ސަރުކާރުން ވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ސަރުކާރުން ވައުދުތައް ވަމުންދާއިރު އެ ވައުދުތަކުގެ މަގްސަދާމެދު ސުވާލު އުފައްދަވައި އެއީ ވައުދެއް ވުމުގެ ބޭނުމުގައިވާ ވައުދުތެކެއްތޯ އަސްލަމްގެ އަރިހުން އަފީފް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އަސްލަމް ވިދާޅުވީ ވައުދުތައް ވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެ ހުރިހާ ތަފްސީލުތަކަށް ބެލުމަށް ފަހު ނޫން ކަމަށެވެ.

އެހެންކަމުން ބައެއް މަޝްރޫއުތައް ވަރަށް ދިގުލައިގެންދާ ކަމަށާއި އަދި މަޝްރޫއުގެ ގޮންޖެހުންތައް ވެސް އެނގެނީ ތަފްސީލާ ހިސާބަށް ދިއުމުން ކަމަށެވެ.

"މި ޖަލްސާގައި މި ތިއްބެވީ ހުސްވެސް ސިޔާސީ ބޭފުޅުން. ތި ބޭފުޅުންވެސް ވައުދުވެފައި ހުންނާނެ. ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން. ބައެއް ފަހަރު ނުފުއްދޭ ވައުދު ހުރޭ. އިންސާނުންނަށްވީތީ ކުރަން ނިޔަތްގަންނަ ބައެއް ކަންކަން ނުވާކަންކަން ހުންނާނެ. ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ވިޔަސް އަދި އެހެން މީހަކު ކަމުގައި ވިޔަސް ކުން ފަތަކުން އުސޫލު ހިނގާ ކަމަކަށް" އަސްލަމް ވިދާޅުވި އެވެ.

އެކި މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ވަޒީރުން މަޖިލީހަށް ދޭތެރެ ދޭތެރެއިން ހާޒިރު ކުރެ އެެވެ. އަދި އޭގެން ކޮންމެ ފަހަރަކުވެސް އެ މަޝްރޫއުތައް ކުރިއަށް ނުދިއުމާއި އަދި މަޝްރޫއުތައް ހަވާލުނުކުރާ މައްސަލައިގައި މެމްބަރުންގެ ޝަކުވާ ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހަސަދު

    ނުފުއްދޭނެ ވައުދު ތައް ރައްޔިތުން ކުރިމަތީ ނުވުން ރަނގަޅު ވާނީ

    48
  2. ގުދުގުދާ ބެއްޔާ

    މާލޭ ރައްޔިތުންނަށް ގޯތި ދޭންވީ ވައުދުނުފުއްދޭނެ ވާހަކަ އެބުނަނީ! ފަރެސް މާތޮޑާ މީހުން މިނިސްޓަރުންނަށް ލީމާ ވާނީ އެހެން! ރޭސިސްޓް ހިޔާލު ހުންނާނީ!

    28
    4
  3. ހަވަރު ތިނަދޫ ކައުންސިލް މެންބަރެއް

    ފަރެސްމާތޮޑާ އަސްލަމުއެވެ ކަލޭމެން ވީވައުދުތަށް ނުފުއްދުނަސް މަމެންނަށް ވަރިހަމައޭ. ޔާމިނު ސަރުކާރުގަ ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް ބިމުން ގޯތިދޫކުރާށޭ. އެއީ އެމްޑީޕީގެ ތަރިކަމުދާގަނޑެއް ނޫނޭ. އަދި އެއީ ފަރެސްމާތޮޑާ އަސަލަމްގެ އަމާ ބަފާގެ ތަރިކަ މުދާގަނޑެއްވެސްނޫނޭ. ކަލޯމެންނަށް ހައުސިން ޔުނިޓާ ފުލެޓު އެޅުމުގެ ގާބިލުކަމެއްވެސްނެތްކަން ގަބޫލުކޮއްބަލާށޭ. ރިޔާސީ އިންތިހާބުގައި ހަވަރު ތިނަދޫއިން އެމްޑީޕީ ހިތުން ފިލައުގެން ނުދާނޭވަރުގެ ބޮނޑިއެއް މިފަހަރު ލިބޭނެއެވެ. މިއީ ސަމާސާ ތޯތޯ ވާހަކައެއް ނޫނެވެ

    30
    2
    • ޚަދީޖާ

      ތިނަދޫ މީހުން އަދިވެސް ވޯޓު ދޭނީ އެ ބައިގަނޑަށް.

  4. ޙަަަހަ

    އިންތިހާބެއްގައި ތިހެން ބުނެލަން ކެރޭނެތަ

    53
    • ހަސަނާ

      ވައުދުވެ ވައުދު ނުފުއްދަނީ މުނާފިގުން ކަމަށް ބުނެއުޅެނީ. އަމިއްލައަށް މުނާފިގެކޭ ނޫންތޯ ރަނގަޅަށް ތިބުނެވެނީ

      33
      1
  5. ޓ

    ތިގެންގުޅޭ ތިލަފަތުގެ ދެކޮޅަށް ލާބަލަ ފުއްދުނު ވައުދާ ނުފުއްދޭ ވައުދާ! ނުފުއްދޭ ވައުދުގެ ކޮޅު ބަރުވެގެންގޮސް ތިލަފަތް ވެއްޓޭނެ!

    43
    3
  6. ދަރަނި ދަންތުރަ

    ވައުދު ނުފުއްދުނަސް ހަޒާނާ ދަވާލެވިއްޖެދޯ ރީނދޫ ޕާޓީ ތިޔައީ ބުހުތާން ދޮގުހަދައިގެން ވޯޓުން ވަޢްކަންކޮންގެން ވެރިކަމަށް އައްނަ ވަގުންތަކެއް އަސްލަމަށްވެސް ކުރެވުނުވަރަކަށް ވައްކަންކުރޭ އެކަންކުރަން ކަލޭމެން ވަރައްމޮޅުވާނެ

    43
    3
  7. ހަސަނާ

    ދެން ރައްޔިތުން ކައިރަިއަށް ނައަންނާތި އެމްޑީޕީ ފުޅަތަކާ

    42
    2
  8. މަގެެ

    އެަސްލަމް، ދެން ކަލޭ ބޮލަށް މުންޑު ނަގައިގެން ދުވޭ

    27
    2
  9. ކަހުރަބު

    އަދިވެސް " އަނގަ އަރުވާތި " ވާނެއޭ ކިޔާފަ

    34
    2
  10. އަހުމަދު

    ވޯޓު ބޭނުންވީމަ ކިޔާނޭ ވައުދުތައް ރަނުން ރަނަށް ފުއްދަމޭ

    25
  11. ހަހި

    ވައުދު ފުދަން ނޭގެނީ އޭ ބުނބަ. ވަޒީރު ހަމަ ކަ އީ.

    16
  12. އަހުމަދު ނީޒް

    ނުވާވަރުގެ ވައުދުވާ ކަަމަށް އެއްބަސްވެފަ މި އޮތީ. 2023 ރައްޔިތުން ވިސްނަވާ. ސަރުކާރުގެ ބައެއް ކުންފުނި , މުއައްސަސާތަކުގެ ހިންގުމުގެ ހާލަތު ދައްވުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ ރާއްޖެތެރޭގެ ބޮޑު މެޖޯރިޓީ.

    22
    1
  13. ގެރިކުޑޭ

    މިފަހަރު ސަހަލު ތެދެއް ހަދައިފި. ނޯކޮންފިޑެންސް ވޯޓް ނުވަތަ ފެންކުންފުނީގެ އެމްޑީ އަކަށް! އަސްލަމު ޕްރެސެންޓޭޝަނެއް ހުށަހެޅީމަ ނަޝީދު ވިދާޅުވިކަމަށް ވަނީ، "ތިނޫން އެހެން އެއްޗެއް ހަދާބަލާށޭ"

    15
  14. ލަދުވެތި

    ކުރިއަށް އޮތް އިންތިހާބުގައި ތިޔަކަމަށް ރަނގަޅު ރަށްދެއް ތ.ކިނބިދު އަދި ތ.ވޭމަންޑޫގެ ރައްޔިތުން ތިލަފަތަށް ދޭނެކަމަށް މިބަލަނީ. އަސްލަމް ޖެހޭނެ މިކަމުގެ ފުރިހަމަ ޒިންމާ ނަގަން. ވަރަށްސަލާމް

  15. ޙަދިސައިބު

    ޢެމްޑީޕީއަކީ އަބަސުވެސް ތިޔަ ގޮތަށް ވައުދުވާބައެއް، 2008ގައި އެމްޑީޕީ ވެރިކަމަށް އައިސް ކުރިކަމަކީ ސަރުކާރުގައި ތިބި ގިނަ އިލްމީ މީހުން އެއްޗެކޭކިޔާފައި ވަކިކޮށްލީ، މިފަހަރު ސަރުކޜުގައި ތިބި ތަނުރިބާ ވެރިން ޕެކެޖުދީފާ ވަކިކުރަން ރެޑިވަނީ،

  16. ވޯޓު

    ކޮންމެ ވޯޓަކީ ދެވޭނެ ވޯޓެއްވެސް ނޫން.

  17. ފަރީދާ

    އަސްލަންޓޭ އަންބެއް ހުރިއްޔާ އަވަހަށް ވަރިވާން ފެންނަނީ. ހުރިހާ ފޮނިކޮޅެއް ބޯލައި، އަނބިމީހާގެ އުމުރު ހުސްވެ އެކައުންޓް ހުސްވީމަ ބުނެދާނެ "ކަނބުލޯ ހުރިހާ ވައުދެއް ނުފުއްދޭނެޔޭ".

  18. ހިޔަޅު

    ވަރަށް ރަނގަޅު، ސަރުކާރާއި އެމްޑީޕީގެ އަދި ތިމާގެ އަމިއްލަ މުނާފިގު ކަމަށް ބިރަކާނުލާ އެއްބަސްވީތީ، އިސްލާމް ދީނުގައި އިންނަނީ ވައުދެއް ވެއްޖިއްޔާ އެވައުދެއް ފުއްދަން، ވައުދު ނުފުއްދުމަކީ މުނާފިގުންގެ ސިފައެއް

  19. އަސްލީސް

    ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް. ސަރުކާރުން ވައުދުކޮށް އެ ވައުދު ފުއްދާނެ ފައިސާ ހޯދާނެގޮތެއް ނުވަތަ އެވައުދެއް ފުއްދާނެގޮތެއް ނޭނގުމަކީ އެކަމުން ރެކިގަންނަން ޒިންމާދާރުކަން ކުޑަވާހަކަ ދައްކަން ޖެހޭ ސަބަބެއް ނޫން. ވައުދު ފުއްދުމަށް ކުރަމުންދާ މައްސަކަތްތަކާ އެކަމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ބުނުމުގެ އިތުރަށް އެކަން ކުރެވޭނެކަމުގެ ޔަގީންކަން ރައްޔިތުން ބޭނުންވާނީ. އެހެންނޫނީ ވައުދުވުން އޮންނާނީ ވަރަށް އާދައިގެކަމަށް ބަދަލުވެފަ. ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި އެހެންވިއްޔާ ރައްޔިތުންނަށް އެ ހުށަހެޅެނީ ވަގު ޕްރޮޕޯސަލެއް

  20. މުހަންމަދު

    މީގެ 1400 އަހަރު ކުރިން ފަހުޒަމާނުގަ މިކަހަލަ ޖާހިލުން ކަންކަމަށް އިސްވާނެ ކަމަށް މިއުންމަތުގެ ނަބިއްޔާ (ސ.އ.ވލ.މ) ހަދީސް ކުރެއްވި.

  21. ޒާ

    ދެން ގަޔަށް ލާފައި ބާރަށް އަތްޖަހާ ވެރިކަން ބަދަލުކުރިމީހުން

  22. ޒީރޯ ޓޮލެރެންސް

    ވައުދު ނުފުއްދޭ ބަޔަކަށް ދެވަނަ ދައުރެއް ނެތް

  23. ރަން ރީނދޫ

    ވައުދުވަނީ ފުއްދާކަށެއްނޫން، ވެރިކަން ހޯދަން.