މާލޭ ސިޓީގައި ކަދުރު ރުއް އިންދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ކަދުރު ރުށް އިންދުމުގެ ހަރަކާތަކީ އެއީ "އެއްލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން މާލޭގައި ފުރަތަމަ ކަދުރު ރުއް އިންދަވާދެއްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލޭގައި "އެއްލައްކަ ގަސް" އިންދުމުގެ މަޝްރޫއަކީ މާލެ އަކީ ފެހި އަދި ހިތްފަސޭހަތަނަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަސްތަކާއި ރުއް އިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.

މޭޔަރު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ކައުންސިލްގެ ސިޓީ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ އަންނަން ވާއިރަށް މާލޭގައި އެއްލައްކަ ގަސް އިންދައި ނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ތީސަޅިކަމެއް

    ތީތި ސަޅި

  2. ޙެހެ

    ދެން ކަދުރު އަގުހެޔޮވާނެދޯ..

  3. ސަ

    ސަޅިކަމެއް.

  4. ޣަހުމަދު

    ޢެކަމަކުވާދޯ އަޅެކުރާނެ ކަމެއްނެތިއްޔާމާލެމަގުމަތިން ކުނިކަހާބަލަ މުއިއްޒު

  5. Anonymous

    އެންމެ ރުކެއްތަ

  6. ބީތާވެދާނެ

    އެމްޑީޕީ އިން އިންދީމަ ސިހުރޭ ކިޔާފަ ރުއްތައް ކެނޑުވި މީހުން މިހާރު ތިއިންދަނަި ކޮންއެއްޗެއް..

  7. އަލީ

    ތިރުއްތަކުން ކާއެއްޗެއް ލިބޭނެ ކަމަށް އުނމީދު ކުރަން...

  8. ދުރުމީ

    ވެރިކަން ވެއްޓެން ކައިރިވީ. ޢިބްރާހިމާ ވިސްނާތި މިކަމާ

  9. ލުލު

    އަންނަ އަހަރު އިރާދުކުރެއްވިއްޔާ ސައުދީ އަށް ކަދުރުދޭނީ ރާއްޖެއިން

  10. ލާހި

    ގަހުން ގަހުގެ މޭވާއިން އިންސާނުނަށް ކޮންމެސް ފައިދާއެއް ލިބޭނެ ކަހަލަ ގަސް އިންދުން ބުއްދިވެރި !

  11. Anonymous

    އެހެންވީމަ ދެން ސައުދީން ރާއްޖެއަށް ކަދުރު ދޭކަށް ނުޖެހޭނެ ދޯ.

  12. މައި

    ދެން ކީވެހޭ ހުރިހާ ފެންފޯއް ރުއްތަކެއް ކަލޭމެން ނެގީ؟

  13. ނުނން

    ކަދުރު ރުށް އިންދާނީވެސް ތިވެރިން އަދި ކަޑާނީވެސް ތިވެރިން

  14. db_a54597_ello

    ަސދަދ

  15. ކެންދޫ

    އަންނަ ރޯދަ އައް ސައުދީން ގެން ނާކައް ނުޖެހޭނެ

  16. ދިދީ

    މިހާރު ކޮބާ ފެންފޯރުއް ސަރުކާރު؟؟