ވަގަށް ނަގާފައިވާ ޖަނަރޭޓަރުތަކެއް ހުޅުމާލޭ ގަސްތަކެއްގެ ތެރެއިން ފެނިއްޖެ ކަމަށާއި އެތަކެތީގެ ވެރިފަރާތް ފުލުހަށް ހާޒިރުވެ، އެތަކެއްޗާއި ހަވާލުވާން އެދޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ މެއި 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ހިތިގަސްމަގުގެ ބަންދުކޮށްފައިވާ ސަހަރައްދު ގަސްތަކު ތެރެއިން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ޖަނަރޭޓަރ، 4 ކޮންކްރިޓް ވައިބްރޭޓަރ، 4 ކޮންކްރިޓް ވައިބްރޭޓަރ ކަނެކްޓް ޓިއުބް އަދި ކޮންކްރީޓް މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތަކެއް ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުން އެދެއެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއެވެ. އެފަދަ ބައެއް ތަކެތީގެ މައުލޫމާތު ފުލުހުން މިއަދުވެސް ހާމަކުރިއެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް ސްޓޭޝަން

މެއި 12 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލް ފާހާނަ ތެރެއިން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ވެރިއަކުނެތް، ނޮކިޔާ ބްރޭންޑުގެ ތިން މޯބައިލް ފޯނާއި، މޯބައިލް ފޯނުގެ ދެ ބެޓެރި. އިންސިޑެންޓް ނަންބަރ 521729

މެއި 12 ވަނަ ދުވަހު އަބަދަށްފެހި މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކެއް. އިންސިޑެންޓް ނަންބަރ 521722

މެއި 13 ވނަ ދުވަހު ދަނބުރުއްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރ 521842

މެއި 13 ވަނަ ދުވަހު ހިތިގަސްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޖޭޒްމީން ބްރޭންޑުގެ ވެކިއުމް ލޮނުކޭހެއް. އިންސިޑެންޓް ނަންބަރ 521844

މެއި 13 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ އޭ01 ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 521870

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

މެއި 4 ވަނަ ދުވަހު، ސަބުދެލިމަގު ޝަހީދުއަލީ ހިނގުން ގުޅުނު ހިސާބުން ވައްކަމުގެ މައްސަލައެއްގައި ހުއްޓުވައި ސުވާލުކުރި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިބޯނި ކޭހަކާއި ޝޭމްޕޫ ކޭހެއް. އިންސިޑެންޓް ނަންބަރ 520913

މެއި 12 ވަނަ ދުވަހު، މ. މޫސުމްގެ ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަތީގައި އޮތް މަކީޓާ ބްރޭންޑުގެ ފެހިކުލައިގެ ބެޓެރި ބުރުމާއެއް. އިންސިޑެންޓް ނަންބަރ 521796

މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    ކަލޭމެން ފުލުހުނަށް ރަށުތެރެ ބެލޭކަން ތީގެން ވެސް ތި އެނގެނީ ކޭބަލް ތައް ކޮށާލައގެން ގެންގޮސް ހުސްކުރާއިރުވެސް ނޭންގޭ ސާބަސް ބޭކާރު މުޢައްސަސާ

  2. ހޫދު

    ރަނގަޅުވޭ. ސާބަސް ފުލުހުން. ވަގުން ދޫވިޔަނުދޭތި

  3. ސަމްކުޅިބޭ

    ތިޔަ ހާމަކުރާ މައުލޫމާތުން ތީގެ ވެރިންނެއް ނުފެންނާނެ. އެތަކެތިވަގަށްނެގި މީހުން ލައްވާ އެތަކެތި ނެގިތަނެއް ބުނުވާ ނޫނީ އެމީހުން އެތަކެތި ނެގިތަނަށް ފުލުހުންގެންގޮސް އެތަކެތި ހަވާލުކުރަންވީ. ވަގަށް ނަގާފައިވަ ސައިބޯނިކޭހެއް އެބަހުއްޓޭ ވެރިފަރާތުން ހަވާލުވާން އަންނާން ބުނާއިރު ހުރިހާ ފިހާރައެއްގާ ސައިބޯނިކޭސްހުރޭ. އެއިން އެއްޗެއް މަދުކަމެއްވެސް އާންމުގޮތެއްގާ ނޭގެނެ. އެހެންވީމާ އެނެގި މީހާލައްވާ އެނެގިތަނަކަށް ގެންދަންވީ. ތިޔަ އެއްޗިއްސާ ހަވާލުވާން ހުރިހާ ވިޔަފާރި ވެރިންނަކަށް ނުދެވޭނެ. އެމީހާގެ އެއްޗެއްކަން ޔަގީންކުރެވޭނެގޮތެއް ނޯންނާނެތީ. ފުލުހުންވެސް ވެއްޖެ ތިމާމެންގެ ހުރި ގަމާރުކަން ފިލުވާ ތަންކޮޅެއް ތަންދޮރުފިލާބަޔަކަށްވާން.