ރާއްޖެއިން މީގެ ކުރިން ފެނިފައި ނުވާ ބާވަތެއްގެ ދޫންޏެއް ކަމަށްވާ "ވައިޓް ސްޓޯކް" ފެނިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފިއެވެ.

އީޕީއޭއިން ބުނެފައިވަނީ އެ ދޫނި ފެނުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ލ. ހިތަދޫއިން ކަމަށެވެ.

ވައިޓް ސްޓޯކް ފިނި މޫސުމުގައި ދެކުނު އިންޑިއާ ސަރަހައްދުގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ. އަދި ލަންކާ އިން ވެސް އެ ދޫނި ދޭތެރެއަކުން ފެންނަ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އަދި މިއީ އެ ބާވަތުގެ ދޫންޏެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

ވައިޓް ސްޓޯކް ކައި އުޅެނީ ކުދި މަންމަލި ޖަނަވާރުތަކާއި، ބޮޑެތި ސޫފާއި ސުއިއްޕެވެ. އަދި، ކުޑަ ރެޕްޓައިލްގެ ބާވަތްތަކާއި މަސްތަކާއި އެހެން ދޫނިތަކުގެ ބިސްތައް ވެސް ކައި ހަދާ ކަމަށް އީޕީއޭއިން ބުނެއެވެ.

ވައިޓް ސްޓޯކްއަކީ މާކަނައިގެ އާއިލާގެ އެންމެ ބޮޑު ދޫންޏެވެ. އޭގެ ހަށިގަނޑުގެ ބޮޑު ބައި ހުދުކުލައިން ހުންނަ ނަމަވެސް، ފިޔަގަނޑުގެ އެއްބައިގައި ކަޅު ކުަލަ ވެސް ހުރެ އެވެ.

ވައިޓް ސްޓޯކްގެ އާބާދީ މިހާރު މަދުވެފައިވާއިރު .އެ ދޫނި އެންމެ ގިނައިން ދިރިއުޅެނީ މިހާރު މި ދޫނީގެ އެންމެ ބޮޑު އާބާދީއެއް އުޅެނީ ސްޕެއިން، ޕޯޗުގަލް އަދި ބޮލްޓިކް ސަރަހައްދުގަ އެވެ.

މި ފަހަކަށް އައިސް ރާއްޖެއިން ކުރިން ނުފެންނަ ބާވަތްތަކުގެ ދޫނިތައް ދަނީ ފެންނަމުންނެވެ. އެގޮތުން ވަރަށް ފަހު ވަނީ ރާއްޖެއިން ފްލެމިންގޯ ދޫނި ވެސް ފެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެހެންދީ

    ތިތާ އުޅޭ ގޫގުލް ކުދިންނަށް އާކަމަކަށް ވެދާނެ….ކުރީގަ ދޫނި ހިފަންއުޅުނު ކުދިންކައިރީ އަހާބަލަ….

  2. ގުޑުގުޑާ

    ކުރިންވެސް ފްލެމިންގޯ ފެނިފަހުރީ

  3. ސަމްކުޅިބޭ

    މީގެ ކުރިންވެސް މީގެ ދޫނި މިރާއްޖޭން ފެނިފައިވޭ. އީޕީއޭ އަށް މިވައްތަރު ދޫނި މިރާއްޖޭން ފެނުނު ފުރަތަމަ ފަހަރުކަމަށް ވެދާނެ.

    10
  4. ކިސް

    ނެތިގެން ދާ ހުރިހާ އެއްޗެއް ރާއްޖެއިން ފެންނާނެ؟؟

  5. ފެެފރއެދެ

    ތިއީ އިރުވާހުދުގެ ޕައިޑެއްނު

    3
    1
  6. އާދަންބެ

    އުތީމު ތުނޑިމަތީގަ މުހައްމަދު ހިފަން އުޅުނި ތިފާޑުގެ ދޫންޏެއް ނޫންތަ؟

  7. Anonymous

    އަނެއްކާ އަވައްޓެރި ދޫންޏެއް ބާ
    އެމީހުންގެ ދޫނިތައް ވެސް ރާއްޖޭގައި ވަޒަންވެރި ވަނީބާ. މިވެސް ތިމަންމެންގެ ޤައުމޭ ކިޔާފައި

  8. ޔޯ

    ތީ ކޮންމެ އަހަރަކު ލާމު އަތޮޅުން ފެންނަ ދޫންޏެއް

  9. ޖަގޭ

    ދެން ތި ދޫނިވެސް ދޫނި ރޯގާއޭ ކިޔާފަ ހިފާ ހައްޔަރުކޮށްފަ މަރާލާ. ވަރެއްގެ ސަރުކާރެއް މިީ

    1
    1