ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފެލެޓްތަކުގެ އެތެރޭގައި އިރުއޮއްސި 6:00ގެ ފަހުން މަސައްކަތް ކުރުން އެޗްޑީސީން މަނާ ކޮށްފިއެވެ.

އެޗްޑީސީން މިގޮތަށް މަނާ ކޮށްފައިވާއިރު، އެ ފްލެޓްތަކުގައި ރޭގަނޑު ގަޑީގައި މަސައްކަތުގައި ބައެއް ފަރާތްތަކުން އުޅެއެވެ. އަދި މަސައްކަތް ކުރާވަގުތު އަޑުގަަދަވެއެވެ.

އެޗްޑީސީން މިއަދު ބުނީ، ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ، ފްލެޓްތަކުގެ އެތެރޭގައި މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެހެންކަމުން ފްލެޓްތަކުގައި މަސައްކަތް ކުރާއިރު ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފައެެވެ. އަދި މަސައްކަތް ކުރާއިރު، އެހެން ފްލެޓްތަކަށް ދަތިނުވާނެ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަރަަސް

    މާލެގަ ވަރިހަމަ މެންދަމުން އަލިވް 2 ޖަހާއިރުވެސް ޕަވަރޑްރިލް ޖައްސަން.

  2. މަރީނާ

    އާންމުން އުޅޭ އެހެން ތަންތަނުގަވެސް ހަމަ ތިގަވާއިދު ހިނގަން ވާނެ. ޢެންމެންނަކީ ވެސް އިންސާނުން

  3. ބޯހަރު

    ސްޓެލްކޯއިން އީސީ ސަރީފު އެނގީތަ..؟

    1
    2