ހައިރައިޒް ކުންފުނިން އިންތިޒާމްކޮށްގެން ބާއްވަމުންދާ "ދަ ފުޑް އެންޑް ބެވެރަޖް ޝޯވ" ފަށަން ތައްޔާރުވެއްޖެއެވެ.

އެފްއެންބީ ޝޯވ މި އަހަރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިއީ ހައިރައިޒުން އެފްއެންބީ ޝޯ ބާއްވާ ފަސް ވަނަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ޝޯވގައި ދިވެހި އަދި ބައިނަލްއަގްވާމީ ބައިވެރިން ހިމެނޭހެން ރެސޯރެންޓްތަކުންނާއި ހޮޓާ، ގެސްޓްތައުސްތަކުންނާއި ލިވަބޯޑުތަކުންނާއި، ރެސްޓޯރެންޓުތަކުގެ އިތުރުން ފުޑް އެންޑް ބެވަރެޖް ދާއިރާގެ ހޯލްސޭލަރުން ބައިވެރިވާނެއެވެ. އޭގެ އިތުރުން ކަލިނަރީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެކަމަށްވެސް ހައިރައިޒުން ބުނެފައި ވެއެވެ.

މިއީ ފުޅާދާއިރާއެއްގައި މި ދާއިރާ އެކުގައި އެއްތަނަކުން ފެނިގެންދާނެ ބޮޑު ޝޯވ އެއް ކަމަށް ހައިރައިޒުން ބުނެފައި ވެއެވެ.

މި ހާއްސަ ޝޯވގައި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި ހާއްސަ ޑިސްކައުންޓްތަކާއި ކާ އެއްޗިހިގެ ރަހަ ހިލޭ ބެލޭނެ އިންތިޒާމްތައްވެސް ޝޯވގެ ތެރޭގައި އޮންނާނެއެވެ.

އެ ޝޯގެ ޕްލެޓިނަލް ޕާޓްނަރަކީ ނެޓްސްލޭ ޕްރޮފެޝަނަލްއެެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ވިލާ ޓްރޭޑިން، އެސްޓީއޯ، މޯލްޑިވްސް ގޭސް ހިމެނެއެވެ. އަދި ސަޕޯޓަރިން ޕާޓަރުންގެ ގޮތުގައި ނުވަ ކުންފުންޏެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު