އެލައިޑް އިންޝުއަރެންސް ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ހަނދާނުގައި މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމުން ފެހުރިއްސަކަށް އޭނާގެ ނަމުން ނަން ދީފިއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި 15 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ޑާޑި ނިޔާވެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ.

މޯލްޑިވްސް ވޭލް ޝާކް ޕްރޮގްރާމްގައި ވަނީ، ރާއްޖޭން މިދިޔަ އަހަރު ފެނުނު ފެހުރިއްސަކަށް "ޑާޑި" ގެ ނަމުން ނަން ދީފައެވެ. މީގެ ކުރިން އެ މަހަށް ކިޔަނީ 'WS556' އެވެ.

ޑާޑިގެން ނަން ދީފައިވާ އެ ބޮޑު މި ފެހުރިހި އެންމެ ފުރަތަމަ ރާއްޖެއިން ފެނުނީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގައި ކަމަށް އެ ރިސާޗު ޕްރޮގްރާމުން ބުނެފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ 2004 ވަނަ އަހަރުން ފެށިގެން 11 އަހަރުވަންދެން ޑާޑީ އެލައިޑްގައި މަސައްކަތް ކުރެއްވި ކަމެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރެ ޑާޑި ކުރި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600"އެވެ.

މެލޭޝިއާގައި ދިރިއުޅުއްވަމުން ދަނިކޮށް ޑާޑި ނިޔާވެފައި ވަނީ މި އަހަރު ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޑާޑީ ނިޔާވިއިރު، އުމުރަކީ 38 އަހަރެވެ.

ޑާޑީ ނިޔާވިއިރު، ހުންނެވީ ދިވެހި ޑިވަލޮޕަރުންތަކެއް އިސްކޮށް ތިބެ އުފައްދާފައިވާ ލޮޓީފައިލްސްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައެވެ.

ޑާޑިގެ ބައެއް ހިދުމަތްތައް

ލައިފް ސްކިލްސް ދަސްކޮށްދޭ މެލޭޝިއާގެ ޕްލެޓްފޯމެއް ކަމަށްވާ "މައިންޑް ވެލީ" ގެ ސީނިއާ ޕްރޮޑަކްޓް މެނޭޖަރުކަމާއި ހެޑް އޮފް އިންފްރާސްޓްރަކްޗާ އެންޑް ސެކިއުރިޓީގެ މަގާމު އަދާކުރި.

- އެމްއެމްއޭގައި މޮބައިލް ފޯން ބޭންކިން ޔުނިޓްގެ އެސިސްޓެންޓް މެނޭޖަރުކަން ކުރި.

- ދިވެހި އިންޝުއަރެންސާއި އެންސިސް ފިޝަރީޒްގައި އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓްގެ މަގާމު އަދާކުރި.

- އަލަށް މަސައްކަތްކުރަން ފަށާ ޑިވެލޮޕަރުންނަށް އެހީވުމަށް ހިލޭސާބަހަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށްވާ ކިކްސްޓާގައި އިސްކޮށް އުޅުނު.

- "އޭންޖަލް ހެކް" ގެ ނަމުގައި ރާއްޖޭގައި ހެކަތޯންއެއް ބޭއްވި.

- ސައިންސަށް މުޖުތަމައު ހޭލުންތެރިކުރުވަން އުފެއްދި "ސައިންސް އެންމެނަށް" ޖަމިއްޔާގެ އިސް ވޮލަންޓިއަރެއް.

- އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ސްޓާޓްއަޕް ވީކެންޑުގެ ނަމުގައި ހަރަކާތެއް ބޭއްވި.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާކަނި ސައްތާރު

    ކުރި އަމަލެއްގެ ހެޔޮ ކަމެއް އޮތީ..
    ޖަނަވާރުންގެ ނަން ތަކުން ނަންދީގެން ވާ ފައިދާ އެއް ނެތް

  2. ސސ

    ޢައިރު މުސްލިމުންގެ އާދަކާދައާއި ވައްޓަފާޅިއާއި ދުރުވާން މަސައްކަތް ކުރަން އެބަޖެހޭ. އިސްލާމް ދީނުގައި އިންސާނާ މި ދުނިޔެ ދޫކުރުމަށްފަހު ދިރިތިބީންނައް އޭނާއަށްޓަކައި ކުރެވިދާނެ ކަންކަމާއި އިންތައް ވަނީ ލައްވާފައެވެ. އިސްލާމް ދީނާއި ބީރައްޓިހި ކަންކަން ނުކުރުމަށް ގޮވާލަން.

  3. ލާމު

    ފެހުރިއްްސާ ޑާޑިއާ ހުރީ ކޮންގުޅުމެއް.

  4. ށުމަން

    ތިކަން ބަލައެއް ނުގަނެވޭނެ.! ތިގޮތަށް ނަންދޭން ޖޭހޭނަމަ ތިކަމަށް މާ ޑިޒާވް ތުއްތު ކުދިން ނާ ބޮޑެތި މީހުން ވެސް އެބަތިބި ނިޔާވެފަ! ޙަމަ ތިމާ މެންގެ ބާރު އޮތީމަ ތިމާ ރައްޓެހި މީހާގެ ނަން ޖަހަން؟؟؟