ފިލްމީތަރި ހުނޭޝާ އާދަމް ނަސީރު (ހުނޫ) ފުލުހުންގެ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަ ކުރާ ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ ބުނެފިއެވެ.

ހުނޫ އެހެން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހުނޫ ހައްޔަރުކޮށް އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލައިގައެވެ.

ދައުލަތުން ހުނޫގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ހުނޫގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަ ކުރާ ކަމަށާއި އަދި އޭނާ ބަލިވެގެން ފަރުވާއަށް އެދުމުން ވެސް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ނުދޭ ކަމަށެވެ.

އެހެންކަމުން ކޯޓުން ވަނީ އެ ވާހަކަތައް އިތުރަށް ބެލުމަށް ދައުލަތަށް އަންގާފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ދިފާއުން ބުނެފައި ވަނީ އެ މައްސަލާގައި ފެނުނު މަސްތުވާތަކެއްޗާ ހުނޫއާ ގުޅުމެއް ނެތް ކަމަށާއި ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވެފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބު ހުރިކަމަށާއި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ތެރެއިން ބައެއް ތަކެއްޗާ މީހަކު ހަވާލުވި ނަމަވެސް އެހެން ތަކެއްޗާ ހުނޫއާ ގުޅުން ހުރި ކަމުގެ ހެކި ހުރި ކަމަށެވެ.

އެ އަޑުއެހުން ނިންމާލީ ހުނޫގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ނިންމާފައެވެ.

އެހެންކަމުން ކޯޓުން ވަނީ ހުނޫގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. ފާހަގަ ކޮށްލެވޭގޮތުގައި މިހާރަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ގިނަ ފިލްމީތަރިން އަންނަނީ ހައްޔަރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނާލި

    ލޮލް

    15
    1
  2. ހިތައްއަރާ.

    މިކަހަލަ ނަޖިސް ވިޔާނުދާ ކަންތައްކުރާމީހުން ވާހަކަ މިހާ އަޕްޑޭޓްކޮށް ގެނެސްދިނުމުގެ މަގުސަދަކީ ކޮބައިބާވައެވެ. ؟؟

    48
    3
    • Anonymous

      މާތް ރަސްކަލާނގެ ޚަލްޤް ކުރެއްވި އިންސާނަކަށް ނަޖިސް ކިޔުމަކީ އެކަލާނގެއަށް ފުރައްސާރަކުރުން.

      2
      10
      • ޖާނޭ

        މިއާއި ހެއްދެވި ފަރާތާއި ހުރި ގުޅުމަކީ ކޮބާ. އޭނަ ނަޖިސްކަންތައް ކުރާނަމަ އޭނަ ނަޖިސްވާނެ. އަބޫޖަހުލަކީވެސް އިންސާނެއް. އެކަމަކު އޭނަގެ ނުބައި އަމަލުގެ ސަބަބުން އޭނަހުރީ ނަޖިސްވެފައި. މީހާގެ މާތްކަމާއި މަތިވެރިކަމާ ގުޅެނީ އޭނަގެ އަމަލުތައް. އިންސާނުން އަދި ޅަޖީލު ހަލާކުކޮށް މަގުފުރެއްދުމަށް ﷲ ހަރާމްކުރެއްވި ކަންކަން ކުރާ މީހުންނަކީ ނަޖިސް ބައެއް.

        17
  3. އަހާލީ

    ބަލި މީހުންތަ އަބަދުވެސް ޖަލަށް މިލަނީ...

    43
  4. ކާފަބޭ2020

    ޖަލަކީ ފައިވްސްޓާފެންފަރުގެތަނެއްކަމަށްހީކޮށްތޯ އެއެއްމިއެއް ނުބަލާ އަތުޖެހުނުހާއެއްޗެއްބޮމުންދުވީ؟

    47
    1
  5. ބަބޫ

    ދެން ވީ ކަލޭ ނެރެފަ މީހުންގެ މަލާމާތުން ސަލާމަތްވާގޮތަށް ގާނޫނެއްހަދާ ވަށައިގެން ބޮޑަިގާޑުން ލައި ކަލޭ ހަކުރު ވިއްކަން ނެރެންތަ. ތިކަހަލަ އެއްޗެހިންނަށް ހައްގީ ޖަލުގޮޅި. ދެން ތިތާ އޮވޭ. 5 ތަރީގެ ހޮޓަލެއްގަ އޮތް ނަމަތާ މީހުން މަލަމާތް ނުކުރާނީ

    43
    2
  6. ދަރަނި ދަންތުރަ

    މިކަހަލަ މީހުންނަން ތަރިންނޭ ކިޔަން ލަދުނުގަނޭތަ؟ ދިވެހިރާއްޖޭގައި ފިލްމު ސްޓާރުން އުޅޭތަ ؟ ކޮބައިތަ ޕްރިޓީ ރޫމީ ؟ އިނދެ ވަރިކުރުމާ ، މަސްތުވާތަކެތި ބޭނުންކުރުމާ ވިއްކުމާ އެއްޖިންސުން ގުޅުން ހިންގާ މީހުން ، މިފަދަ މީހުންތަ ރާޢްޖޭގެ ސްޓާރުން ނަކީ ބޯ ހަލާކުވެދާނެ

    58
    • ޙަމްދޫން

      ދެން އޮނައަޑުއެހުމެއްގަ ތިޔާމީހާ މާލޭބަންދަށް ދޫކޮށްލާނެ ދެން ފަޑިޔާރު ގެޔައްގެންގޮސް ހުކުމްއިވާ ނިންމާލާނެ މީމިފަޑިޔާރުން ހަދާ އެއްޗަކީ، ކުރިން ބޭރުން އާއަންހެން ކުޖަކު ފޮށީގަ ތިޑްރަގްސް ހުރެގެން އޭނަގެ ލޯބިވެރިޔާ ބުނެގެން ގެނައީމޭ ބުނީމަވެސް ދޫކޮށްލީ އެކަށީގެން ވާވަރުގެ ހެކި ނެތީއޯ

  7. ޗަކޮ

    "ހުނޫގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަ ކުރާ ކަމަށާއި އަދި އޭނާ ބަލިވެގެން ފަރުވާއަށް އެދުމުން ވެސް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ނުދޭ ކަމަށެވެ."
    ފުރައްސާރަ- މަސްތުވާ އެއްޗެސް ވިއްކީމަ ކަމަނާއަށް ތައުރީފުތޯ ކުރަންވީ
    ބޭސްފަރުވާ- ވިއްކީމާ މުޖުތަމައުގައި އެ ބޭނުންކުރާ މީހުން ބަލި ނުވާނެތޯ

    16
    1
  8. ޚިސް

    .އެހެންތަ މީނަހުންނަން ޖެހެނީ ހޮޓެލް ޖެންގެ ކޮޓަރި އެއްގަތަ..

    12
  9. ސަމްސިއްޔާ

    ހަމަ އެއްކަމެއްވެސް ނުވާލެ. ކޮބައި މަލް، ކޮބައި އަސްރާ؟؟ ހަމަ ދޫކޮށްލާނީ، ކޮންމެސް މީހެއްގެ ނުފޫޒުން. މިގައުމުގައި ދުވަހަކުވެސް އަދުލް އިންސާފު ޤާއިމެއް ނުކުރެވޭނެ. ކުށުގައި އަދަބުލިބޭނީ ހަމަ އެކަނި ނިކަމެތިންނަށް.

    17
  10. rOyalq jareema

    please be with lamha

    1
    5
  11. ޭއިބުރޭ

    މިދެން ތަރިންނޯ. އައްޗީޑި ބޮޑު ކުރިޔަށް.

  12. Anonymous

    ވަގުތު ނޫސް ގެ މައިގަޑު މަސައްކަތަކީ މިކަހަލަމިހުން ޕްރޮމޯޓު ކުރުން

    11
    4
  13. އިސްޢާފް ސަލީމް

    ޔާމީން ފިޔަވައި ، ތަޙްޤީޤުހިންގޭ ، ޖަލަށްލެވޭ އެންމެންނަކީ ބަލިމީހުންނެވެ. މައިބަދަނެތް ، ލޮލަށްނުފެންނަ ، އުނުގަނޑުބިނދި ، މިހެންގޮސް

    15
    2
  14. މުޙައްމަދު

    މީނަ މަސްތުވާތަކެތި ބޭނުންކުރާއިރު މީނަގެ މައިންބަފައިންނާ ޢާއިލާގެ މީހުންނަށް އެކުރަނީ ފުރައްސާރަ ނޫންބާ. ހަމަ ކުށްވެރިވާއިރަށް 5* ޚިދުމަތް ދޭންޖެހޭ މީން ކޮންމެ މުޖުރިމަކަށް ނޫނީ ކުށްވެރިއަކަށް. މިމީހުންނަށް ހީވާކަހަލަ ފަހަތަށް ވެރި އައިމަ ތިމަންނަވެސް މީ ވެރިއެކޭ.

    15
  15. ސސ

    މަސްތުވާތަކެތީގެ ވިޔަފާރި ކޮއްގެން ސާބިތުވެގެން ޖަލައް ލެވޭ މީހުންނައް އޮންނަންޖެހެނީ 2 އިރު ކާން ދިނުމާއި ދެން ނިދާނެ އެނދުގަނޑަކާއި ފާޚާނާކޮއް ހަދާނެ ގޮތަކާއި އަންނައުނު ކޮޅެއްގެ ހައްގު އެކަންޏެެވެ. ދެން އިތުރު ހައްގުތަކެއް ދޭނެކަމެއްނެތް. އިތުރު ހައްގުބޭނުންވާމީހުން އެ ކުށާއި ދުރުގަ ތިބެންވީ. ޖަލަކީ ރިސޯޓަކަށް ނުވަތަ ގެސްޓްހައުސް އަކަށް ވާންޖެހޭތަނެއް ނޫން. އެތާގެ ފާރުތަކުގަ ދަވާދުވެސް ލާނެކަމެއްނެތް.

    13
    1
  16. ޝީޒާ

    ޖަލުގައި މޭކަޕް ކުރަން ނުލިބޭތީވެސް ޝަކުވާކުރާށެވެ.

    13
    1
  17. ބުރުގާ

    އަންހެނަކު ޖަލައްލައިފިއްޔާ މި ދިވެހިންގެ ލޮލައް ނިދިވެސް ނާންނާނެ. އޭނައައް ފުރައްސާރަކުރާ ހިތުން މިބައިގަނޑު ތިބޭނީ ހޭބަލިވެފަ.

    2
    6
  18. ައަލީވަހީދު

    ތިޔަވާނީ ހުނޫ ފްރޭމް ކުރިކަމައް ބަޔަކު ދުރާލާ ރާވައިގެން