އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ ފީލްޑްގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވަނީ ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަހުމަދު

    ތި 2 އެންބިއުލާންސް ބަލަހައްޓަން 3 ޑްރައިވަރުންނާ 4 އެސިސްޓެންޓް ޑްރައިވްރުންނާ 4 އިންޖިނިއަރުންނާ 17 ތެޔޮ އަޅާ މީހުން ތިބެންވާނެ

    57
    3
    • ކޮތަރު އިމުރާނު

      ހަމަ ހެޔޮކޮށް ތިބުނީ. 100 ގެ ކޮމެންޓެއް. އަދި ނުވިތާކަށް ގެރިމޯދީ ޖެހޭނެ އޭތި ބަލާލަން އިހުތިރާމުގެ ޒިޔާރަތެއް އަހަރަކު 2 ފަހަރު ކުރަން. ކެކެކެކެ

      3
      2
  2. ލުޓޭރުންގެ ސަރުކާރު

    ތިދެ އެމްބި އުލަންސާ އެކު ކިތަ އް އިންޑިޔާ ސިފަ އިން މިރާ އްޖޭގަ ފަ އިބާ އިތިބޭނެތަ...ތިދު އްވަން އިގޭ ފިވެ އްސެ އެބަހުރިތަ..

    43
    2
  3. ހުސެން

    ތިޔަ އެންބިއުލާންސް ދުއްވަނީ އަނެއްކާ އިންޱިޔާ ސިފައިންބާ

    44
    2
  4. އަލީ

    ހަމަ ކާންދެނީ ހަމަ ކާންދެނީ!! ކާން ދީދީފަ ގޮހޮރު ފުލައް ޖައްސާފަ ދެން ލަކިއަޅާލީމަ ފަސޭހައިން ސަލާމަތެއް ނުވެވޭނެ!! އެހެންނުވާނީ މިހާރުގެ ވެރިން އެތިބެނީ އަނގަހުޅުވައިގެން ލީ ކޮންމެ އެއްޗެއް ބެލުމެއްނެތި ކާލާގޮތައް!!

    39
    2
  5. ހިޔަޅު

    75 ސިފައިން ތި ބަލަހައްޓަން ބޭނުންވާނެ

    44
    2
  6. ހައްގުބަސް

    ތިޔަދެ އެންބިއުލާންސް ދުވަންވެސް އިންޑިޔާގެ 50 ސިފައިން ތިބެންޖެހޭނެ، ދިވެހިންނަކަށް ނޭގޭނެ ދުއްވާކަށް!

    1
    1
  7. ކަހުރަބު

    ބަކަރި ތައް އައުޓް

    1
    1
  8. ހަސަނު

    ތީ ވަރުގަދަ ހަދިޔާއެއް. މިހާރު މަރާމާތު ނުކުރާކަމެއް ނޭގޭ. ހަވާލުކުރިއިރު އެއަރކޯން މަސައްކަތެއް ނުކުރޭ. އިސްޓާޓް ކޮށްފައި ތަޅުދަނޑިން ނިވާލުމުން އޭގެ އިންޖީނެއް ނުނިވޭ. ގެނައި އިރު އެތެރޭގަ ހުރީ ހުސް ކިސަޑު.

    1
    1
  9. Anonymous

    އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަން ދިވެހި ރައްޔިތުންނަށް އެނގޭ
    ޤަބޫލު ކުރޭ.
    އެކަން
    ނޭނގެނީ ޤައުމިއްޔަތާއި އަމިއްލަ މިނިވަންކަމަކީ ކިހާ މުހިންމުކަމެއް ނޭނގޭ ޤައުމަށް ޤައްދާރު ގަމާރުންނަށް

    1
    1
  10. Anonymous

    ހަނގުރާމަ މަތީ މަތިންދާ ބޯޓު ޖައްސާ އެއަރކުރާފްޓް ކެރިޔާއެއް ނުދޭތަ؟.

    1
    1
  11. ބަރޯ

    އާދައިގެ ވެހިކަލްގަނޑެއް ދިފާޑަށް ދިވެހި ސިފައިންނަށްވެސް މޮޑިފައި ކުރެވޭނެ.

  12. ނަންނުގަތި

    ތިއީ އެއްވެސް ބޭނުމެއް ކުރާނެ އެއްޗެއް ނޫން. އެމްބިއުލާންސް ނުލިބިގެން ނޫން މިއުޅެނީ. މީގެ ކުރިން ވެސް މާލޭގެ މަގުތަކުގައި ނުދުއްވޭ ވަރުގެ ލޮރީތައް ހަދިޔާކުރި. މިހާރު ވެސް އެ ވެހިކަލްތައް އެހުރީ ސިފައިންގެ މަރުކަޒުގަ ދަބަރަށް ވާން ދޫކޮށްފަ. ކޮން ބޭނުމެއް ހިފޭނީ. ތިވެސް ވާނީ ހަމަ ސޭމް.

    1
    1
  13. ކޮންފިއުސްޑް

    މިލިޓަރީ ގްރޭޑް އެމްބިއުލާންސް ބޭނުންވާ ސާބަބެއް ނުވިސްނުނު...
    އަޅެ މިތާ އެމްބިއުލާންސް، މީހުން އުފުލާއިރު ބަޑި ޖަހާ އުޅެނީތަ؟
    ތިދެން ބޭނުން ނުކޮށް ބާ ދަނގަޑަށް ނުވެއްޖެއްޔާ ރަނގަޅު.

    1
    1
  14. މުދިމޯދީ

    އިންޑިޔާއިން ކުލަޖެއްސި ދެފޮށިގަނޑު ގެނެސްފި. ބޮޑު ސުރުހީގަ ޖަހަންޖެހޭނެ.

  15. ަސދަސދ

    ހެލިކަޕްޓަރ މަތިން ހަނދާންވަނީ.
    ދެން ހަދިޔާ ކުރާނީ 200 ވަރަކަށް އިބްޑިއާ ސިފައިން.

  16. ދިވެހި ދިދަ

    ދެން ދިވެހިރައްޔިތުންނަށް ލިބޭ އަނިޔާގެ މިންވަރު މައްޗަށް ޖެހިލާނެ..މިފެންނަނީ އެކަމުގެ ފެށުން.

    3
    1
  17. އަލީ

    2 ބިލިޔަން ޑޮލަރު ހަދިޔާ ކޮށްބަލަ، އޭރުން ބުނާނަން އިޚްލާސްތެރިކަމެއް އެބަހުއްޓޭ

    2
    1
  18. އަލީ

    އަލްޙަމްދުލިއްލާޙް. ގަދަފަދަކޮށް ހެޔޮހާލުގަ ތިބެ ނެގެޓިވް ކޮމެންޓް ކުރާ އަހުލުވެރިންގެ ސަމާލުކަމަށް. ތިމާ ނޫނީ ތިމާގެ އާއިލާ މީހަކު ތިޔަަށް ލާން ޖެހޭ ދުވަހެއް އައިސްދާނެ. ކޮންމެ ބައެއް ދުއްވަން ތިއްބަސް އެދުވަހު އޯކޭ ވާން ޖެހޭނީ

    1
    1