ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބޮޑެތި ބައެއް މަގުތައް މާދަމާ ދޮޅު ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ބަންދު ކުރަން ނިންމާފައި ވަނީ ރެޑް ކްރެސެންޓުން 'ހެޔޮހިތުން ރަން'ގެ ނަމުގައި ބާއްވާ ދުވުމުގެ ހަރަކާތް ބާއްވާ ވަގުތުގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަގުތަކެވެ.

އެގޮތުން މާދަމާ ހެނދުނު 6:00 އިން 7:30 އާ ހަމައަށް ފިތުރޯނު މަގާއި، ޗަނބޭލީ މަގާއި، ހަނދުވަރީ ހިނގުން ބަންދުވާނެއެވެ. ހަމައެހެންމެ އިތުރު އަށް މަގެއްގެ ވަކި ސަރަހައްދެއް ވެސް އެވަގުތުގައި ބަންދުވާނެއެވެ.

މިގޮތުން އަސުރުމާ ހިނގުމާއި، ރީތިގަސް މަގާއި، ސައިމާ ހިނގުމާ، ހުވަނދުމާ ހިނގުމާއި، ނިރޮޅު މަގާއި، ހިތިގަސް މަގުގެ އިތުރުން ކުރެދިމާ ހިނގުން މި އަށް މަގުގެވެސް އެއްބައި އެވަގުތުގައި ބަންދުވާނެއެވެ.

މާދަމާ ރެޑް ކްރެސެންޓުން ކުރިޔަށް ގެންދާ ދުވުމުގެ ފެށުމާއި ނިމުން ވެސް އޮންނާނީ ސެންޓްރަލް ޕާކުގައެވެ.

'ހެޔޮހިތުން ރަން' އަކީ ކޮންމެ އަހަރެއްގެ މޭ އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟާން

    މިދެން ކިހާދެރަކަމެއް... މީހުންނައް ދުއްޕާން ކުރުން ނޫންކަމެއް ނުކުރާތި.. ޕާކުވަޝާ ދުވަންވީނުން.. މާލެ އިން ހުޅުމާލެ ދާ މީހުން ތިބެން ވީ 30 މިނެޓް ބަންދުގަ ދޯ!!!