ރިޒޯޓުތަކުގެ ބިމުކުލި ބޮޑުކޮށްގެން ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ބަދަލުގައި އަދުގެ ސަރުކާރުގެ ވިސްނުމަކީ ބިމުކުލި ކުޑަކޮށް ވިޔަފާރިތައް ކުރިއަރުވައިގެން ޓެކްސް ބޭސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން، "ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރިޒޯޓުތަކުގެ ބިމު ކުލިން އާމްދަނީ އިތުރުކުރުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިތަކެއް ކުރިއަރުވާ ޓެކްސް ބޭސް ބޮޑުކޮށް އޭގެން ލިބޭ ޓެކްސް އާމްދަނީ އިތުރުކުރުން ކަމަށެވެ.

މިގޮތުން ސަރުކާރުން ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ވިޔަފާރިތަކުން ނަގާ ކުލިތައް ބޮޑުކޮށްގެން ވިޔަފާރިވެރިންނަށް އިތުރު ތަކުލީފެއް ޖައްސާކަމުގައި ވާނަމަ ވިޔަފާރިތައް ކުރިއަރުވަން އިތުރު ހުރަސްތަކެއް އެޅިގެން ދާނެ ކަމަށާއި އަބަދުވެސް ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ބިމުކުލި ކުޑަކުރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބިމުކުލި ކުޑަކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެ ސަބަބުން އައްޑޫ އަތޮޅުގައި ހިންގަމުން އައި ރިިސޯޓުތަކަށްވެސް އަދި ހއ. ގެ ނޯތުގައި އަދި ގދ. ގއ ގައި ހިނގަމުން އައި ރިސޯޓުތަކުގެ އޯނާސްވެސް ސަރުކާރާ ދެކެވޭ ވާހަކަ ތަކުގައި ވަރަށް ބޮޑަށް ފާޙަގަކުރޭ ތިމަންނަމެންނަށް ފަސޭހަވެއްޖޭ. އިތުރު އިންވެސްޓްމަންޓްސް އެ ސަރަހައްދަން ގެންނަން ޝައުގުވެރިކަން ހުރި ވާހަކަ ދައްކާ" އަމީރު ވިދާޅުވިއެވެ.

އިންވެސްޓަރުން އިތުރަށް ޝައުގުވެރިކުރުމަށް ސަރުކާރުން އަބަދުވެސް ގެންގުޅުނު ސިޔާސަތީ ބިމު ކުލި ކުޑަކުރުންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރިޒޯޓުތަކުގެ ބިމުކުލި ކުޑަކޮށްގެން ދައުލަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ.

އެހެންނަމަވެސް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ގަވަނަރު ވަނީ މިއީ ރިޒޯޓުތަކުގެ ބިމުކުލި ކުޑަކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެ، ލަންކާއަށް ދިމާވި ހާލަތުން އިބުރަތް ހާސިލްކުރުމަށް ގޮވާލައްވާފައެވެ. އެކަމަށް އަލި އަޅުއްވާލައްވާ މިއަދުގެ ކޮމެޓީގައި މިނިސްޓަރު ވެސް ވިދާޅުވީ ރިޒޯޓުތަކުގެ ބިމުކުލި ކުޑަކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ނުފެންނަ ކަމަށެވެ.

ސަރުކާރުގެ އިކޮނަމިކް ކައުންސިލުން ވެސް ވަނީ މިއީ ރިޒޯޓުތަކުގެ ބިމުކުލި ކުޑަކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ނިންމާފައެވެ.

ރިޒޯޓުތަކުގެ ބިމުކުލި ކުޑަކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިދިކޮޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ. އެގޮތުން ރިޒޯޓުތަކުގެ ކުލިކުޑަކުރަން ސަރުކާރުން އުޅެނީ ސަރުކާރުގައި ހިއްސާވާ ރިޒޯޓު އޯނަރުންގެ އެދުމަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެންނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނނނ

    ލުބޯކިބައެއް ހެން ފެލާލާ

    12
  2. Anonymous

    އެކަމަކު ރޭގަ ރައީސް ވިދާޅުވި ތިޔަކަންތައް އެހައް މަޑު ޖައްސާލާފައޭ އޮތީ.

  3. ޓެކްސް ދަ ވީކް އެންޑް ހެލްޕްލެސް

    ވަރަށް ރަނގަޅު ނިންމުމެއް. މުއްސަންދިންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ލުއި ދީފައި ރިސޯޓް ވިޔަފާރިއާ ގުޅުމެއް ނެތް އެންމެހާ ދިވެހިންނަށް އިތުރު ޓެކްސް އިން އެ ތަކުލީފު އުފުލަން ޖެއްސުމަކީ ހަމަ އެއްވަނައިގެ ކަމެއް. 2023 ވޯޓް ލިބޭނެ ވަރަށް ރަނގަޅަށްވެސް.

  4. ޢަލީ

    ދެން ކީއްވެ ހިޔާ ފްލެޓްތަކުގެ އަގު ހެޔޮނުކުރީ ކުރިނަމަ ކިހާ ޖީއެސްޓީއެއް ލިބުނީސް،

    11
  5. Anonymous

    ނިކަމެތި ރައްޔިތުން ފެލުން މިލާދީނީ ސަރުކާރުގެ ބޭނުމަކީ

    20
  6. ޑެނީ

    އަދިވެސް ރައްޔިތުން ފެލާނެ ގޮތެއް ބެލޭތޯ އެމްޑީޕީގެ ސަރުކާރުން ބަލަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމާއި ފެލަނީ މަގުމަތީގައި އުޅޭ ފޭރޭ މީހުންނާއި ތަފާތެއް ނެތެވެ

    16
  7. އަލީ

    ނިކަމެތިރައްޔިތުންފެލާ ދިވެހިރައްޔިތުންގެ ބިމާ ފަޅުރައްތައް ކުޑައަގުގަ ވިޔަފާރިވެރިން ނައްދެނީ ވެރިކަމުގެ ދަހިވެތިކަމުގަ ހުރިހާ ރައްޔިތުން މީނަބޭރުކުރަން ވޯޓްއަޅަންވީ މީނަހުވާ ކުރީއްސުރެ މިހާލުގަ މިދަނީ ގައުމު ދުނިއޭގެ އެކިޖަމާއައްތަކުން އެދަނީ ރިފޯޓްތައްނެރެމުން

    12
  8. އައްނި

    ރައްޔިތުން އަތުން ނަގާ ޖީއެސްޓީ 12ޕަސެންޓައް ޖައްސާލަނިކޮއް ސަރުކާރު ހަމަޔަކައް އެޅޭނެ ވީމާ ވިސްނުމަކީ މިކަން ކުރުން މިނޫންގޮތެއް އަވަސްގޮތަކައް ހޯދޭކަށެއްނެތް ގޮތެއް ނުހޯދިއްޖެނަމަ ގައުމު ހަލާކު ވާނެ ކަމައް މަވެސް އެއްބަސް

    6
    4
  9. ހަހަ

    ޓެކްސް ފެލަނީ ރައްޔޖތުމީހާއަތުން. މަހުޖަނައް ސަބްސިޓީދީފަ. ވަރއް ވިސްނުންތެރި 😂. ރައްޔިތުނައް އަނެއް ބަލާވެރިކަން.

    15
  10. މިހުރީ ހަނު

    އަޅެ ފަހެ ކަލޭމެންގެ ސިކުނޑި ހަމަ ބޮޑީތަ؟

    19
  11. ޑައެލޯގް

    ސަރުކާރުގެ މަގުސަދަކީ ގާސިމުމެނަށްލުއިދީ މަހަކު 60،000 ރުފިޔާލިބޭ މީހުންއަތުން ޓެކްސްނަގާ ފެލުމެވެ.

  12. ައަންހެންމަންޖެ

    ރިޒޯޓުތަކުގެ ކުލި އެއްކޮށް ކަނޑާލާފަ ޖީއެސްޓީ 25 ޕަސެންޓަށް ޖެއްސީމަ ނިދާފަ ތިބެގެންވެސް ސަރުކާރު ހިންގާލެވޭނެ މިލާއިދިނީ މޮޅުބުއްދިއެއް އަވަސް ކުރޭ

    1
    1
  13. ލޯބިވާ ވަޠަން

    މުއްސަނދިންނަށް ޓެކްސް މައާފްކޮށް ފަޤީރު ނިކަމެތިން ފެލަން ހިފާފަ.

  14. ފައިސާ

    ސަރުކާރުގެ ސިޔާސަތަކީ: މުއްސަނދި އަތުން ނަގާ ލާރި ކުޑަކޮށްފާ.... ނިކަމެތި ރައްޔިތުން ފެލުން

  15. ސަލް

    ރިސޯޓެއްގެ ސާފު ފައިދާއަށް އަހަރަކު އެބަޖެހޭ 10 މިލިޔަން ޑޮލަރާއި 6 މިލިޔަންޑޮލަރާއި ދެމެދހ އަދަދެއް. ދެން ކީއްވެތޯ އެމީހުންގެ ކުއްޔައް އަދި ފަސް ލައްކައެއްހާ ޑޮލަރު އިތުރު ނުކުރެވެންވީ.؟ ދައުލަތުގެ ދަރަނި އެހެރީ މުޅިގައުމުގެ ޖީޑީޕީގެ 122 ޕަސަންޓުގަކަން ޖޭޕީ މޯރގަންއިން ވެސް ވަނީ ހާމަކޮއްފަ. މިއީ އެއްގޮތަކަށްވެސް ހަމަ ބުއްދިން ވިސްނާލިޔަސް ރަނގަޅު ދަރަޖައެއްގެ ދަރަނި އެއްނޫން. ގައުމެއްގެ ދަރަނީގެ ނިސްބަތް އެގައުނުގެ ޖުމްލަ އަހަރީ އުފެއްދުންތެރިކަމުގެ 60% އަށްމައްޗައް އެންމެ މަތިވެގެންގެވސް އަރައިގެން ނުވާނެ. ޓެކުސް ލާރިން ތިގޮތައް މި ދަރަނި އަދާ ކުރަން ވިސްނުމަކީ ދަރަނި މަތީ ތިބެންޖެހޭ މުއްދަތާއި ޒަމާން އިތުރުވާނެކަމެއް. އަދި އެ މުއްދަތުގައި ދުނިޔެއަށް އަނެއްކާވެސް ބޮޑު އިގްތިސޯދީ ހީނަރުކަމެއް އަތުވެއްޖެނަމަ އެކަމާއި ކުރިމަތި ލުމުގެ މާލީ ގާބިލުކަން ގައުމުގައި އޭރަކު ނުހުންނާނެ. ވީމާ ރިސޯޓު ކުލި ބޮޑު ކޮއްގެން މިދަރަނި ކުޑަ ކުރުން ވަރައް މުހިންމު. އެއީ ދުނިޔޭގެ މަސްރަހު ބަދަލުވެގެން މިއަންނަ ގޮތްތަކަށް ރިއާއަތްކޮއް ވިސްނަންޖެހޭ ކަމެއް. އެހެން ނޫނީ ފަަހަރެއްގައި ލަންކާއަށް ދިމާވެގެން އުޅޭފަދަ ނުރައްކާތެރި ދުވަސް ދިވެހިން ހިތިގޮތަކަށް ތަޖުރިބާކުރަން ޖެހިދާނެ.

  16. އަރީ

    އެހެންވީމާ މިއޮތީ މި ސަރުކާރު ބަދަލްކުރުމުގެ ވަގުތު ޖެހިފަތާ. ރިސޯޓްތަކުން ބޮޑު ކުލިވެސް ބޮޑު ޓެކްސްވެސް ނަގަން ޖެހޭނެ.

  17. ސސ

    އެހެން.. ރިސޯޓު ކުލި ކުޑަކޮއްފައި ރައްޔިތުން އަތުން އެބައި ހަމަ ކުރޭ. ތިއޮތީ ވެރިކަން ދެމެހެއްޓިފަ. ވޯޓުވެސް ތިއޮތީ ލިބިފާ.

  18. ހުސެން

    ބަލަ އެމްޑީޕީގެ އެއްވެސް އިސްނެގުމެއް ކާމިޔާބުވެފަ އެބައޮތްތަ ! ނެތް . ތީ ރާއްޖެ ބަނަގަރޫލް ކޮށްލުމުގެ ސިޔާސަތުގެ އާބޮޅެއް!!

  19. ސސ

    ސަރުކާރުން ކީއްވެތަ ރާއްޖެގައި ވަޒީފާއަދާކުރާ ބޭރު މީހުން އަތުން ކުރީ ސަރުކާރުން ނަގަމުން ދިޔަ ރެމިޓެންސް ޓެކުސް ހުއްޓުވާފަ ދިވެހިންއަތުން ޓެކުސް ނަގަން މިހިފަނީ. ؟ އެއީ ތޯ އިންޑިޔާއިން އަމުރު ކުރިގޮތަކީ.؟