އިންޑިއާ އާއި ދެކޮޅު ހަރަކާތައް ދިވެހިންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުވެސް އިންޑިއާ ދިފާއު ކުރައްވައިފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތަކާއި މީގެ ކުރިން ވެސް ނަޝީދު ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. ދެންމެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަވަން ވާނެ ކަމަށެވެ.

"އިންޑިއާ އާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި 100 އާއި ގާތް ކުރާ އަދަދެއްގެ އިންޑިއާ ސިފައިން އެބަތިއްބެވެ. އިންޑިއާ ސިފައިން ތިބީ ހދ.ހަނިމާދޫ އާއި ލ.ކައްދޫ/ގަން އަދި އައްޑޫ ސިޓީ ގަމުގައެވެ. ލ.އަތޮޅާއި އައްޑޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރު ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހުސެންދީ

    ނެކްސްޓް ޖޯކް ޕްލީޒް

    42
    2
  2. މާފަންނު ރައްޔިތުމީހާ

    އިންޑިޔާ މިލިޓަރީ އައުޓް އަށް ތާއީދު ކުރަން
    #އިންޑިޔާއައުޓް

    64
  3. ޙަސނުލް

    ތާއީދު އެބަ އޮތް ތިޔަ ފިނޑި ފިލި ލާދީނީ ކަލޭގެ ވެރިކަމަށް އަންނަން ޑީލްތައް ހަދާގެން އިންޑިއާގެ ފައިބުޑަށް ވެއްޓި ތި އުޅެނީ ތި ބައިގަނޑަށް ހަލާކު ހުރި

    67
    1
  4. ލެވޭވަރު

    ނޫން ނޫން! ތާއީދު ވަރަށް ބޮޑު! އެކަން އެނގެނީ އެކަން ހުއްޓުވަން ގާނޫނާ ޚިލާފް އަމުރެއް ސީދާ ރައީސް ނެރުމާއި، ރާއްޖޭގައި ތިބިހާ ވގ ޕޮލިސް ނެރެގެން އެ ހަރަކާތުގެ ބައިވެރިންގެ މައްޗަށް އަނިޔާވެރިވުމާއި، ދުވާލު ދެއިރު ބޭސްގުޅަ ކާހެން އަންނި ކުރާ ޓްވީޓް ތަކުން.

    63
    1
  5. ޓިކްޓޮކް

    މީނަވެސް ތަލަވެ ނުރަ ޖަހަނީ ދޯ!؟ ކަލޯ އަވަހަށް ދީނަށް ރުޖޫޢަވޭ!

    51
    2
    • ހުސޭނުބޭ

      ހައްލަކީ ބިޖެން ބޯކަޅުކުރާ ބޭސް. ގާސިމްބޭ ކައިރީގައި އަހާލަބަލަ. ކެކެކެކެކެކެ

      11
  6. ގައުމުގެފަރުދަކު

    ބަލަ މިހާރުވެސް އިންޑިޔާ މިލްޓަރީއާދެކޮޅައްކުރާ މުޒާހިރާގާއިބައިވެރިވަނީކިތައްދިވެހިރައްޔަތުންތޯއިދިކޮލައްފުރުސަތުދީބަލާ ޔާމީނުދެކެހާދަބިރެއްގަނޭ މިދެވެރިން ބަލަތިޔަކެނެރީނަޝީދަކީފައްކާއިންޑިޔާ ދެބޯގެރި ދުއްވާމީހެއްމިހާރުވެސް ވެރިކަމާހެދިބަގުޑި ބައްދަނީ ސޯލިހާ ކެނެރިނަޝީދުއާ ދެންމިހާރުތިޔަ ދެމީހުނެ ރައްޔަތުންބަލައެއްނުގަންނާނެ ގައުމުހަޒާނާ ކާރިކުދިންކޮޅައބަހާލި ގައުމު އިންޑިޔާައައްވިއްކާލި ވަކަންއިތުރުވި ރޭޕްއިތުރުވި ދީނައްފުރައްސާރަ ކުރާ މީހުންހިމާޔަތްކުރި ގައުމުދަރުވާލި މަސްތުވާތަކެތިއިތުރުވި ތަކެތީގެއަގުބޮޑުވީ ދެންރައްޔަތުން ނިކަމެތިވި؟

    42
  7. އަހްމަދު

    އަޅެދިވެހިންގެ ސަޕޯޓުއެކަމައް އޮތްތޯބަލާލަން މަގުމައްޗަށްމީހުންނުކުންނައް އެންމެދުވަހަކުވެސް ފުރުސަތުދާބަލަ ތިބޭފުޅާ ކޮސްކޮށްލާނަން އޭގެފަހުންގޮތްނިންމާ އެނގިދާނެތާ ސަޕޯޓުނެތިއްޔާ ހުއްޓުވަންނުކުތަސް މައްސަލައެއްނެތް

    46
    1
  8. އަހްމަދު

    ތިކަން އެގި ދާނެ އެއްވެސް ހިފެހެއްޓުމެއް ނެތި ހައްގު ބަސް ބުނުމުގެ ފުރުސަތު ދީބަަލަ. މިހާރު ބޭގަރާރާ ނެރެގެން ހައްގު ބަސް ބުނުމަށް ވަނީ ދަތި ކޮށްފަ. 30 އަހަރު ކުރިންވެސް ރައްޔިތުންގެ އަގައިގަ ޓޭޕް އަޅުވާފަވީ. ރައްޔިތުން ނަށް ހައްގު ބަސްބުނުމަށް ޖާގަ ދޭނަމޭ ބުނި މީހުން ވެރިކަމަށް އާދެވުނީމަ އެކި ވައްތަރުގެ ބޭ ގަރާރާ ނެރެނީ. ލޯހުޅުވޭމީހުނަށް ފެނޭތަ!

    48
  9. ހަގީގަތް

    ހެއްދަ ދީ ބަލަ އޭރުން އެކަން ދަށް ކާލާނަން

    36
  10. ހަސަން ކޮއި

    ނިކަން ތިބުނާ އެއްޗެއް އޮތްތޯ ބަލަން ސިފައިން ނުނެރެ ދޫކޮށްލަ ބަލަ..

    ކަށި ބިޑި އަޅުވައިފަ ބާތިއްބައިގެން ދިވެހީންގެ ވާހަކަ ނުދައްކާ.. އެހެންނޫނަސް ތީ ދިވެހީންގެ ތާއީދު މިހާރު އޮތްމީހެއް ނޫން

    ބޮޑު މަކަރުވެރިޔެއް..
    ހީލަތްތެރިޔެއް..
    ދޮގުވެރިޔެއް..

    މީ ތިބޭފުޅާގެ ވެރިކަން ހިގާ ކަންކަމަކީ..

    41
  11. ކާފަބޭ2020

    ތާއީދެއްނެތޯ އެކަމަކުމުޅިސަރުކާރު ޑިފެންސަށްފައިބައިގެން މިއުޅެނީކީއްވެތޯ؟

    40
  12. އަލީ

    ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އިންޑިޔާ އައުޓް ކެންޕޭން އާއި ވާދަ ކުރުމަށް ނިކުތުމުން ދޭހަވަނީ އިންޑިޔާ އައުޓް ކެންޕޭން ވަރަށް ކާމިޔާބުކަން ، އަދި ސަރުކާރަށް ސިހުންލިބި ޖެހިލުންވެފައިވާ މިންވަރުވެސް ދޭހަވެގެންދަނީ

    43
  13. ކޮއްޔާ

    މިރާއްޖެ ބަދުނާމުކޮށް ދިވެހީން ބާކީކުރަން ގޮވަންފެށި މޭސްތިރި
    އަކީ ނަޝީދު // ދިވެހީން ބާކީ އެއްނުވި ‘ ނިކަމެއްޗެއް ނުވެސްވާނެ // އިންޝާﷲ // ދެން ވިސްނާދޭން ނޫޅޭ //

    43
  14. 1234

    ރަގަޅު ވާހަކައެއް ؟

    9
    19
  15. ވިސްނާ

    އިންޑިއާ އާއި ދެކޮޅުޙަރަކާތް ހިންގަނީކޮންދިވެހިންނެތްތޯ އަމިއްލައެދުމުންފޯވެފައިވާ އަމިއްލަގައުމަށް ގައްދާރުވާބައެއްގެސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާ
    ގައުމު އަޅުވެތިވެ ގައުމުގެ ދަރިންނަށް ހާމަނުކޮށް ފޮރުވާފައިވާ ސިއްރު އެޖެންޑާގެ
    ސަބަބުން އެކަންއެގޮތަށްވުމަށްނޭދޭ ގައުމަށްލޯބިހުންނަގައުމުގެ ދަރިން އެކަމަށް
    ނުރުހޭކަން ހާމަކުރުމަކީ އިންޑިއާ އާއި ދެކޮޅުވުމެއްނޫން އިންޑިއާވެސް ގޯސްކަންތައް
    ގަބޫލްނުކޮށް އިމުންބޭރުވާކަމުގައިވނަމަ އެ މަންޒަރުބަލަން ނުތިބޭނެ ދިވެހިންގެ ތެރެއިން އިންޑިއާގެ ކޮންމެހަރަކާތަކަށް ތާއީދުކުރާ ފަރާތަކީ ދިވެހިންނަށްވެފާ ދިވެހިންގެ ތެރެއިން އިންޑިއާގެ ޙަރަކާތްތަކަށް ތާއީދުނުކުރާ ފަރާތްތަށް ދިވެހިންނަށް ނުވަނީތޯ
    އަހަރެންމީ ފަޚުރުވެރި ދިވެއްސެއް ހުރިހާކަމެއްގައި އިންޑިއާއަށް ތާއީދެއްނުކުރަން މިކަމުގެ
    ސަބަބުން ދިވެހިވަންތަކަމުގެ ކުޑަމިންވަރެއްވެސް އަހަރެންގެ ކިބައިން އުނިނުވާނެ އުނިވާނެ ކަމަށް ގަބޫލެއްނުކުރަން އެބޭފުޅަކަށް ހިމާޔަތް ދެއްވަނީ ( އެންބަސީން) އިންޑިއާއިން ކަމުގައި ހީވެލައްވާ އެގޮތަށް ގަބޫލްކޮށްގެން ތިބިކަމުގައި ވިއަސް އަހަރެން
    ނަށް ރަށްކާތެރިކަމާ ހިމާޔަތްދެއްވަނީ ﷲ އަބަދުވެސް ގަބޫލްކުރާނީ މިގޮތަށް މިއީ އިންޑިއާ އާއި ދެކޮޅުވާތީ ބުނާވާހަކައެއްނޫން މިއީ މިކަންއޮންނަގޮތް

    26
  16. ވާފިރު

    އިންޑިޢާގެ ހަރަޚަތްތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަށް ހުއްޓުވަން ފުލުހުންފޮނުވަނީ ކީއްވެތޯ

    36
  17. ައެމްއެމް

    އިންޑިއާ އެއްވެސް ދިވެއްސެއް ދޮކޮޅެއްނޫން. ދިވެހިން ކަން ބޮޑުވެގެން އަޑު އުފުލަނީ އަޑި ނޭގޭ އެއްބަސްވުންތަކެއް ހަދާ އިންޑިއާގެ މިލިޓަރި މި ރާއްޖޭގައި ގާއިމްވެ ތިބޭ ތިބުން. އިންޑިއާ މިލިޓަރީ އައުޓަށް ދިވެހިން ގޮވަނީ. މިހެންވެ ދިވެހިން ނިކުތީމަ ގަރާރު ފާސް ކޮއްގެން ދިވެހިން ގެ އަގަ ބަންދުކޮއްފަ ތާ އޮތީ . ސިފައިން ، ފުލުހުން ދިވެހި މިހެން ކިޔާ ޖިންސުއްލަތީފުން ފަހާދުވަނީ ތާ. ދިވެހިންނަށް ބަސް ބުނުމުގެ ހައްގު ވަނީ އިހުނަށްވުރެ ބޮޑަށް ނިގުޅައިގެންފަ. އަޅެ ބަލަން ބަސް ބުނުމުގެ ހައްގު ދީބަލަ ވާގޮތް ބަލަން. މިކަމަށް ތާއީދު ކުރަނީ ކިތައް މީހުން ތޯ ބަލަން. ސޭކްބޭ.

    35
  18. ނަޒީ

    އިންޑިޔާ އެއްނޫނޭ! އިންޑިޔާ މިލިޓަރީ އޭ!

    32
    1
  19. ރައްޔިތުމީހާ

    އިންޑިޔާ މިލިޓަރީ އައުޓް އަށް ތާއީދު ކުރަން
    #އިންޑިޔާއައުޓް

    11
  20. ހަސަނާ

    ކުލޭޟް

  21. ސަލާމް

    މީ މޮޔަކުއްޖެއް .

  22. ހިންދުވާއައުޓް

    ތާއިދު ނެތް ކަމެއްގައި ކލމެން ހޭބލ ވެގެން ގަރާރު ނެރެ ސިފައިން ނެރެ މޮޔަވަނީ ކީއްވެ

    13
  23. އަހަންމަދު

    އިންދިޔާއަކަށްވެސްކަލެއަކަށްވެސްދިވެހިންގެތާއީދެއްނެތް!

    11
  24. މުހަންމާ

    2023 ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެނގޭނެ ދިވެހިންގެ ތާއީދު ހުރިވަރު، ނަސީދު މޮޔަ ނުގޮވާ، ނަތީޖާ ބަލާން ހުރޭ،

    11
  25. ސަހު

    ދިވެހިންގެ ތާއީދު ނަޝީދު އަށް ވެސް ނެތް

    11
  26. ޙަޒާ

    ތާއީދު .
    އިންޑިއާ އައުޓް

    10
  27. ޖުލައި

    ލަދެއް ހަޔާތެއްވެސް މިމީހާގެ ހުރިނަމަ މިކަހަލަ ސިކް އަނގައެއް ނުތަޅާނެ

    12
  28. ނަސީ

    ޢަންނި ދައްކާ ވާހަކަ އަކީ އެންމެންގެ ވާހަކަޔަކައް ވާކައްނުޖެހޭ އެހެންވީމާ އިންޑިޔާ ގެ ގޮތްނޭނގޭ ޑީލް ތައް ވައްރައްވެސް ބައިވަރު

    11
  29. ރާއްޖެތެރެ

    ފަހުގެ ތާރީހެއްގަ މިހާ ފީކަޅާ ބަޔަކު ރައްޖޭގެ ވެރިކަމައް ނާރަ

  30. ސޯފާރއަވޭ

    އިންޑިއާ އާއި ދެކޮޅު ހަރަކާތައް ދިވެހިންގެ ތާއީދެއް ތޭ ނެތީ ކެނެރީގެ ނަޝީދަށް އިންޑިއާ އެމްބަސީން މަހަކު 1 މިލިއަން ޑޮލަރު ކަޓެއްގެ ގޮތުގައި ދޭތީވެ އިންޑިއާގެ އެތައް ހާސް ސިފައިންނެއް ރާއްޖޭގައި ބައިތިއްބައިގެން އުތުރު ތިލަފަޅު އިންޑިއާ އަށް ހިލޭދީގެން ކެނެރީގެ ކޮރަޕްޓް ބޮޑެތި ވަގުން ތައް ރައްޔިތުންގެ މިނިވަން ކަން ވިއްކައިގެން ވައްކަން ކުރަނީ ނޫންތޭ އެއީ ދިވެހިރައްޔިތުންގެ ތާއީދު އޮތް ކަމެއް ނޫނޭ ކެނެރީގެ ނަޝީދަށް ކެރޭނަމަ ކެރިދާނެތޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން އިންޑިއާ އައުޓަށް ތާއީދު ކުރަނީ ކިތައް މީހުން ކަން އިނގޭނެއޭ ކެނެރީގެ ނަޝީދަކީ އެއީ ދިވެހިރައްޔިތުންގެ ތާއީދު ދުވަހަކު ވެސް އޮތް އެއްޗެއް ނޫނޭ ޔޫއާރ ސޯފާރ އަވޭ ފްރޮމް އިޓް ސޯފާރ އަވޭ ފްރޮމް އިޓް އޯއް ޔޭއް ޔޫއާރ ސޯފާރ އަވޭ ފްރޮމް އިޓް...

  31. ޗޭންޖް

    އިންޑިއާ އައުޓް އެއީ ރާއްޖެ ދެވަނަ އިޒްރޭލަށް ބަދަލު ކުރަން އެމެރިކާ އަޑީގައި އޮވެގެން އިންޑިއާ ލައްވާ ރާއްޖޭގެ މިނިވަން ކަން އޮޅުވާލުމާއި މަކަރާއި ހީލަތުން ކެނެރީގެ ނަޝީދަށް ކަޓްދީގެން އިންޑިއާ އިން އެކަން ވަގަށް ކުރަން އުޅުމުން ފަޅާ އަރުވާލި ދިވެހިއޮރިޖިނަލް ޑީއެންއޭ ހުރި ދިވެހިދަރިންގެ ހަރަކާތެކޭ އިންޑިއާ ސިފައިން ބާލާދުވަސް ގާތްވަނީއޭ ފިއުޗަރ އިޒް އިން ދިއެއަރ ކޭން ފީލް އިޓް އެވްރީވެއަރ އިންޑިއާ އައުޓް އިޓްސް އަ ވިންޑް އޮފް ޗޭންޖް އިޓްސް އަ ވިންޑް އޮފް ޗޭންޖް...

  32. އަންނި އަށް

    ކަލޭގެ ދެފުށް ކެހެރި ވިސްނުމަކަށް ވެސް އަހުރެންގެ ތާއިދެއް ނެތެވެ. އިންތިހާބެއް ކައިރިވުމުން ކަލޭ އާއި އިބޫ ރާވައިގެން ކުޅެނީ ހަމަހުސް ޑްރާމާ އެވެ

  33. Anonymous

    ގައުމުގެ ހަލާކު