މާލެއަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުން މުހިއްމު ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން ރޭ ފަތިހުން ފެށިގެން ކަރަންޓް ކެނޑި ވަނީ ގިނަ އިރުތަކެއް ވަންދެން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ. މިއަދު ހެނދުނު މުޅި މާލެ އިން ވެސް ކަރަންޓް ކެނޑުނެވެ. އަދިވެސް ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިފައެއް ނުވެއެވެ.

ކަރަންޓް ކެނޑުމުން ގިނަ ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. "މޮނޮޕޮލައިޒް" ކުރެވޭ ގޮތަށް އަސާސީ ޚިދްމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ޙައްޤު މިންވަރެއްނޫން ކަމަށާއި އަދި އިންސާފެއްވެސް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ޓްވީޓްގައި ވަނީ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެއީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މާއްދާގެ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ.

ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން ކަމަށެވެ. ފީޑަރުގައި 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ ކަމަށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

އަދި 8 ވަނަ ފީޑަރަށް ދިމާވެފައިވާ މައްސަލަ ދެނަގަނެވި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯގެ ޓްވީޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަމްދު ޒާހިރު

    މުއިޒު މިހާރު މޮޔަ ގޮވަނީ ތަ؟

    13
    17
    • ޢަގީ

      މުއީޒުމެން ވެރިކަމުގަ ހުރިނޫންތޯ ފާތުމަ ހަކަތަ އަދި ފާތުމަ ނަރުދަމާ ވެރިއަކަށްހުރީ ފިނިފެންމާ ސައީދު.

      5
      9
  2. އަޗާ

    ވަރަށް ރަނގަޅު ވާހައެއް

    22
    2
  3. ސުވޭބު

    💯 ކައިގެ ހިޔާލެއް... ދިރާގު ހެދިގޮތް ހަދަން ފުރުސަތު ނުދިނުން ރައްޔިތުން އަށް ފައިދާ ވާނެ !

    16
    2
  4. ބޭހޮއްކޮ

    ވަރަށް ބުއްދިވެރި ވާހަކައެއް. ތިޒާތުގެ ހިދުމަތެއް ރާއްޖޭގައި ފޯރުކޮށްދޭން ބޭރުގެ އިންވެސްޓަރުން ހޯދުމަށް ސްރީލަންކާގެ އަންގޮޑާގައި ހުންނަ މެންޓަލް ފެސިލިޓީ އަށް މުއިއްޒު ޒިޔާރަތްކޮށް މަޝްވަރާ ކުރުން އަދި މާބުއްދިވެރިވާނެ.

    5
    7
  5. ޜާ

    ޢަދުރޭ އާ ހަވާލުކުރޭ. ÷ޕާކިން ސްލޮޓް ހަވާލުކުރާހެން.

    2
    5
    • ޢ time

      މުއިއްޒުމެން ޥެރިކަމުގަ ތިކަންކުރަން ފަސޭހަވިސްދޯ…މީހާރު ކީޚުރަންތިއުޅެނީ😡

  6. މެޑަމް ފާތުން

    މުއިއްޒުމެންގެ ބައޯގޭސް ފުޅިފުޅިއަށް އަޅާފަ އެއިން ކަރަންޓު އުފެއްދުމަށާ ކެއްކުމަށް ބޭނުންކުރަންވީ

    2
    5
  7. ކަޅުހުއްތު

    ދެން މާލޭ ސިޓީ ކައުންސިލުން މުޅި މާލެއަށް ކަރަންޓު ދެގަ.

    2
    3
  8. Anonymous

    މުއިއްޒުމެންގެ ވެރިކަމުގަ ދަޢުލަތް ލޫޓުވާނުލިނަމަ ބެކަޕް ސިސްޓަމެއްގެ އިތުރުން ސޯލާ ހަކަތައިން މުޅި ދިވެހިރާއްޖެއަށް ކަރަންޓުދެވޭވަރު ކުރެވުނިސް

    4
    7
  9. ތޫތުކުޅި

    "މުއިއްޒުވުން" މިބަސް ދިވެހި ރަދީފައްލުން މުހިއްމު

    4
    4
  10. ޡުލްސާ

    ސަރީފުގެ ދުއްޕާންޖެހިފަ މޮއޮތީ އޭނަ ވީ ޕީއެސް އެމްއައްލާން ރިލަވަންޓްވާންވެގެން މުޅިމާލެއިން ކަރަންޓު ކަނޑާލިމި މިއީ ދުއްޕާންކޮށްގެން މީނަ ޕީ.ޢާރު ޖައްސަންވެގެން މުސީބާތެއް

    3
    1
  11. އައި. އާރު.

    މުޢީޒް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެއްވެސް ކަމެއް ނުވިސްނުނު ދެއްތޯ!

    3
    5
  12. މުކިޒު

    މާލޭސިޓީކަމުންސިލަށްވެސް ރައީސަށާއި މެމްބަރުންނަށް ދެވަނަ އަދި ތިންވަނަ ފަރާތެއްވެސް ބޭނުންވޭ...!

    1
    3
  13. އަޙްމަދު

    ތީ ހެޔޮނިޔަތެއްގަ ދެއްކި ވާހަކައެއްކަމާއިމެދު ސުވާލު އުފެދޭ. 5 އަހަރު ލިބި ކީއްވެ ތިހާ މުހިއްމު ކަމެއް ނުކުރީ؟

    3
    5
  14. ގލ

    މާލޭގެ ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމުތައް ވީހާ
    އަވަހަކަށް ސިޓީކައުންސިލާއި ހަވާލްކުރަން ތާއީދު ކުރަމެވެ
    އެކަމުގެ ސަބަބުން ފެނާޢި ކަރަންޓަށް، ރައްޔިތުން ކުރާހޭދަ
    ކުޑަކުރެވިގެން ދާނެތީއެވެ.

    6
    1