ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ ރިޒާވް ހުސްވާ ހިސާބަށް ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އިސްތިއުފާ ދެއްވަން ވެސް ލަދުފުޅު ހާލަތުގައި ކަމަށް އިދިކޮޅުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ބުނުމުން އެކަަމަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ހަރަދުތައް މެނޭޖްކުރުމުގައި ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އާމްދަނީ ހޯދަން ނޭނގި ސިޔާސީ ގިނަ މަގާމުތަކާ ވައްކަމުން މާލިއްޔާ އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

"މިހާރު ރައީސް ސޯލިހު އިސްތިއުފާ ދެއްވަން ވެސް ލަދުފުޅުގެން ހުންނެވި ކަހަލަ. އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ ދަރަނި ނުދެއްކިދާނެ." ޝިޔާމްގެ ޓުވީޓުގައި ވެއެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ އިރު ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމުން ދައުލަތަށް ވަންނަ އާމްދަނީ މަދުވާނެތީ ވެސް އިދިކޮޅުން ސަރުކާރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޖޭޕީމޯގަންގެ ބުނެފައިވާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެއެވެ.

އެއީ އާންމު ބާޒާރުތަކުން ދަރަންޏަށް ފައިސާ ހޯދުމުގެ އަގު (އިންޓްރެސްޓް ރޭޓޫ ފަދަ ކަންކަން) ބޮޑުވަމުން ދިއުމާއި ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި އިތުރުވަމުން ދިއުމާއި ގައުމަށް ވަންނަ ފައިސާއަށް ވުރެ ބޭރުވާ ފައިސާގެ މިންވަރު މަތިވަމުން ގޮސް، އޭގެ ފަރަގު ބޮޑުވަމުން ދިއުމުގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސާސީ ކާބޯތަކެއްޗާއި ތެލުގެ ސަޕްލައި އަށް ބުރޫއެރުމާ އެކު، އެފަދަ ތަކެތީގެ އަގުތައް މައްޗަށް ދިއުމުން ކަމަށް އެ އެނަލިސިސްގައި ބުނެފައި ވެއެވެ.

އެ އެނެލެސިސްގައި ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ 52 ގައުމެއް ވަނީ ހިމަނާފަ އެވެ އޭގެ ތެރެއިން، އަށް ގައުމެއްގެ ރިޒާވް 2023 ނިމޭ އިރު ހުސްވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައި ވެއެވެ.

އެ އަށް ގައުމަކީ ލަންކާ، ރާއްޖެ، ބާހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނާޑާ އާއި އިތިއޯޕިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    މިހާރު ރާއްޖެގެ ރައިސުލް ޖުމްހުރިއްޔާ ފައިސަލް ނަސިމް އާއި މަގާމް ހަވާލުކުރައްވަން ލަދުފުޅުން ކުރީގެ ރައިސް އިބްރާހިމްމުހަންމަދު ސާލިހް ހުންނެވި ކަހަލަ.

    22
    1
  2. 13ވގ

    ތިބުނާ އެގޭ މީހާދަމުންދިޔައީ މަލިއްޔާ ފެންފޮދަކާނުލާ އެކީ މަޅާލައިގެން

  3. ޢަހޫތަ

    ޜިޒާވް އިތުރުކުރަން ނައިފަރު ފެނަކައަށް 18 ރުފިޔާއަށް ތެޔޮލިޓަރެއް ވިއްކަންވީނޫންތޯ.

  4. ރެފްރީ

    ދެވަނަލަންކާއަށްވެދާނެތީކަންބޮޑުވޭ!!