ގދ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ގދ. ލޮނުދުހުއްޓާގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

"އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުން" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގދ. ލޮނުދުހުއްޓާއަކީ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށި ނަމަވެސް މިހާރު މަސައްކަތް ހުއްޓިފައި އޮތް މީހުން ދިރިނޫޅޭ ރަށެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ މަސައްކަތް ހުއްޓުނުއިރު ރިސޯޓެއް ހުޅުވަން ކުރަން ޖެހޭ މަސައްކަތުގެ %60 ވަނީ ނިމިފައެވެ.