މިހާރު ދުނިޔޭގެ ބައެއް ހިސާބުތަކުން ފެންނަމުންދާ "މަންކީ ޕޮކްސް"އަށް ދިވެހި ނަމެއް ދީފިއެވެ.

އާއްމުކޮށް، ފެންނަ މިފަދަ ބަލިތަކާއި، އެނޫންވެސް އެއްޗެއްސަށް ދިވެހި ބަހުގެ އެކަޑަމީން ދިވެހި ނަމެއް ތައްޔާރުކޮށް، އެ ނަން ފާސް ކުރުއެވެ. މިކަން ކުރަނީ 14 މެންބަރުންގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ދިވެހި ބަހުގެ ތަޖުރިބާކާރުން ތިއްބަވައެވެ.

"ވަގުތު"އާ ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ނައީބް ރައީސް ޒުލްފާ އިބްރާހިމް ވިދާޅުވީ، މަންކީ ޕޮކްސްއަށް ދިވެހި ބަހުން ކިޔާ ނަމެއްގެ ގޮތުގައި "މަކުނު ވިދުރި" ކަމަށް ހަމަޖައްސާ ބަސް ކޮމެޓީން ނަން ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިގޮތަށް ނަން ފާސްކޮށްފައި ވަނީ، މީގެ ކުރިން ބަލި ބައްޔަށް ދީފައިވާ ނަންތައްވެސް ބެލުމަށްފަހުގައި ކަމަށެވެ. އަދި ޑަބްލިވްއެޗްއޯގެ ފަންނީ ލިޔުންތަކާއި، ގުޅުންހުރި އިތުރު މައުލޫމާތުތައްވެސް ދިރާސާ ކުރެއްވުމަށްފަހު ކަމުގެ ތަޖުރިބާކާރުން ހިމެނޭ ކޮމެޓީން ބަސް ފާސްކޮށްފައިވާ ކަމަށް ޒުލްފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބަހުގެ

    އެހެންވީރު ޗިކަންޕޮކްސް އެއީ ކުކުޅުވިދުރުތާ.

    67
    2
    • ޑޮތާ

      މަންކީ ޕޮކްސްގެ ދިވެހިި ނަމަކީ "މިއީ"

      10
      1
  2. Anonymous

    ކޮންމެހެން ދެނަން އެއްކޮށްނުލަަވެސް ނަން ދެވިދާނެ. މާކިޔަންއުނދަގޫ.
    މިސާލަކަށް: މަކުދުރި މަކުނުދުރި މަކުވިދުރި

    36
    5
    • ޓުރޫ

      ތިޔާ ނަންތައް މާ ފަހި. މަކުނުދުރި އެނަން އެއްވަނަ. ކަލޭ ރަގަޅު އެކެޑަމީއަށް ނުވަދެ ތިޔަ އިންނަނީ.

      47
      1
    • އާދަމް

      ދިވެހި ބަސްފޮތް ބުނާގޮތުން ވިދުރީގެ މަޢުނައީ، މަހާއި ކަށި ފޫއަޅުވާފަދަ ބަލިމަޑުކަމެއް. ވިދުރީގެ ނަމާއި ގުޅިފައިވާ ކަށިވިދުރި ބައްޔަކީ ގަދަ ހުމާއެކު ގައިން ބިހިތަކެއް ނަގައިފައި ޖެހޭ ބައްޔެއް. ކަށިވިދުރި ބައްޔަށް އިނގިރޭސިން ކިޔަނީ ސްމޯލް ޕޮކްސް. މަންކީޕޮކްސް ބައްޔާއި ކަށިވިދުރި ބައްޔާއި ވަރަށް އެއްްގޮތް ޢަލާމާތްތަކެއް ހުންނަނީ. އެހެންކަމުން މިމިގޮތްގޮތުން ބަލާއިރު މަންކީ ޕޮކްސްއަށް ކިޔަން އެންމެ ރަނގަޅު، ދިވެހީންގެ ދޫމައްޗަށް ފަަސޭހަވެސް ބަހެއްކަމަށް އަޅުގަނޑަށް ވެސް ފެންނަނީ މަކުނު ވިދުރި ކަމުގައި ދަންނަވަން.
      ކުރުކޮށްލަން މަކުދުރި ވެސް ރަނގަޅުތާ.

    • އަދިބެސް

      މަދިރި

  3. Anonymous

    ސަކަރާތް! މަކުނު ފޮޅު ކީނަމަ މާ ރަނގަޅުވީސް!

    61
    1
  4. ޖިލްމިލް

    ދިވެހީން ކުރެ ނާހައި، ދިވެހީން އާންމުކޮށް ކިޔާ އެއްޗަކަށްވެސް ނުބަލާ، ތިޔަބުނާ އެކަޑަމީ އަކަށް ފެންނަ ގޮތަކަށް ދިވެހި ބަހާ ކުޅެނީ. ދިވެހީން ބަސްދޫކޮށްލަނީ އެހެންވެ. ބަސްވެސް މިހާރު މިވަނީ ސިޔާސީ މީހުންގެ މިލްކަކަށް. ޒުވާނުން އިނގިރޭސި ބަހަށް ތާއީދުކުރަނީ އެހެންވެ. އިނގިރޭސިބަހުގެ ބެލެނިވެރިކަމަށް ވަރިވެގަނެގެން އުޅޭ އެކަޑަމީއެއް ނޯންނާނެ. އެބަހަކީ އެބަހުން ވާހަކަދައްކާމީހުންގެ އެއްޗެއް.

  5. Anonymous

    ޜާމާމަކުނަށް ނިސްބަތްވަނީ އެހެންވީމަ ރާމަކު ފޮޅު ކިޔަންވީ

  6. މަރީ

    މަކުނު ބަސަންދު ކިޔަނީ.

    5
    1
  7. Anonymous

    މިކަހަލަގޮތަށް ބިހިނަގާފައި ހުންނަ ކުދިންނާ ދިމާލަށް ކުރީގައި ކިޔާނެ " ތޮޅޭކަދުރު އުންބަނޑިޔާ"

    3
    1
  8. ޙަނދުކޭތަ

    ފާޑުފާޑުގެ ނަނަތްއް ފާސްކޮއްގެން ވައްކަން ކޮއްލް ކޮއްލާ ދައުލަތް ހުލިއަރުވަން ބައިތިއްބާ

  9. މީވާ ސަރުކާރެއް

    މަންކީ ޕޮކްސްގެ ދިވެހިި ނަމަކީ މިއީ ސޯލިހު ވިދުރި

    5
    3
  10. ހަސަނާ

    ރާއްޖެ އަށް ބަލި އައީމާ ނަން ފާސްކޮށްލީތޯއްޗެއް.ދަރިޔަށް 7 ދުވަހުން ނަންދޭހެން މި ބަލި ރާއްޖެ އަށް އައުމުން ނަން ފާސްކޮށްލީދޯ

  11. ގަލަން

    ޕޮކްސް ލާފައިވާ ބަލިތަކަޑް އެއްގޮތް ނަން ތަކެއް ކިޔުން ރީތިވާނީ. އަރަބި ބަހުގަވެސް އެފަދައިން ޕޮކްސް އިންނަ ބަލިތަކަށް ކިޔަނީ ...... ޖުދުރީ

    ރާމާމަކުނުބަސަންދު
    ނުވަތަ
    ރާމާބަސަންދު

  12. Anonymous

    ކިނބޫ ވިދުރި ކިޔަނީ

    • ޖޯޖް

      ޥަގު ވިދުރި ކިޔަންވީ

  13. ނިހާން

    މަންކީ އަކީ ރާމާ މަކުނު ދެން މީ ކޮން މަކުނެއް ކަމެއް ނޭނގޭ ފައިދިގު މަކުނު ކަމެއް ތަތް މަކުނު ކަމެއް.އެވަރަކުން ދިވެހި ނަމެއް ކިޔަން ޖެހޭތަ. ޭ

  14. ހައްޕު

    ޗަސްފޮޅު

  15. ނޭނގޭ މީހާ

    ވިދުރި އެއީ ކޮންއެއްޗެއްތަ؟ އެނގޭ މީހަކު ބުނެދިބަލަ!!!!!!!!!!!!!!

    • ހަސީ

      އެއީ ޕޮކްސް

      1
      1
  16. ކަމަނަ

    ބޮޑު ފާނުބަސަންދު ކީނަމަ

    3
    1
  17. ކަޑަމީ

    މަކުނު ޕޮއް ކީނަ އަދި މާ ރަނގަޅު ވީސް.

  18. ކާފަ

    ބަހުގެ އެދުރުންނޭ އެކިޔާ މީހުންނަކީ މާދަންނަ ބައެއް ނޫންކަމަށް ބަލަންޖެހެނީ. އެމީހުންނަށް ކުރެވޭ ކަމަކީ އިނގިރޭސި ބަސްތައް ތަރުޖަމާ ކުރުން. އެކަން ކުރާނެ ގްރޭޑް 4 ގެ ދަރިވަރުންވެސް.

  19. ވިދުރި

    އެންމެ ފުރަތަމަ ދިވެހި ބަހުގެ އެކަޑަމީ އަށް ދިވެހި ނަމެއް ހަ ދަންވީ

  20. ޙައްހާ

    ޙާދަ ކަމެކޭ ... ހާދަ ކަމެއް ނުވެޔޭ 😂