ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް މަދުވެ ލޯނު ނުދެއްކި ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން މިއަދު ބުނެފައި ވަނިކޮށެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން އަދި ދައްކަމުންދާ އެއްޗެއް ކަމަށާއި އެގޮތުން މިއަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ޔަގީންކަމާއެކު ދަންނަވާ ކަމަށެވެ.

"ހަމައެއާއެކު ކުރިއަށް އޮތް 2023 ވަނަ އަހަރު 2024 ވަނަ އަހަރު ވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ ބަޖެޓް ކުރެވިފައި އޮތް ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިކަން އެބަހުރި ކަމަށެވެ. "އަހަރު ފެށުނުއިރު 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިއަދު އެވްރެޖްކޮށް ހުރީ 115 ޑޮލަރުގައި. ސަރުކާރުން އަންދާޒާ ކުރިވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހައި ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. އޭގެ އިތުރުން އިމްޕޯޓް ކުރާ އެހެން މުދަލަށް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހޭދަތައް ކުރަން ޖެހި، އަދި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ އިޤުތިޞާދުގެ އަމާޒު ހުރީ ރަނގަޅަށެވެ.

އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅު އަޅައި ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ އެއްވެސް ތަފްސީލެއް ރައީސް މިރޭ ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެވައުދުތައް މިއަދުވެސް ހަނދާނުގައި އެބަހުރި ކަމަށެވެ. ވަކިރަށެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދޭނެ ކަމަށް ރައީސް ސޯލިހް ވެވަޑައިގަންނަވާ ވައުދު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.

ރައީސް ވިދާޅުވީ 2024 ވަނަ އަހަރާއި ކުރިމަތިލާނީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާފައި ކަމަށާއި އެހެންކަމުން އެހިސާބުން މިހާރު ކޮންމެ އަހަރަކު ފެނާއި ނަރުދަމާ އަޅަން ކުރާ ހޭދަ ކުރަން ނުޖެހޭނެ ކަމަށެވެ. ތަރައްގީގެ އެހެން މަޝްރޫއުތަކަށް އެފައިސާ ހަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އައްލާބެއްޔާ

    އިބިރިމާބޮލެތިބި ހުދުކެހުރުންދޯ ލޯނުދައްކާނީ ؟؟؟

  2. ޙަސަނުލް

    ރޯ ބުހުތާނު ދޮގު ކައްޒާބު ޕަޕެޓް ރައީސް ގައުމު ހަލާކު ކޮށްފި

  3. ކިނބޫ

    ތެޔޮ އަގުބޮޑުވިޔޭ ބުނާއިރު، އަހަރެމެން ގަންނަނީވެސް އަގުބޮޑުކޮށް. ކާކުބާ ވެހިކަލްތަކަށް ހިލޭ ތެޔޮ އަޅަނީ. ހަމަ ކަލޭމެން. ރައްޔިތުމީހާ ތެޔޮ ގަންނަނީ ބުނިއަގެއް ދައްކާފަ.

  4. ކޮތަރު

    މިލިޔަނުން ރައްޔިތުން ޖޫރިމަނާ ކުރިވަރާ، ފެލާލިވަރު ހިސާބުކޮށްލާފަ ބުނެލަން ކެރޭނެބާ؟

  5. ބަކޫ

    "ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިކަން އެބަހުރި ކަމަށެވެ. "އަހަރު ފެށުނުއިރު 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިއަދު އެވްރެޖްކޮށް ހުރީ 115 ޑޮލަރުގައި. ސަރުކާރުން އަންދާޒާ ކުރިވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހައި ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. އޭގެ އިތުރުން އިމްޕޯޓް ކުރާ އެހެން މުދަލަށް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ." ރައީސް ވިދާޅުވިއެވެ." މީނައަގައިން އެއްބަސްވެފައި އެއޮތީ އިގުތިސާދިގޮތުން ދަތިކަން އެބަހުރިކަމަށް މިއަށް ދެންކިޔާނީ ބަނގުރޫޓްވަމުންދަނީއޭ ހެ ހެ

  6. ބޮޑުބެ

    ޓީޗަރުންގެ މުސާރަ ބޮޑުކުރީވެސް ފައިސާ ޗާޕު ކޮށްގެންނޭ އެބަ ކިޔާ ރަށުތެރޭގަ. އިގުތިސޯދަށް ވާނެގޮތް ވިސްނާލިބާ އެއްފަހަރުވެސް. ނުކިޔަވާ ހުރި މީހެއްކަން އިތުރަށް ސާފުވެއްޖެ.

  7. ކިޔުންތެރިޔާ

    ބަލަ، ވަޢުދު ވަނީ ހަނދާނުގަ ބަހައްޓާކަށް ނޫނޭ. އެ ވަޢުދު ފުއްދަން. އަހަރެމެންނަށް ހެޔޮ، ވަޢުދުތައް ދުވަހަކު ހަނދާނުގަ ނުބެހެއްޓިޔަސް. އެނގިއްޖެ؟

  8. ބުރުގާ

    އަނެއްކާ އަނެއްދޮގު. އަޅެ ތެދެއް ހަދާބަލަ

  9. އުގުރި

    ދެބޯ ބުރާންތި

  10. އަސާސް

    ދެންކީއްވެތަ ނަޝީދުއެ ޗައިނާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަނީ. ދަރަނި ދެއްކިދާނެ އެކަމަކު ޤައުމުގެ މުސްތަޤްބަލް ވަރަށްބޮޑު ނުރައްކަލަކަށް މިހާރު މިހާރު މިއޮތީ ވެއްޓިފައި. އަސާސީ ތައުލީމު އެގުމަކީ އަދި އިލްމީ ޤާބިލްމީހުންގެ ބަހަށް ގޮންޖަހާލެވޭނެ ކަމެއްނޫން. ދުނިޔޭގެ ބޮޑަތި ބެންކުތަކާއި ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން އެދެއްކަވާ ވާހަކަތަށް ހެޔޮހިތުން ޤަބޫޮލްކުރައްވާ. ޤައުމުގެ އިޤްތިސޯދު މިދަނީ އިންތިހާއަށް ބޮޑު ނުރައްކަލަކާ ދިމާލަށް. ލޯނު ދެއްކުމަށް ލޯނު ނެގުމަކީ ހައްލެއްނޫން. އަބަދު އިންޑިއާއަށް ބަރޯސާއެއްވެސް ނުވެވޭނެ. އެހެންނަމަ ލަންކާއަކަށް އެހެނެއް ނުވީސް. އިޤްތިސޯދީ ވަޒީރު ބުނަނީ ކިތަންމެ ވަރަކަށް ކެޔަކަސް ނޭންގޭނެވާހަކަ. ވީއިރު ޤައުމު ޑިޕޯލްޓަކަށް ދާއިރުވެސް ނޭންގޭނެ.

  11. އަސާސް

    ލޯނު ނަގައިގެން އުފެއްދުންތެރި އެއްވެސް ކަމެއް ނުކުރެވުނު. ޤައުމުގެ މުސްތަޤްބަލަށް ވިސްނާގެން ލޯނު ނެންގެވި ހަމައެކަނި ރައީސަކީ ރައީސް ޔާމީން. އެމަނިކްފާން އެންމެ ބޮޑަށް އިސްކަންދެއްވި ކަމަކީ ޤައުމަށް ލިބެމުންދިޔަ އާމްދަނީ އިތުރުކުރާނެ އިންފްރާ ސްޓްރަކްޗާ ބިނާކުރުން. އެއާޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓަކީ އެންމެ މުހިންމު ޕްރޮޖެކްޓް. މިހާރު ރާއްޖެ އަންނަމުންދާ 1.5 މިލިއަނެއްހާ ފަތުރުވެރިން 5 މިލިއަން ފަތުރުވެރިންނަށް ބަދަލްވެގެންދިއުން ވެގެންދާނީ ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭއިންކަމް 300 އިންސައްތައަށް ބޮޑުވެގެންދާނެ އުންމީދީ ޕްރޮޖެކްޓަކަށް. އެޕުރޮޖެކްޓްވެސް ސްލޯލިހުގެ 5 އަހަރު ނިމޭއިރުވެސް ނިމޭނެ ކަމާމެދު ޝައްކު. ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަށް އިލްމީ ޤާބިލް ވެރިޔެއްއެބަ ބޭނުންވޭ. އަސާސީ ތަޢުލީމަކީ ޤައުމެއްގެ ރައީސްކަން ދޭންޖެހޭވަރު ސަނަދެއްނޫން. ރައްޔިރުން ވިސްނަވާ ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއް،

  12. ލީލީ

    ހަދާ ދޮގު

  13. އެމް ޑީ ޕީ

    އާނ ފަހެ ދޮގެއްވާނު... ރާއްޖޭގެ ބާކީ ހުރި ތަންތަން އިންޑިއާ އަށް ވިއްކާފަ ދަރަނި ދެއްކިދާނެ. މޮޔަ ގެރި

  14. ސޫއޫދު

    ވާނުވާނޭގޭ ބިސްގަނޑެއް ވީވައުދު ފުއްދަން ނޭގުނުމީހަކައް ދެންއެނގޭނީ ކޮންކަމެއްތޯ ކުރިމަތިލާ 2023 ލިބުނަސް ފެއްނާނެ ލަންކާ މަގުމަތިން މިހާރުފެއްނަމަންޒަރް އެސަރުކާރުވެސް އައީ ވޯޓަކުން ވެރިން ނަގަނީ ހެލިކެޕްޓަރުގަ މެންބަރުން ދުވަނީ މަގުމަތީ އެހާލުގަ މިހާރުވެސްނެރުނުގަރާރު ބޭގަރާރަކައް ވެއްޖެ މިހާލަތުގަވެސް ކޮއްމެރެއަކު އެބަދޭ އެއިވެންޓް ކުރިއައް ދަރަނިބޮޑުވެ އިންފުލޭޝަންމަތިވެ ވަގުންއިތުރުވީމަ ދިމާވާހާލަތުގަ ހުރިހާ ގައުމުތަކައް ދިމާވާނެއެގޮތައް 2008 ވެސްދޮންވެ ޗާންދަނީ މަގައް ވެއްޓުނީ ހާލަތުދަތްވީމަ އޭރުވެސް ސަރުކާރުގެ މަނީ

  15. ކަންއޮތްގޮތް

    ކަރަންޓަށް ދޭ ސަބްސިޑީ އިތުރުވާނެ އެތަންތަނުން ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭނަމަ ކުޑަކުޑަ އެންމެ މިސާލެއް ލ، މާވަށުގެ އިންޖީންގެއަށް މިސަރުކާރު އައިފަހުން 3 މެނޭޖަރުން ލައިފި ހައެއްކަ ސުޕަވައިޒަރުންލައިފި އަދި މިމީހުންނަކީ މިދާއިރާގަ އަލިފްވެސް ނޭނގޭ މީހުން ގަބޫލުކުރެވެނީ ދެންހުރި ރައްތަކުގަވެސް ހަމަ އޮންނާނީ މިފަދަ ގޮތަކަށްކަން ސަރުކާރެއް ނޫން ވެރިކަމަށް އައިސް ތިހިންގަނީކީއެއް ދައުލަތް ޕްރައިވެޓް ކުންފުންޏަކަށް ހަދައިގެން ކުންފުނި ތިހިންގަނީ

  16. ލލ

    ދަރަނި ދެއްކުމުގައި ދަތިތަކެއް ހުރިވާހަކަ އެއްނޫނޭ މިދައްކަނީ މޮޔަޔާ.. މި ކިޔަނީ ރިސޯޓް ކުލި ކުޑަކުރުމާ އަދި ދެންހުރި ކަންކަމުގެ ހަރަދު ބޮޑުކަމުން ދަރަނި ނުދެއްކިދާނެއޭ.....

  17. ރައީސް

    ބޮޑު ވަގެއް މި ހިންނަވަރު ހިޔަޅަކީ

  18. ސޯލިބޭ

    ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިކަން އެބަހުރި ކަމަށެވެ. "އަހަރު ފެށުނުއިރު 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިއަދު އެވްރެޖްކޮށް ހުރީ 115 ޑޮލަރުގައި. ސަރުކާރުން އަންދާޒާ ކުރިވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހައި ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ. އޭގެ އިތުރުން އިމްޕޯޓް ކުރާ އެހެން މުދަލަށް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ." ރައީސް ވިދާޅުވިއެވެ.

    އަދި އިތުރަށް އަޅުގަނޑުގެ އަމިއްލަ ދަތުރުތަކަށްވެސް އެތައް މިލިއަނެއް ޚަރަދުވެއްޖެ. އަދި މިއަހަރު މިޚަރަދު ބޮޑުތަނުން އިތުރުވެދާނެ.

  19. Anonymous

    ވަކިރަށެއް ތަފާތު ނުކުރާނެކަމަށް ވިދާޅުވާއިރު ބައެއް ރަސްރަށަށް މަޝްރޫޢުތައް އޮއްސާލާ މަންޒަރު ފެނެއެވެ. އިތުރަށްވެސް ބައެއް ރަށްރަށް ޚިދުމަތްތައް ދެނީއެވެ. 16 ރިސޯޓް އޮތް ސަރަޙއްދެއްގައި އެއަރޕޯޓް ނުހަދައި އެނ

  20. މަ

    އާނއާނ! އެވަރަށް ރައްޔިތުން ފެލާވިއްޔަ!

  21. މަނިކު

    ބައެއް ރަށްރަށަށް މަޝްރޫޢުތައް އޮއްސާލުން އެއީ ހަމަހަމަ ތޯއެވެ. 16 ރިސޯޓް އޕޕަރޭޝަންގައި އޮތް ސަރަޙައްދެއްގައި އެއަރޕޯޓްް ނުހަދައި އެންމެ ރިސޯޓެއް ނެތް ހިސާބުތަކުގައި އެއަރޕޯޓް ހިއްކައިގެން އެއޅުން އެއީ އިންސާފުތޯ. އިޤްތޮޞާދީ ގޮތުން ތަޞައްރަފު ބަޔަކު ފުދޭނީދެން ތިހާވަރަށެވެ. 8000 މީހުންގެ އާބާދީއާ 16 ރިސޯޓަށް އެއަރޕޯޓެއް ނޭޅެއެވެ. މީ އަޖައިބެކެވެ. ގައިމު ދައުލަތަށްވެސް ވަރަށް ބޮޑު ފައިދާވާނެތާއެވެ.

  22. ވަގުތު

    އަންނަ އަހަރު ނިމޭ ހިސާބަށް މިކަލޭގެ ދަތުރުކޮށްލީ މީ ހާދަ ކުޅަދާނަ ބޭފުޅެކޭ!

  23. ކަނބާ

    ދަރަނީގެ ބަދަލުގައި އިންޑިޔާއަށް ގައުމު ދިނީމާ ދަރަނި ދައްކާނިނުނީ،......

  24. ޒިލޭބި ހަސަނު

    ކީކޭ އަޅެފަހެ މީހަކު ބުނަނީ!! އޭ ފުތާ މިގައުމުގެ ނައަމް ސޫފިތަކަށް ވެސް މިވަރު އެނގޭ ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުވެއްޖިއްޔާ ދެން ވާނެ ގޮތް ، ބަނޑުމުސާރަޔަށް ދިހަހާސް ލިބޭކުއްޖަކު ، ވިހި ހާސް ހަރަދު ކުރަންޏާ އެ ސޮރަށް އޮތީ ކޮން ސަލާމަތެއް ތޯ ؟ ސުވާލު އަމިއްލަ ނަފުސާއި ކޮށްލަބަލަ ، ކޮސް ނޮގޮވާހުރޭ ރިކަރަންޓް ހަރަދު ބޮޑުވެ ގައުމު ހަނާވަނީ ، ސިންގާއެއްހެން ގޮރު މޯދީ ލޭންދޭނަށް މުދާ ނެނގިޔަސް ފަރުވާލެއް ނެތް ، ވ ސާފު ، ކާންޓް ޔޫރިނޭޓް ، އިންޑިޔާ ހޭވް ޓް ގޯ ....

  25. އަހްމަދު

    މިޖޭޕީ މޯގަންގަ މިތިބީ ހާދަތަންދޮރުނުދަންނަ ގަމާރުންތަކެކޭދޯ މިއޮށްމޮޅަށް ރޭވިގެން ހިންގަމުންދާ ގައުމާމެދުއެކަހަލަ މުޑުދާރުތުހުމަތެއް ކުރީތީ ދަޢުވާކުރަން ދިވެހިރައްޔިތެއްގެހައިސިއްޔަތުން އަޅުގަޑު ސަރުކާރައް ގޮވާލަން

  26. އިސްޢާފް ސަލީމް

    90 ބިލިޔަނަށް ދަރަނި އަރައިގެން ދިޔުމާއި ރާއްޖެ ބަނގުރޫޓުވުން ކައިރިވެއްޖެކކަމަށް ބައިނަލްއަޤުވާމީ މާލީ އަދި އެންޓެލިޖަންސް ތަކުންނާއި ރާއްޖޭގައިތިބި ސަރުކާރުގެ ކަމާބެހޭ ބޮޑުން ބުނަމުންދާއިރު މިކަލޭގެ މިކިޔަނީ ކޯންޗެއް އެގިގެން ކިޔާ އެއްޗެއްބާވައެވެ؟