުރާ ކަމެއް . އެކަމް ވެރިން ގެ ޔުނީފޯރމް މިފެންވަރަށް ޗެކްނުކުރޭ. އަބަދުވެސް ދައްރޭންކު ތަކު ކުދިން ނަށް މިކަން އޮންނަނީ. މީ ކިހިނެއް ވާކަމެއްބާ؟

  5. ޙަދިސައިބު

    ފުލުހުންގެ ޔުނީފޯމް ހަމަތޯބަލަން ޓެކޔނިކަލް އެހީ ހޯދާން އިންޑިޔާގެ ހައިކޮމިޗސަންގައި އެދެންވީނުންބާ؟

    11
  6. ކުޑޭ

    ހުރި ހ އެއްޗެހި ހަމަތޯ ބަލައްޗޭ

  7. ލިޔުންތެރިޔާ

    ރޯލްކޯލް ބޭއްވުނީމަ ނިމުނީ ދޯ؟