ހދ. ނާވައިދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ ފޮޓޯތައް އެމްޓީސީސީން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ފޮޓޯތަކުން ހަޓްގެ މަސައްކަތްތައް ނިމިފައިވާ ތަން ފެނިގެން ދެއެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަޓް ހުރީ ހިޔާކޮށްފައެވެ. ހަޓް މަތީގައި ހަރުކޮށްފައި ފަނެވެ. ހަޓް އެތެރޭގައި މީހުންނަށް އިށީންދެގެން ތިބެވޭ ގޮތް ހަދާފައި ވެއެވެ. އަދި ހަޓްގެ އެތެރެ ދިއްލާފައި އޮންނައިރު، ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ.

ނާވައިދޫ ފެރީ ހަޓް ވަރަށް ފުރިހަމަ - ފޮޓޯ: އެމްޓީސީސި

އެމްޓީސީސީން މިއަދު ދިން މައުލޫމާތަށް ބަލާއިރު، ހަޓްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ، މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށެވެ.

މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރެވޭ ފެރީސްޓޮޕްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު