ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފައިވާ ޅ.މާބިންހުރާ ނެރުމައްޗަށް ދޯންޏެއް އުރިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެރަށުގެ ނެރުމައްޗަށް އުރިފައި ވަނީ "އުއްމީދު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ހާދިސާއާ ގުޅުގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:55 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ދޯންޏަކީ މ.މުލި ކަނދުފަތިން މަސް ބާނައިގެން މާބިންހުރާއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ

މި ހާދިސާ ހިނގިއިރު ދޯނީގައި އެވަގުތު ތިބީ 10 ދިވެހިންނާއި އެއް ބިދޭސީ ފަޅުވެރިއެކެވެ. މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    އެމް،އެން،ޑީ،އެފް މީހުން އެތަނަށް އައީ 1:30ވަނިކޮށް. އަދި އައިސް މޮޅެތި މައުލޫމާތު ދޭނު އެބަ. ދޯނީގަތިބި ހުރިހާ މީހުންނާ ދޯނީގަހުރި ހުރިހާ އެއްޗެއް އޭރުހުރީ މާބިންހުރާއަށް ގެނެސްފަ. މާފިލާފުށިން ފުރައިގެން 20 މިނިޓުން އެހިސާބަށް އާދެވޭނެ.

  2. ޕޮގުބާ

    ތިވަރުގެ ބޮޑެތި ރާޅުހުރި ނެރަކަށް ވަންނަންވާނީ ވަރު ބަލާފަ މަސްވެރިން މަސްނުވިކިގެން ފަނާވާއިރު ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތަށްޔާރުވަނީ

    1
    1
  3. ނޮޓްފަނީ

    މެންދުރު ތިތަނަށް އަރާ ހިކޭނީ ވަރަށް މޮޅުވީމަ