ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މިއީ ކުރިއަރ މެދުވެރިކޮށް ގެނައި ޕާރުސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗެވެ.

ކަސްޓަމްސް އިން ބުނީ، ކުރިއަރ މެދުވެރިިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރެއިން ޝައްކުވ ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސް ކުރެވުނު ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 6.374 ކިލޯގެ މަސްތުވާތަކެއްޗާއި، އެއާރކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރަނޑިފަތި

    ޕޮއްޕޮއްޕޮޢް.... ހާދަހާވާ އިސްލާމީ ގައުމެކޭ ދޯ.

    2
    2
    • ސާމީ

      ކުރީގައި ތާލިބާން ސަރުކާރުން އެކްސްޕޯޓްވެސް ކުރި މަސްތުވާ އެއްޗެހި. މިފަހަރު ވެރިކަން ލިބިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފަހަރުވެސް އެކަން ކުރާނަންތޯ އެހުމުން ބުނީ އަދި އެކަމަށް ވިސްނާފަ ނެތް ކަމަށް.

  2. އަހަންމަދު

    ތިޔަޕާރުސަލެއް ގެނުވި ފަރާތެއްގެ މައުލޫމާތު ހާމަކުރަންޖެހޭ! ކިތަންމެމަތީ ބެފުޅަކަސް ދެރަނިކަމެއްޗަކަސް އެއީކާކުކަން ރައްޔިތުންނަށް އެގެންޖެހޭ! އެއީ އެބައިގަޑުގެ ކިބައިން ސަލާމަތްވެތިބުމަށް ކޮންމެހެން އެގެންޖެހޭ މައުލޫމާތެއް! މަސްތުވާތަކެތި އެތެރެކުރާ މީހުންގެ މައުލޫމާތު ސިއްރުކުރުމަކީ އެމީހުނަށް ދެވޭ ހިމާޔަތެއް! ތިޔައީ ގައުމުގެސަލާމަތަށް ހުރި ނުރައްކަލެއް!
    މަސްތުވާތަކެތި ރާއްޖެއެތެރެކުރުން ނުހުއްޓުވެންވީ ސަބަބެއް ނެތް! އެކަން ނުހުއްޓުވޭ ބަޔަކަށް ދޭނެ ވޯޓެއްނެތް!

  3. ކާފަބޭ2020

    އެފޮނުވިފަރާތެއް އެއާ ޙަވާލުވާންއައިފަރާތެއްނެތީ އެތަނުގައި އަމިއްލައަށްއުފެދުނު އެއްޗަކީތޯ؟ 😆😆😆😆😆😆