ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އިން އިސްނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ މަދު ބަޔަކު ޝާމިލުވެގެން މާލޭގައި އޮތް ހަމަޖެހުމާއި އަމާންކަން ނަގާލަން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އިސްވެ، ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން އެޕާޓީން ގެންދަނީ ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރޭ ވެސް ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކަމާއި ގުޅިގެން އިކްރާމް މިއަދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭންގެ މަގުސަދަކީ މާލޭގެ އަމާންކަމާއި ހަމަޖެހުން ނަގާލުން ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީނާއި ޕީޕީއެމްގެ މަދު ބަޔަކު ނުކުމެ އަމިއްލަ ފައިދާއަށް މާލޭގައި އޮތް ހަމަޖެހުމާއި އާންމު މަސްލަހަތު ނަގާލާ، ކުދި ވިޔަފާރިތައް ހަލާކުކޮށްލަން ހިންގާ ހަރަކާތެއް. ފުލުހުންނަށް ކިޔަމަންނުވާ މީހުންނަށް ފިޔަވަޅު އަޅާ މަންޒަރުތައް އެންމެ ރީތި ނުވެދާނެ" އޭނާ ވިދާޅުވިއެވެ.

 

"އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައަޅާ ރިޔާސީ ގަރާރަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ހަރަކާތް ހުއްޓުވަން ދިފާއީ ބާރުތަކަށް އަންގާފައެވެ.

ރައީސް ސޯލިހް ސޮއިކުރައްވާ ނެރުއްވި ރިޔާސީ ގަރާރުގައި ބުނެފައިވަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށާއި ވަކި ގައުމަކާއި ޖައްސަލާއިގެން ކުރިޔަށް ގެންދާ ހަރަކާތަކުން ގައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އެހެންނަމަވެސް އެ ހަރަކާތަކީ އިންޑިއާއާއި ދެކޮޅު ހަރަކާތެއް ނޫން ކަމަށާއި އިންޑިއާ އައުޓް ހަރަކާތުގެ މަގުސަދަކީ ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ބޭރުކުރުން ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ކުޅިރިހާކުރު

    ދެންކީއްވެތަ ލަންކާ ޕާކިސްތާނު ަންގަލަދޭޝް ސިފައިން ބައިނުތިއްބަނީ..

    62
    2
  2. މާބޭބެ ނޭފަރު

    މިކަހަލަ ބުރާންޗުން މަޖިލީހުގައި މިތިބެނީ. ފީލިންގ ވާނުވާ ނޭގޭ. ހަމަ ހޭގައި ހުރެބަލަ އިއްޒަތްތެރި ބުރާންޗާ

    65
    2
  3. ދަރަނި ދަންތުރަ

    މިއީ އިންޑިޔާގެ އަޅެއް ބޮޑު ބުރާންޗެއް ، މިގައުމަށް ގައްދާރުވެފައިފާ ގައްދާރެއް

    67
    2
  4. ގަލަން

    ހީވަނީ އިންޑިއާ އައުޓޭ އެބުނަނީ އިންޑިއާމީންތިބޭތި މިނިވަންކަމައް ނުރައްކާ ވެދާނެތީ އެކަން ހުއްޓުވަން ކުރާކަމެއްހެން އިންގިޔާއާއި ގުޅުންކަޑާލާ އިންޑިއާއިން ތަރައްގީއައް ކޮއްދޭކަންތައްތައް ބަލައި ނުގަންނާށެކޭ ނޫނޭ އެބުނަނީ އެހެންހީވަނީ މަގްސަދުއެއް ނޭންގެ!!!

    8
    1
  5. ހަނީފު

    ކަލޭތީ ދެލޯ ކަނުން ބީތާއެއްތަ! މުޅިރާއްޖޭގައިވެސް ގިނަބަޔަކު އިންޑިޔާ އައުޓު ގޮވާ ހަދާ

    16
  6. އަލީ

    ކަލޭމެން ދެއިރު ދެދަޅަޔަށް މުޒާހަރާތައްކުރީ ހަމަޖެހުން ޤާއިމްކުރނަތޯ

    14
  7. Anonymous

    ކިހާވަރެއްތަ އިންޑިއާއިން ދިނީ މަޖިލީހުގަ ތިވާހަކަ ދައްކަން؟

    15
  8. މިލިއަން

    1200 މީހުން ވޯޓުލާން އޮންނަ ދާއިރާއަކުން 5 ވަރަކަށް މީހުން ކުރިމަތިލައިގެން 241 ވޯޓުން ވެސް މީހަކު ހޮވިދާނެ! އަނެއް 959 މީހުންގެ ބޮލަށް މިކަލޭގެމެން ތިބެ ގުއި ދުއަވާލަ ދުއްވާލާ ތިބެ މި ގޮވަނީ މިކަހަލަ ކޮސް! ބޯގޯސް!

    14
  9. ޢަދުރޭ

    ރަންގަޅުގޮތަކީ މިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމައް ބާރުއަޅާވާހަކަ ދައްކަނީ ތިޔަކަލަ 6ކަ ކެނައިން

    13
  10. އިސްމާޢީލް

    ތި އުޅުއްވަނީ އަދި މި ރާއްޖެއަކު ނޫން އެހެންވިއްޔާ.

    14
  11. އަބްދޫ

    ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއް ގޮތަށް އެގްރީމެންތްހެދި ގާނޫނޫއަސާސީއާއި ގާނޫނުތަކުގަ ބުނާ އިޖްރާތު ފުރިހަމަކޮށް އެގްރިމެންޓް ގަ ސޮއި ކޮށްފަ އޮތްނަމަ އިންޑިޔާ އައުޓް ނުގޮވޭނެ. އިންޑިޔާ އައުޓް ގޮވެނީ ގާނޫނުއަސަސިއާއި ގާނޫނާއިހިލާފް ވެ ރައީސުލްޖުމަހޫރިއްޔާ އާއި ޑިފެންސް މިނިސްތަރު ވެ ވަޑައިގެން ގާނޫނީ އިޖްރާތުގެ ބޭރުން މިދެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުން އެގްރީމެންޓެއްގާ ސޮއިކޮށް އިންޑިޔާގެ މިލިޓްރީ ސިފައިން ދިވެހިގައުމުގާ މަރުކަޒް ކުރެވިފައިވާތީ އެމިހުން ބޭލުމަށް ސަރުކާރުން އަމަލުކުރުވުމަށް ހިންގެ ހަރަކާތެއް. ދިވެހިރާއްޖޭގެ ގާނޫނުއަސަސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް.އެއީ އިސްލާމްދިނާއި ރާއްޖެގެ ގާނޫނުއަސަސީއާއި ހިލާފުނުވާ ގޮތުގެ މަތީން ތމާގެ ދުލުންނާއި ގަލަމުން ފާޅުކުރެވޭ ސުއޫރު މިއީ ހުއްދަ ސުއޫރެއް.

    15
  12. ާމަ

    މީ ކޮވިޑް ސާންޕަލް ނެގި ކުއްޖާ ގައިގަ ޖެހި އިކުރާމްތަ؟

    14
  13. ހަވާސާ އިބޫ

    ރިހާކުރު އައިލެންޑުގެ މެނަބަރުގައިންވެސް ދުވަނީ ރިހާކުރުވަސް ދައްކާވާހަކައިގައިވެސް ރިހާކުރު އުންގުޅިފައި ހުންނަނީ! ބޯބުރާނަތިއެއްމިއި!

    12
  14. ރައްޔިތުމީހާ

    "އިންޑިއާ އައުޓް" މިޙަރަކާތް ހިންގަނީ މަދުބައެއްނޫންކަން އެނގޭނެ ޤާނޫނުގައިވާ ގޮތުގެމަތިން އެއްވެއުޅުމުގެ މިނިވަންކަން ދީފައޮތްނަމަ އެމިނިވަންކަމަށްވެސް ހަނިކޮށްފައިމިވަނީ ސަރުކާރު ބިރުންގަންނާތީ

    14
  15. އަހްމަދު

    މާލޭގައި ކޮން ހަމަޖެހުމެއްތޯއޮތީ. މާރާމަރީ ހިންގަނީ. މަސްތުވާތަކެތި ވިއްކަނީ. މިހަމަޖެހުން ނަގާލާ ވަހަކަތޯ؟ އިންޑިއާ އައުޓް ހަރަކާތުން މިހާރު ފެނިގެންދަނީ ފުލުހުން ބައިބަލާ ކުޅޭތަން. އެންމެން ފައިޖަހާފާ އަންހެނުންތައް ފަހަތުން ދުއްވާ ގަތީމާ އެވެރިންވެސް ދުއްވާގަންނަނީ. ގޮލައަކު އަތުނުޖެހުނީމާ އެބުނރި އަންނަނީ. މީހަކު އަތުޖެހެއްޖިއްޔާ ތިންހަތަރު މީހުންވެގެން އެމިހަކު ރޯނާގަންނަވާލަނީ.ބައިބަލާއެކެ ތަފާތެއްނެތް. އަނިޔާކޮށް ދަމާކޫއްތާފާ ގެނެސް ވެހިކަލަށް އަރުވަނީ.

    12
  16. ޢ

    ކަލޭ ދޭބަލަ ރިހާކުރު ކައްކަން އިންޑިއާ އަށް.

    15
  17. މަކަލޭލީ

    މީ ހަމަ ފައްކާ އިއްޒަތްތެރި މަރުމޯލެއް.

    11
    1
  18. Anonymous

    ކަލޯ އަލައް މިކަހަލަ މަގާމެއް ލިބުނީމަ ވާނީ ތިހެން. ކަލެޔަކީ ގައްދާރެއް

    14
  19. ގެދަބުޅި

    ކުރާނެ މަސައްކަތެއްނެތީމަ ދެން ކޮންމެވެސް އެއްޗެއް ކިޔަންޖެހޭނެނު އިއްޒަތްތެރި ބުރާންތިން. ގެރިމީހާގެ ރުހުންހޯދަންވާނެނު.

    14
  20. ގައުމީ

    ފިލްމު ކުޅޭން އެއުޅޭ މަންޖެމެން ގެނެސްބައިތިއްބަބަލަ އޭރުން އެކަކުވެސް ނުކިޔާނެ އައުޓެކޭ ،

    11
  21. ބަކަރިބޭ

    ވަރަށްބޮޑު ތެދެއް. ގެރިމޯދީ އާއި ގައުމަށް ޣައްދާރު އެމް. ޑީ. ޕީ ގެ ހަމަޖެހުން ގެއްލޭނެ ކަމެއް. ގައުމު ވިއްކާލާފަ ފިލަން އުޅޭ ހާމުދުރުން ތަކެއްވިއްޔަ. ބެހެންޗޯތު.

    10
  22. ރައްޔިތުން

    ދިވެހިބަސް ބޭނުން ނުކުރަން ބުނި މީހަކު ދިވެހި ގައުމު ދެކެ ލޯބި ވާނެ ވަރު ވިސްނާލާ

    11
  23. Anonymous

    ކަލެއަށް މީހަކު ގަޑެއްގަ ލިޔެފަ ދިނީމަ ތިތާ އިދެ ތިހެންކިޔަނީ..މިތަނަށް ހޮވޭ މީހުން ހޮވުމަށްފަހު ހާދަހާ ކިބުރުވެރިއޭ..ކޮންބައެއްތަ ދެންމީ މާ އެގިގެން އުޅެނީ..ގައުމިއްޔަތުގެ ކަންފުޅެއްވެސް ނޭގެ.

    12
  24. ކޮރޯނާ

    އެހެންވިއްޔާ ތިހާ ބިރުން ތުރުތުރު އަޅަމުން ނުތެޅިބެޔަ.

    10
  25. ވާގޮނުސްކޮ

    ދެން އެމްޑީ ޕީ ފާއިތުވެދިޔަ ތާންގަ ކުރީކޮންކަމެއްބާ؟
    ދައުލަތުގެ މުއައްސަސާ ތަކުގަ ހުޅުޖަހާ ކޯޓުގަ ތަޅުއަޅުވާ ފުރަމާލޭގެ މަގުތަކަށް ނުކުމެ މާރާމާރީ ހިންގާ ފުލުހުންނާ ސިފައިންނާދިމާލައް އެމީހުންގެ ދަރީންނާއި އަނބީންނައް
    ގޯނާކޮށް ފުރައްސާރަ ކޮށްމަގުހިނގާ އުޅެން ނުކެރޭވަރުކުރީ އަދި ޓްރެފިކްލަްިޓްތައް ތަޅާލާ މީހުންގެ ފިހާރަފިހާރާގެ ބިއްލޫރިތައްތަޅާލާ މީހުންގެ މުދަލައްގެއްލުންދީ މީހަމަޖެހުމާ ސުލްހަސަލަސްކަން ގާއިމް ކުރުމައް ކުރިކަންކަންބާ؟ މިއަދު މިފަދަ އެއްވެސް ވިޔާނުދަ ކަމެއްނުކޮށް އިދިކޮޅުން ގައުމުގެ ހައްގުގަ، ބަސްބުނެ އިންޑިއާ އިން މިގައުމާއި ސަރުކާރު ގުޅިގެން ހިންގާ ހަމަނުޖެހޭ ދެކޮޅުނުޖެހޭ ކަންތައްތަކަކާ ދެކޮޅައް ހިންގާ ސުލްހަވެރި އިހްތިޖާޖް ތައް ހުއޓުވަން ސިފައިންނާއި ފުލުހުން ލައްވާ ރައްޔިތުންނައް އަނިޔާތައްދީ ހަދަމުންދަނީ ސުލްހަމަސަލަސްކަމާ އަމަންއަމާންކަން ގާއިމް ކުރުމައް ކަމައްވާނަމަ ތިދައްކަނީ ވަރަށްވެސް މޮޅުވާހަކައެއް.

    10
  26. ޙޯރަ

    ޢިކުރާމު ތިޔައީ ފައްކާ އިނގިރޭސިއެއ.

    9
    1
  27. މާގިނަ

    ޤިޔާމަތް ދުވަހުގައި ސުވަރުގޭގެ އަހުލުވެރިންނަށްވުރެ ނަރަކައިގެ އަދަދު ގިނަވާނެކަމަށް ބުނެވޭ! އެހެންވީމާ ގިނަ މީހުން ދުނިޔޭގައި ކުޅަ އަމަލުތައް ރަނގަޅޭތާ މި މޮޅު ރިހާކުރު މި ބުނަނީ؟!!!

  28. އަނީސު

    އެކުވެރި ދިއްގަރު ރައްޔިތުންނޭވޭ ހަގީގަތް ހާކުރުމުގައި ނުކުޅެދިފައިވާ މީހާއަށް ގުޅުއްވާ! އަދި ފެންނަ ހަގީގަތް ސިއްރުނޮކޮށް ހާމަކުރުމަށް ބުނުއްވާ! މަންޒަރު ޓީވީއިން ދިއްގަރުގެ ރައްޔިތުންވެސް ބަލާކަމަށާއި ހަގީގަތަކީ މެންބަރު ފާޅުކުރި ގޮތާ ތަފާތު ކަމަށް ދަންނަވާ މިގައުމު ބައެއްގެ އަޅުވެތި ކަމަށްގޮސްފިނަ ދިއްގަރު ރައްޔިތުންގެ މިނިވަންކަންވެސް ގެއްލޭނެ!އަދި މި މީހާގެ މިނިވަންކަން ގެއްލޭނެ!

  29. ޖާބެ

    މަނީ މަނީ ނަފުސުވިއްކާ

  30. އިބްރާ

    އިކްރާމްގެ ބޮލަށް ދިވެހިބޭސްކުރަން ވޯޓެއްނަގާލަބަލަ.