އައްޑޫގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް މިރޭ 19:45 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވި ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން އިކްއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލަތާއި ގުޅޭ މައުލޫމާތު ހޮސްޕިޓަލުން ފޯނަށް ޖަވާބު ނުދޭތީ އަދި ނުލިބެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިމަހު ކުރީކޮޅު މާލޭގައި ވެސް އެމްބިއުލާންސެއް ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގިއެވެ.