މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބޭނުންކުރަމުންދާ ހުރިހާ ސޮފްޓްވެއާތަކެއް އީއާރުޕީ ސިސްޓަމަކުން ގުޅާލައިފި އެވެ.

އީއާރުޕީ ސިސްޓަމް ބޭނުންކުރަން ފެށުމުގެ ގޮތުން ރޭ ހޮޓެލް ޖެން ގައި ވަނީ ހާއްްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެމްޕީއެލްގައި މިހާރު ވަރަށް ގިނަ ސޮފްޓްވެއާތަކެއް ބޭނުންކުރަމުންދެ އެވެ. އޭގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓް ސޮފްޓްވެއާ އާއި ބަނދަރު މަތީގައި ބޭނުންކުރާ ސޮފްޓްވެއާގެ އިތުރުން ޕްރޮކިއުމަންޓްގެ މަސައްކަތްތަކަށް ވެސް ހާއްސަ ސޮފްޓްވެއާތައް ބޭނުންކުރެ އެވެ.

އެމްޕީއެލްއިން އޮރެކަލް ކްލައުޑް އީއާރުޕީ ސިސްޓަމް އިފްތިތާހް ކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އީއާރުޕީ ސިސްޓަމް ގާއިމްކޮށް ބޭނުންކުރަން ފެށުމުން މި ހުރިހާ ސޮފްޓްވެއާތައް ހުންނާނީ ގުޅިފަ އެވެ. އެމްޕީއެލްއިން ބޭނުންކުރަން ފެށީ ގޫގަލްގެ އޮރެކަލްގެ އީއާރުޕީ ކްލައުޑް ސިސްޓަމެކެވެ.

މިއީ އެމްޕީއެލްގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތުގެ ދަށުން ޕޯޓުގެ މަސައްކަތްތައް އަވަސްކޮށް ކުންފުނިން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ލުއިގޮތްތަކެއް ހޯދައިދީ މިހާރަށް ވުރެ އެފިޝެންޓް ގޮތްތަކެއްް މަސައްކަތް ކުރުމަށް ފެށި ކަމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން އޮރެކަލް ކްލައުޑް އީއާރުޕީ ސިސްޓަމް އިފްތިތާހް ކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ސޮފްޓްވެއާގެ ސަބަބުން ކުންފުނީގައި ހިންގާ އޮޕަރޭޝަންތައް މޮނީޓާކޮށް އަދި ޕްރޮގްރެސް އަޕްޑޭޓްތައް ހޯދަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްބެ

    ތިއީދެން ގެއަކަށް އަލަށް ޓީވީއެއް ކޮމްޕިއުޓަރެއް ގެނައުންފަދަ ކަމެއް ދޯ. މަގޭ ގެއަށް މިއުޅެނީ 100 އިންޗީގެ ކިއުލެޑް ޓީވީއެއް ބޭންކުން ރިބާ ލޯނު ނަގައިގެން ގަންނަށް ދަރިސޮރު ހިތާނުކުރަންވާއިރަށް. މީތި ޚަބަރުގައި ޖަހައިދޭތި.