ކ. އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅަށް ބޯޓަކާއި ބާޖެއް އަރާ ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ނިންމާފައި ވާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

“މުތާ ރޯޔަލް”ކިޔާ ޓަގު ބޯޓާއި“މުތާ ގްރޭސް”ކިޔާ ބާޖު ފުށިދިއްގަރު ފަޅަށް އަރާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ އުޅަނދުތައް ނަގާފައިވަނީ 19 މާރޗު 2017 ގައެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް "ވަގުތު"އަށް ވިދާޅުވީ މިހާރު ކޯޓަށް ދިއުމަށް ބޭނުންވާ ހުރިހާ ލިއެކިއުންތަކެއް ނިމިފައިވާކަމަށާއި ވަރަށް އަވަހަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ފުށިދިއްގަރު ފަޅަށް ބޯޓަކާއި ބާޖެއް އެރި މައްސަލާގައި 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހެދި ސާވޭއިން ދައްކާގޮތުން އެފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެއެވެ. މިސާވޭގެ މަސައްކަތް ނިންމާފައިވަނީ 18 ސެޕްޓެމްބަރު 2017 ގައެވެ. އެއަށްފަހު އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިމް

    ތި ބާޖާއި ބޯޓު ވީ އަދިވެސް ރާއްޖޭގައި ތޯ؟ ނުވަތަ ބައެއްގެ ނުފޫޒާއި ރިޝްވަތު ފައިސާއިން މިހާރު ފުރުވާލީ ތޯ؟

    • ރަސީދު

      މާ ކުރީގަ އެދޭތި ވަނީ ފުރައިގެން ގޮސްފައި
      ތިފައިސާ ސަރުކާރަށް ދައްކާނީ އިންޝިއުރެންސް ކުންފުނިން