ޓެކްސީތަކުން ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އޮންލައިން އެޕްލިކޭޝަންތައް އެ ހިދުމަތް ދޭ ފަރާތްތަކުން ގަސްދުގައި ޑައުންކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ އެގޮތަށް ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިޔުމުން ހުށަހެޅުއްވި ސުވާލަކަށް ނަހުލާ ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މާލެއާއި ހުޅުމާލެ އިން ޓެކްސީ ހޯދަން އާންމުންނަށް ދަތިވާތީ ފަސޭހަކަމާއެކު އާންމުންނަށް ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދިނުމަށް ރިޔާޒްގެ ސުވާލުގައި އެދިވަޑައިގެންފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ނަހުލާ ވިދާޅުވީ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން އެޕްލިކޭޝަންތައް ޑައުން ކުރުމުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހަޅާ ކަމަށާއި އެކަން ނުކުރަން ސެންޓަރުތަކަށް އަންގާފައިވާ ކަމަށެވެ.

އަދި ޓެކްސީ ޑްރައިވަރުން ދަތުރު ނެގުމުގެ ކުރިން ފަސިންޖަރުން ދާން ބޭނުންވާ މަންޒިލް ނޭނގޭނެ ގޮތަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރަން ވެސް އަންގާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އަދި ހިދުމަތްދޭ އޮންލައިން އެޕްތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއަށް ފެންނަން ހުންނަން ޖެހޭ މައުލޫމާތު އަޕްޑޭޓްކުރުމަށް އެޕްލިކޭޝަންތައް އޮޕަރޭޓްކުރާ ސެންޓަރުތަކަށް ވަނީ އަންގައިފަ އެވެ." ނަހުލާގެ ޖަވާބު ގައި ވެއެވެ.

އެޕް މެދުވެރުކޮށް އަގުބޮޑުކޮށް ޓެކްސީ ޑްރިއިވަރުން އަގުބޮޑުކޮށް ދަތުރުކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރައްވައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންފައްތަ

    ޓެކްސީ ޚިދުމަތް ރާއްޖޭގައި ރަނގަޅަކަށް ނުދެވޭ. ތަފާތު ސަބަބުތައް އެބަހުރި. މާލޭގެ މަގުތަކުގެ ހާލަތު ގޯސްވުން. ޓެކްސީކުރާ މީހުން މަސައްކަތްކުރަންޖެހޭ ވަކި ވަގުތެއް ކަނޑައެޅިފައި ނެތުން. އެމީހުން މޮނިޓަރ ކުރާނެ ފަރާތެއް ނެތުން. ހިތަށްއެރީމަ ދަތުރެއް ކޮށްލާގޮތަށް އޮތުން. ވިއްސާރަވެއްޖެނަމަ ދަތުރަށް ނުނިކުތުން. ހައްލުކުރުމަށް މިނީބަސް ނެރެންވީ.

    4
    1
    • ބޮޑުވަޒީރު

      އަވަސް ރައިޑް އެޕުން ދަތުރުނެގީމަ މުޅިންވެސް ޕްރައިވެޓް ކާރު އަންނަނީ! ޓެކްސީތައް މުޅިންވެސް މަގުމަތިން ދަތުރުނެގުމުގަ! ޓެކްސީ ސެންޓަރަށް ކާރެއްހޯދަން ގުޅިޔަސް ފޯނެއް ނުނަގާ! ކީއްކުރާ ސެންޓަރުތަކެއްބާއޭ ހިތައްއަރާ! ހުރިހާ ޓެކްސީ ސެންޓަރުތައް އުވާލާފަ އެޕްލިކޭޝަން ހިންގުމަށް އެމްޓީސީސީ ކަހަލަ ސަރުކާރުގެ ހިއްސާއޮންނަ ކުންފުންޏަކާ ހަވާލުކުރުން މާރަނގަޅުވާނެ!

  2. ނަޝީދު

    އަޅުމަސައްކަތް ތޯ

  3. ޖާބެ

    މިކަންވެސް ސަރުކާރުން ކުރަންވީ ، ހުރިހާކަމެއް ސަރުކާރުން ރައްޔިތުން ބުއްފުޅިޖައްސާފަ ބައިތިއްބާ މިއޮތީވާ ބަޔަކައް ވެރިކަމެއްލިބިފަ

    4
    1
  4. ގަދަބާރު

    ކަމަނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ހަމަ ފިޔަވަޅު އަޅާނީ. އެކަމަކު ކަމަނާ ކާރުކޮޅުން ދަތުރު ކުރާއިރު ކިހިނެއް ފިޔަވަޅު އަޅާތަން ފެންނާނީ...

  5. ބޮޑުވަޒީރު

    އަވަސް ރައިޑް އެޕުން ދަތުރުނެގީމަ މުޅިންވެސް ޕްރައިވެޓް ކާރު އަންނަނީ! ޓެކްސީތައް މުޅިންވެސް މަގުމަތިން ދަތުރުނެގުމުގަ! ޓެކްސީ ސެންޓަރަށް ކާރެއްހޯދަން ގުޅިޔަސް ފޯނެއް ނުނަގާ! ކީއްކުރާ ސެންޓަރުތަކެއްބާއޭ ހިތައްއަރާ! ހުރިހާ ޓެކްސީ ސެންޓަރުތައް އުވާލާފަ އެޕްލިކޭޝަން ހިންގުމަށް އެމްޓީސީސީ ކަހަލަ ސަރުކާރުގެ ހިއްސާއޮންނަ ކުންފުންޏަކާ ހަވާލުކުރުން މާރަނގަޅުވާނެ!

  6. ހަނީ

    ގަސްތުގަ ވިލާއިން ޕެޓްރޯލް އަގުބޮޑްކޮން ވިކަނީ. އެޅޭނިފިޔަވަޅެ ނެތް މަހުޖަނުންނަ ފިޔަވަލުނަލާ ދެންޓެކްސީ ޑްރަޢިވަރުންނަފިޔަވަޅުއަޅާ