މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1200 ޓަނުގެ ކުނި އުފައްދާ ކަމަށާއި، އަޅާނުލައިފި ނަމަ ތިން އަހަރު ފަހުން ތިލަފުށި ކުނިން ފުރޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯ އަދި އެންވަޔަރަމެންޓް މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ އާއިޝަތު ޝައުނާ ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި އުފެދޭ ކުނި އަޅަމުން އައީ ކ. ތިލަފުއްޓަށް ކަމަށެވެ. ތިލަފުއްޓަކީ ކުނީގެ ފަރުބަދައެއް ކަަމަށް ސިފަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ ތިލަފުށިން އަރާ ދުންތައް ހުއްޓުވާ ޒަމާނާ އެއްގޮތަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ހަމައެކަނި މާލެ ސަރަހައްދަށް ބަލާލިޔަސް މާލެ ސަރަހައްދުން އެކަނި އެބަ އުފައްދާ ދުވާލަކު 1200 އެއްހާ ޓަނުގެ ކުނި. އެއީ ކޮންސްޓްރަކްޝަން ވޭސްޓާއި، ބަދިގެ ކުންޏާ، ޕްލާސްޓިކް ކުންޏާ، ދަނގަޑާ އަދިވެސް އެކި ބާވަތް ބާވަތުގެ ކުނި އެބަ އުފައްދާ. މި ރޭޓުގަ އަޅުގަނޑުމެން ކުނި އުފައްދަމުން ދާނަމަ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ތިލަފުށި ފުރިގެން ދާނެ" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖެއަށް އެހީދޭ ފަރާތްތަކާއިއެކު ކުރެވޭ މަސައްކަތްތަކުގެ އެންމެ ބޮޑު އެއްބޭނުމަކީ ކުނީގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ.

މިހާތަނަށް ކުރެވުނު އެންމެ އެންމެ މުހިންމު މަސައްކަތަކީ ތިލަފުށިން 20 އަހަރު ވަންދެއް އެރި ބޯ ދުންގަނޑު ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަފުށީ މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ އިންްފްރާސްޓްރަކްޗަރ ބައި މުޅިން ނިމި މިހާރު އޮޕަރޭޝަންގެ ބައި ފެށިފައި ވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި މަޝްރޫއު މުޅިން ނިމޭއިރު، ތިލަފުށީގައި އުފެދޭ ޕްލާސްޓިކް ކުންޏާއި، ދަގަނޑު އަދި ކޮންސްޓްރަކްޝަން ވޭސްޓުގެ އިތުރުން ނުރައްކާތެރި ޓޮކްސިކް ވޭސްޓުވެސް ވަކިކޮށް ސެގްރިގޭޓްކޮށްފައި ބެހެއްޓޭނެ ވަސީލަތްތައް ތިލަފުށީގައި ގާއިމްކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޮގުބާ

    އެމްޑީޕީ ވެރިކަމުގަ ތިލަފުށީ ގޮންޑުން ދުންނާރާތީ ތިކަންތިވަނީ ދެންވެރިކަމަށް އަންނަ ބަޔަކަށް ބަލާބޮޑުކުރަން އެމްޑީޕީން ކުރާ ކަމެއް

    10
    2
  2. ޕީޖީ

    ގައިމުން ތަންކޮޅެއްކުރިން ޓީވީން އަހަރެން ދުށިން ކަމަނާ ތިލަފުށީގައި ހުރެފާ ކުނިފަރުބަދަނަގާ އެތަންސާފުކުރިވާހަކަ ދައްކަނިކޮށް އެފަހުއަދި ނުވާނެ މާކަ ގިނަދުވަހެއް. މިހާރު ކުނި ނައްތާނުލަނީތޯ؟

    12
    • ފިކުރުބެ

      އެހެންކިޔާފައި މީނަ ކުރިކަމަކީ ކުނިފިއްތާފަ އޭގައި ހުދު ޕުލާސްޓިކު އޮޅުން، ދެން އެފުނިވަރުން ސުނޯ ފަރުބަދަ ހަދާނީ..... 😅😂🤣

  3. މިހާރު ކީކޭ މި ކިޔަނީ

    އިހަށް ދުވަހު ބުނި ކުނި އަންދައިގެން ކަރަންޓް ނަގަނީއޭ އެތާ ކޮންކުރީޓް އަޅާފައި މާލޭ ސަރަހައްދަށް ބޭނުންވާ ކަރަންޓްގެ ބޮޑު ބަޔެއް އުފައްދަނީޔޭ މިހާރު ކީކޭ މި ކިޔަނީ

  4. ތަމެންދޯ

    ވެމްކޯ އަށް ފައިސާ ނުލިބި ހުރުން އެއީ މިސަރުކާރުން ވެމްކޯ ހިންގަންލާ އެމްޑީން ނާއި އަދި ބޯރޑް މެމްބަރުންގެ ގައިގައި އެގާބިލް ކަން ނެތުމުންވާގޮތޭ އެއީ ދަ ކިއްލިތަޅާ ކިޔަވައިގެން ތިބި ވާނުވާ އިން ކަރުގައި ޓައި ބައްދާފައި އެމްޑީ ކަން ދިނުމުން ވާނެ ގޮތޭ މިއޮތް ގެން ރާއްޖެ އަށް ވަނީ ދެން އަނެއް ކޮޅުން ގެ ބިސީ ތަކުން ދުވާލަކު 20 ކޮތަޅަށް ނުޖެހޭނެއޭ ކުނިތައް އަޅާ ވަކިކުރަން އެއަށް ވުރެން ރަނގަޅު ނޫންތޭ މާލޭގެ މަގުތައް މައްޗަށް ތިމާވެށި މިނިސްޓަރު ނިކުމެ ކުނި ހޮވިއްޔާ މާތާހިރުވާނެއޭ ސަރުކާރުގެ ފައިސާ ގަނޑު ބަނޑުއަޅަން ގޭގައި އިނުމުގެ ބަދަލުގައި...

  5. ދާންވީއޭ

    ވެމްކޯ އަށް ފައިސާ ނުލިބިވާނަމަ ވެމްކޯ އަށް އޮންނާނެއޭ އެކަމުގައި ޝަރީއަތަށް ގޮސްގެން އެފައިސާ ހޯދުމުގެ ހައްގު އެކަން ނުކޮށް ދެން ވެމްކޯ އިން މާލެ ސިޓީ ކައުންސިލް މޭޔަރު މުއިއްޒު އަލިފުލައިލާ ވާހަކަ ކިޔާ ގޮތަށް ސަރުކާރުން އެއްބާރުލުން ނުދެނީއޭ ކިޔާ ކުރުވާހަކަ ކީ ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މާލެ ސިޓީ ކައުންސިލުން ކިއެއްވެތޭ ކޯޓަށް ގޮސްގެން އެމެންނަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ބާރުތައް ސަރުކާރުން އޮބިއަޅާތީވެ ކޯޓަށް ނުދަނީ ދާންވީނޫންތޭ އޭނާ ކޯޓަށް...

    3
    1
  6. Anonymous

    އަވަހަށް ޓަޓުވާޔަށް 100 އަހަރަށް ތިލަފުށި ދީ..ދީފަ ބުނޭ މަގުމައްޗަށް ނިކުމެފަ އިންޑިޔާއިންނޭ ކުނިކޮޅު ނައްތާލަދެނީވެސް.

  7. ބުރުގާ

    މިހާރު ކެނެރީގޭ ނަޝީދައްވުރެވެސް ޝައުނާ މާ މޮޅުވާނެދޯ ތިމާވެށީގެ ކަންކަމައް..

  8. ކިނބޫ

    ތި މަގާމަށް ލާފަ ތިހުރީ ނޫސްތަކަށް ހަބަރު ފޮނުވާކަށް ނޫން. ކަންކަން ޙައްލުކުރާނަމޭ ކިޔައިގެން ފޮނިކެނޑީމަ. ނުވަންޏާ ގެއަށް ކަނޑާލާ.

  9. އަލްޖިބްރާ

    މީހަކު އޭނާގެ އަމިއްލަ ޚިޔާލަށް ބިމެއް ހިއްކާ އެތަނަށް މާލޭން އުކާލާ ކުންޏާއި ރެސޯރޓްތަކުން ގެންނަ ކުނި އެޅޭނެ ގޮތެއް ހަދާފަ އޮންނަތާ މިހާރު ވީ ކިތަށް އަހަރު ކަމެއްވެސް ނޭގޭ ! ކަލޭ ތިޔަތަނާ ހަވާލުވެގެން ކުރިމަސައްކަތެއް ދިވެހިރައްޔިތުންނަށް ފެންނާކަށް ނެތް ! ދެން ތި ގޮވަނީ ތަން ފުރޭވާހަކަ ! ކަލޭމެން ތަންތަނުގެ ވެރިންނަށް ލާފަ ތިބީ އެކަންތައްތައް ހައްލުކުރަން ! މާލޭގަ މީހުންގިނަވެ ވިޔަފާރި ގިނަވަނީނަމަ ކުނިވެސް ގިނަވާނެ ! އާއްމުންނަށް ދުއްތުރާކުރަން އުކާލާ ކުނި ވަކި ވަކި ކޮތަޅަށް އަޅަން އެންގުމަކީ ޖެއްސުން ކުރުން ! އެންމެ ކުޑަމިނުން އެކިވައަްތަރުގެ ކުނިއަޅަން ކަލޭމެން ރައްޔިތުންނަށް ތިބުނާ ގޮތް ގޮތަށް ކުނިބަންދުކުރަން ކޮތަޅުގަޑެއްގެ މިންވަރު ފޯރުކޮށްނުދެވޭނަމަ ފާޑު ފާޑުގެ މުސީބާތުގެ ޤަވާއިދު ތަށް ނަހަދާ މިކަމެއްނުވާނޭ ކިޔާފަ ގެއަށް ދޭބަލަ !

  10. އަބްސީ ރަސީދު

    އެންދުން ހުއްޓާލީ މަހީކުރި ކުނިން ޒާތްޒާތުގެ ތަކެތިހަދަންފަށައި ކުނި ރަނގަޅަށް ނއްތާލެވެން ފެއްޓުނީމަކަަމަށް. ދުންއަރާތީ ހުއްޓާލީމަ ދެން މި ފުރެނީ ރާސްލާފަ. ތާހިރެއްނު މިހާރު ތިލަފުށި ފުރެނީއޭ ބުނީމަ. އެނޫންގިތެއް ނެތީމަ ކުރިންވެސް އެންދީ. މޮޅުވާންވެެގެން އައިސް އެންދުން ހުއްޓާލާފަ ކުނިން ރަންރިހި ހަދަންއުަލުނަސް އެކަން ނުވާނެދޯ!!