މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަން ކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެފަދަ ދަތުރުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު/ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށްދަނީ ހުށަހެޅެމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން، މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގާކަމަށާއި، އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވާނީ އެހެން ގައުމުގެ އެއްމެ އިސް މީހާޔާ އޭނާގެ ޕާޓީގެ އަސްލަކީ ތިލަފަތެއްދައްކާފައި މޮޅަށް ވައްކަންކުރުން

  2. Anonymous

    އާނ، ތިއޮތީދެން ތިކަން ނިމިފައި، އިލްތިމާސްކުރީމާ ފުލުހުންގެ ވާޖިބު އަދާކުރެވުނީ، ވައްކަންކުރާމީހާ ވައްކަން ކުރަމުންދާންވީ، އެޅޭފިޔަވަޅެއްނެތް،

  3. ރަނާ

    އާނ، ތިއޮތީދެން ތިކަން ނިމިފައި، އިލްތިމާސްކުރީމާ ފުލުހުންގެ ވާޖިބު އަދާކުރެވުނީ، ވައްކަންކުރާމީހާ ވައްކަން ކުރަމުންދާންވީ، އެޅޭފިޔަވަޅެއްނެތް،