އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާ ރަސްމީކޮށް ފައްޔާޒް އިސްމާއިލް ހަވާލްވެވަޑައިގެންފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފައްޔާޒް ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން، ޕާޓީގެ ސެކްރެޓޭރިއެޓްގެ ވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓްރިއޭޓްގެ ވެރިންނާއި، އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އިންތިހާބުވެ ވަޑައިގެން، އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން، ޒުވާނުންގެ ހިއްވަރުގެ ރައީސްގެ މަގާމަށް އިންތިހާބުވި ރިފްގާ ޝިހާމް ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 27،841 ވޯޓް ފައްޔާޒް ހޯއްދެވިއިރު، އެ މަގާމަށް ދެން ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގެންފައިވަނީ 20،425 ވޯޓެވެ.

އިންތިހާބާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ވަރަށް ބޮޑަށް ދެކަފިވިއެވެ. އިންތިހާބުގައި ފައްޔާޒު ވާދަކުރައްވާފައިވަނީ ސަރުކާރު ފެކްޝަންގެ ފަރާތުންނެވެ. އިންތި ވާދަކުރައްވާފައިވަނީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައުމީ

    ހުޅުމާލެޔައް ކީއްކުރަން ހޮވާފައިން މީހެއްތަ ތިޔައިނީ

  2. ދަރަނި ދަންތުރަ

    ތިޔަ ޕާޓީޔަކީ ދިވެހި ގައުމާ ދިވެހިންގެ ހަލާކު އިސްލާމްދީނަން ފުރައްސާރަ ކުރާބައެއް ، ދިވެހި ގައުމުގެ ހަރުމުދާތަށް ވިއްކާ ގައުމު އަޅުވެތި ކުރާ ބައެއް ، ވެބު ކެމް

  3. ކަހީނުބެ

    ދެން އަވަހަށް އެމް. އެމް. ޕީ. އާރު. ސީ ގެ އަސްލު ލިސްޓް ނެރެ އިންތިޚާބީ ވަޢުދު ފުއްދަބަލަ. ތިޔައޮތީ ތިޔަންވެސް ލިބިފައެންނު.