އިންޑިއާ އައުޓް ދިދައެއް ހިފައިގެން ތިބި ދެމީހަކު ހައްޔަރު ކުރުމަށް ދިޔަ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންގެ ވެހިކަލެއް ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެސްއޯ ފުލުހުންގެ ވެހިކަލެއް ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ޖެހުނީ ޗާންދަނީމަގާއި އިސްކަންދަރު މަގު ގުޅުނު ކަންމަތިން ކަމަށެވެ.

"އެސްއޯ ފުލުހުންގެ ވެހިކަލް އެސަރަހައްދަށް ދިޔައީ އެތަނުގައި އިންޑިއާ އައުޓް ދިދަ ހިފައިގެން ދެމީހަކު ތިބި ކަމުގެ މައުލޫމާތު ލިބިގެން އެމީހުން ހުއްޓުވަން" މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި ސުވާ؛ލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އާއްމުކޮށް ހުރިހާ އެކްސިޑެންޓްތަކާއި ގުޅޭ ގޮތުން ވެސް ފުލުހުން މީޑިއާއަށް މައުލޫމާތު ދެއެވެ. ނަމަވެސް އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ދިޔަ ފުލުހުންގެ ވެހިކަލް ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ނުދިން ސަބަބެއް ސާފެއް ނުވެއެވެ.

އިންޑިއާ އައުޓް ހަރަކާތްތަކަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ރައީސް ސޯލިހް ރިޔާސީ ގަރާރަކުން ކަނޑައަޅުއްވައި އެމަނިކުފާނު ވަނީ އެހަރަކާތް ހުއްޓުވަން ސަލާމަތީ ބާރުތަކަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހޯޑެއްޑޫ

    ދުއްވަން އިން މީހާ ޔޫރިން ޓެސްޓް ހަދާށޯ ފަހްރި އިންބެ ބުނީ

  2. އަހުމަދު

    ސުވާލަކި ތި އެންމެން ގެ ސައިކަލު ހަދާދޭނެތޯ

  3. އެމްޑީ

    ހީވޭކަމެއްހެން..... ޕޮލިހުންގެ ހިއްތަކުގާ ގައުމީ ލޯބި ޖައްސަވާންދޭ

  4. Anonymous

    ޢަވަހަށް ބުނޭ ބުނޭ އިންޑިއާ އައުޓު ކަރާމާތްތެރިކަމުން ނޭ

    2
    1
  5. ޔަގޯމާނި

    އެކަމަކުވާ. ތިބުނަނީ އިންޑިއާ އައުޓް ހުއްޓުވަން އުޅުނީމައޭތަ އެކްސިޑެންޓްވީ.
    ތިހެން އުޅެމުން އިންޑިއާ އައުޓްހުއްޓުވަން އުޅުނީމަ ފާފަވެރިވެއްޖެޔޭ ނުލިޔައްޗޭ.
    ބޯހަލާކު.

    • ސަންފަ

      ޢިންޑިއާ އައުޓް ހުއްޓުވަން އުޅުނީމަ އެކްސީޑެންޓް ވިޔެކޭ ނޫން ބުރާންޗާ . ޢެކަން ހުއްޓުވަން ދިޔަ ބަޔަކު ހޭވެރިކަަމެއް ނެތި ބާރުސްޕީޑްގަ ދިޔައިމަ އެކްސިޑެންތްވީ ވާހަކަ. ވާހަކަ އޮޅުވާލަން ޔަގޯމާނި ވަރެއް ހަމަ ނެތް.

  6. ަސދަދ

    ޕޮލިސް އެކަޑަމީ ފިލްމް މަތިން ހަނދާންވަނީ.

  7. ތަބުރޫކު

    އިދިކޮޅު ޙަރަކާތްތައް ހުއްޓުވުމަށް މިހާރު އެސްއޯ ބައެއް ފުލުހުން ނެރެނީ ހަމައިން ނައްޓުވަފަ

  8. މާމީ

    2 އަނަހެނުން ފަހާ ދުއްވީމަ ލަދެއް ނުގަނޭތެ؟ ހަމަ އެވަރައް ތިޔަފަހާ ދުވާމީހުން ފައިސާ ދީފަހުރީދޯ؟

  9. ރަން ރީނދޫ

    އެވެސް ޗައިނާ ސަރުކާރުން ހިލޭ އެހީގެ ދަށުން ދިން ވެހިކަލެއް

  10. މަދަބީ

    ސޯލިހުގެ ސަރުކާރު ލަންކާސަރުކާރުދިޔަގޮތަށްދާނެ ގައުމުބަނޑަށްޖެހި އާންމުރަށްޔަތުން ހާލުގަޖެހޭނެ މިދުވަސްވަނީ ދާދިކައިރީގަ މިހެންވުމުގެކުރިން މިސަރުކާރު ހަމަމަގަށްއަޅުވާ ގައުމުގެ އިގުތިސާދު ހަމަމަގަށްއަޅުވާ ތަކެތީގެ އަގު ކޮންޓުރޯލް ކުރަންޖެހޭ.

  11. ދިރާސާ

    އިންޑިއާ އައުޓް ހުއްޓުވަން ދިޔަ އެސް އޯ ފުލުހުންގެ ވެހިކަލް ދިޔައީ ދިވެހިންގެބަޔަކު އެކަންކުރާތީތޯ އެވެހިކަލް އެކްސިޑެންޓްވީ ދިވެހިރާއްޖޭގައިތޯ މިހެންމިބުނީ ރާއްޖޭގެ
    ވެރިކަންކުރަންއުޅުއްވާއެކަން ނުވިފަރާތަކުން އިންޑިޔާ އާއިދެކޮޅު އެފަދަހަރަކާތްތަކަށް
    ދިވެހިންގެ ތާއީދުނެތްކަމަށް ވިދާޅުވާތީ