ވަޒީފާ ނެތް ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތިއްބާ، ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ވަކިވަކިން ކުރި ދެ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރު ތަކާއި އަދި ކޮވިޑު ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މެޑިކަލް އޮފިސަރުންނާއި ނަރުހުން ހޯދަމުން ދާކަމަށެވެ.

އިއުލާންގައި ބުނެފައި ވަނީ އިއުލާން ހާއްސަކޮށްފައި ވަނީ ބިދޭސީން ގެންނަ ރެކްރޫޓްމެންޓް އޭޖެންސީތަކަށް ކަމަށެވެ. އެހެންކަމުން އިއުލާންގައި ބުނެފައިވާ ޑޮކްޓަރުން އަދި ނަރުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަކަށް ނުލިބޭނެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންނަށް މުސާރައިގެ އިތުރުން ދިރިއުޅޭނެ ތަނަކާއި އަދި ކެއިންބުއިމަށް އެލަވަންސެއް ވެސް ލިބޭނެއެވެ. ނަމަވެސް ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދަން އާއްމުކޮށް ކުރާ އިއުލާންތަކުގައި ވެސް ދިރިއުޅޭނެތަނަކާއި ކެއިންބުއިމުގެ އެލަވަންސެއް ނޯވެއެވެ.

ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވަނީ 25 މެޑިކަލް އޮފިސަރުންނާއި 50 ނަރުހުން ހޯދާށެވެ. މެޑިކަލް އޮފިސަރުންނަށް މުސާރައާއި އިނާޔަތްތަކާއި އެކު ގާތްގަނޑަކަށް 27000 ރުފިޔާ ލިބޭނެއެވެ. އެ މަޤާމުގެ ޝަރުތަކީ އެމްބީބީއެސް ނިންމާފައި ހުރުމާއި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކުރުމާއި އެކު އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ހުރުމެވެ.

ނަރުހުންނަށް މުސާރައާއި އިނާޔަތްތަކާއި އެކު 16،000 ރުފިޔާ ލިބޭއިރު ނަރުސް ކަމުގެ ދާއިރާއިން ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށް ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

މި މަޤާމުތަކަށް ބިދޭސީން ހޯދަން އިއުލާން ކުރިއިރު، މިވަގުތުވެސް ރާއްޖޭގައި ވަޒީފާނެތް ދިވެހި ޑޮކްޓަރުންނާއި ނަރުހުން އެބަތިއްބެވެ. ދާދިފަހުން އައިޖީއެމްއެޗްގެ އިންޓާންޝިޕް ފުރިހަމަކޮށް އަދި ވަޒީފާ ހަމަނުޖެހޭ ގިނަ އަދަދެއްގެ ޑޮކްޓަރުން ވެސް އެބަތިއްބެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖުމްލަ 1084 ޑޮކްޓަރުން މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން 688 ޑޮކްޓަރުންނަކީ ބިދޭސީންނެވެ. އަދި ބާކީ 396 ޑޮކްޓަރުންނަކީ ދިވެހިންނެވެ. 688 ބިދޭސީ ޑޮކްޓަރުންގެ ތެރެއިން 278 ޑޮކްޓަރުންނަކީ ސްޕެޝަލިސްޓުންނެވެ. އަދި 396 ދިވެހި ޑޮކްޓަރުންގެ ތެރެއިން 155 ޑޮކްޓަރުންނަކީ ސްޕެޝަލިސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބުރުގާ

    ޝުކުރިއްޔާ "ކެރަފާ ނަސީމު ބިން މަކަރުވެރި ފަތިސް". ކަލޭމެންގެ ސަރުކާރަކީ ދިވެހި އުންމަތައް ބޮޑު އަޒާބެއް.

    22
    1
  2. ދިވެއްސެއް

    ދިވެހީންގެ ތެރޭގައި ކަމަށް ޤާބިލް، ހުނަރުވެރި ޑަކްޓަރުން ތިއްބާ، ބޭރުން ގެނެވޭ ބޭރު ބަޔަކަށް ރޭރުވެ އެމީހުންނާއި، މިޤައުމުގެ ޞިއްޙީ ކަންތައްތައް ޙަވާލުކޮށް، ދިވެހީންގައި ލައްވަން ޖެހޭ ލިބާހެއް އެމީހުންގައި ލެއްވެމުކީ މާ ރީތި ގޮތެކޭ ނުދެންނެވޭނެއެވެ.އެއީ ވަރަށް ވެސް ދެރަކަމެކެވެ.ދޯދިޔާ ކަމެކެވެ. މިއިން އަންގައިދެނީ ހެލްޠު މިނިސްޓަރީގެ ކިބައިގައި ޤައުމިއްޔަ ލޯބި ނެތްކަމެވެ. ދިވެހިވަންތަކަމަށް އޮތް ޤަދަރެއްގެ ކުޑަކަންމެއެވެ.
    އެހެންކަމުން އަޅުގަނޑު އާދޭހާއި އެކު ތިޔަ މިނިސްޓަރީ އަށް މި ދަންނަވަނީ "ގަސްތުގައި ފެނިގެން ކަށްޓަކަށް" އަރުއްވަން އުޅުއްވާނެ ކަމެއް ނެތެވެ. ތިޔަފަދަ ކަންތަކުގެ ހިތިކަން މިހާރުވެސް ދިވެހީން ތަޙައްމަލުކުރަމުން އެބަ ގެންދޭމެއެވެ.

    15
  3. ހެ

    މީ ބޭރު މީހުންގެ ގައުމެން.މިތާގަ ދިވެހިންނަކަށް އެއްވެސް ފުރުސަތެންނެތް.

    16
  4. ާދަލޭކް

    މިނިސްޓަރ ޑރ ނަސީމް ކޮބައިތޯ މިއަން ނަ މަހު އިންޓެންޝަން ނިމޭ ކުދިން ނަށް ހުޅުވާލާ ވަޒީފާ ؟ ދެން އެކުދިން ލައްވަ 1 އަހަރުވަން ދެން ބޯނެ ފެން ފޮދެއްހާ މިންވަރުވެސް ނު ދީ އަޅު މަސައް ކުރުވާ ހެން މަސައްކަށް ކުރުވާފަ .

    13
  5. މޫސަ

    ވަރަށް ފަހުން މިއައީ އައިޖީއެމް ހޮސްޕިޓަލްގައި ބަލި މީހަކު ގޮވައިގެން އުޅެފަ. އެތަނުގެ ހާލަތު ހުރީ ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލޭ ބުނުމުން ލަދުގަންނަ ފަދަ ދަށު ދަރަޖައެއްގައި. ވިއްސާރަ ދުވަސް ދުވަހު ސީލިންގ ހީވަނީ ބޮލަށް ވެއްޓިދާނެހެން. ބަލި މީހާ ފުރަތަމަ ކޮޓަރިއަކަށް ބަދަލު ކުރަން ދިޔައިރު އޭސީ ހަލާކުވެފަ. އެތައް އިރެއްފަހުން އެހެން ކޮޓަރިއެއް ހަމަ ޖެހުމުން ބަލި މީހާ ނެރެހެން ގޮސް ލިފްޓަށް ވެއްދިއިރު ލިފުޓް ހަލާކުވެފަ. އެތަނުގެ ހުރިހާކަމެއް ވެސް ހުރީ މިފަދަ ހާލެއްގައި.

    13
  6. ޙަސަނުލް

    އިންޑިއާގެ ވަގު ސެޓްފިކެޓް ކޮރަޕްޓް ޑޮކުންނަށް ވަޒީފާ ދޭން ތި އުޅެނީ

    15
  7. ޕޮގުބާ

    ދިވެހިން ނުވާނެ ޑޮކްޓަރުކަން ކިޔަވާކަށް ފޮނިބޮޑްކަމުން ވާހަކަ ދައްކަންވެސް ނޭންގޭނެ ބަރާބަރު ކަމެއް ތިކުރީ

    7
    11
  8. ދިވެހި ދިދަވވބ

    ބިދޭސީން ނަމުގަ އިނސް އެހޯދަނީ އިންޑިޔާ މީހުން...

    18
    1
  9. Happy 134256

    އިއުލާންކޮށް ދިވެހިން ކުރިމަތިނުޅީމަ ދެން ބޭރުމީހުންދޯގެންނާނީ!!

    15
  10. ހޯރަފުށީ - ކުޑަރަށީދު

    ކާފަގެ ސުޕީޑަކުން މިކަމެއް ނުވާނެ! މި މަރުކަޒުންވެސް ނަރުސްކަމަށް ކުރިމަތި ލައިފަ ތިބި ރަށު ކުދިންނަށް ވަޒީފާ ހަމަ ނުޖެހި އުޅޭތާ މިހާރު މިވީ ކިތައްމަސް! ކާފައަށް ގުޅާ ގުޅާ ފޯނެއް ނުނަގާ! ނަރުހުންގެ ދަތިކަން މިތަނަށް އެހާމެ ބޮޑު! ކުރިމަތިލީ ކުދިންވެސް ވަޒީފާ ލަސްވާތީ ފުރަފުރައިގެން އެހެން ތަންތަނަށް އެދަނީ! މިކަން ހައްލުވާނީ މިކާފަގަނޑު މިނިސްޓަރުކަމުން އެކަހެރިވެގެން!

  11. މަބޭ

    މިސްޓަރ %10

  12. ސ

    ވަރަށް ދެރަ
    ސްޕެޝަލައިޒް ވެގެން އައިސް ވަޒީފާ ހޯދަން އުޅޭތާ ދެތިން މަސް ވެއްޖެ

  13. ހުސެން

    ދުވަސްކޮޅަކުން ދިވެހިނންނަށް އިންޑިއާ ޕާސްޕޯޓު ދޫކުރާނެ ، އެއިރުން ޝަރުތުފުރިހަމަ ވާން.

  14. ފޫހި

    މީ ޗައިނާ މީހުންގެ ގައުމެއް

  15. މުހަންމަދު

    ދިވެހިން ބާކީކޮށް އިންޑިޔާ މީހުން ގެންނަން އެއުޅެނީ...

  16. Anonymous

    ޥަޒީފަރ އެއް ނުލިބޭނެ އަނިޔަވެރިންނަ

  17. ޑޮކޯ

    ޑޮކްޓަރުކަން ކިޔަވާފަ މިޖެހެނީ ގޭގަ ެ. ޢިއްނަން. ޥ ދެރަ