ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އާއި ވާދަކުރަން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުން މީސް މީޑިއާގައި ފެށި ކެމްޕޭނަށް ވުރެ އިދިކޮޅު ފަރާތްތަކުގެ އަޑު ގަދަވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި "Baakeenuvey#" ކެމްޕޭންގެ ބައިވެރިން ބުނަމުން އަންނަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެގެން އެބަދެއެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ "Baakeenuvey#" ކެމްޕޭނާއި ވާދަކުރަން އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭނުންކުރަން ފެށި ހޭޝްޓެގަކީ "DhashuNuvey#" އެވެ. އެއާއިއެކު ސަރުކާރުގެ ބާކީނުވޭ ކެމްޕޭނަށްވުރެ މާގިނަ މީހުން ވަނީ ދަށުނުވާށޭ ބުނެ ޓްވީޓް ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ބާކީނުވާށޭ ބުނެ ކުރި ޓްވީޓްތަކުގެ އަދަދު އަރަނީ 3685 އަށެވެ. ނަމަވެސް ދަށުނުވާށޭ ބުނެ ކޮށްފައިވާ ޓްވީޓްތަކުގެ އަދަދު އިއްޔެ އެކަނިވެސް ވަނީ 4940 އަށް އަރާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެންމެ އާއްމުކޮށް ބޭނުން ކުރާ އިންޑިއާ އައުޓް ހޭޝްޓެގް ބޭނުން ކޮށްގެން ކުރި ޓްވީޓްތަކުގެ އަދަދު 9728 އަށް އަރައެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކެމްޕޭން ކުރަމުންދާ ފަރާތްތަކުން ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައި ވަނީ "ބާކީވިނަމަވެސް" އެމީހުންނަށް މައްސަލައެއް ނެތް ކަމަށެވެ. އެމީހުން ބޭނުން ވަނީ "އަޅުވެތިނުވާން" ކަމަށް އެމީހުން ބުނެފައި ވެއެވެ.

ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އިއްޔެ އިންޑިއާގެ ދިފާއުގައި ޓްވިޓާގައި ކެމްޕޭނެއް ފެށުމުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރާ ޓްވީޓްތަކުގެ އަދަދު ވެސް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި 100 އާއި ގާތް ކުރާ އަދަދެއްގެ އިންޑިއާ ސިފައިން އެބަތިއްބެވެ. އިންޑިއާ ސިފައިން ތިބީ ހދ.ހަނިމާދޫ އާއި ލ.ކައްދޫ/ގަން އަދި އައްޑޫ ސިޓީ ގަމުގައެވެ. ލ.އަތޮޅާއި އައްޑޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރު ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސޫއޫދު

    ޢިދިކޮޅުގަ ތިބިއަދަދުއެގޭނީ ސަރުކާރުން ބިރުނުދައްކާ ފުރުސަތެއްދިނީމަ ޓުވިޓްނުކޮއް މަގުމަތީހަރަކާތުގެ ބައިވެރިނުވާ ތާއިދުކުރާ އެތައްބަޔަކުއެބަތިބި އަދި އައްނި އިބޫއާއި މިސަރުކާރައްތާއިދުނުކުރާ ކެރޭނަމަ ދެފަރާތުގަ ތިބިއަދަދު ބަލަން ފުރުސަތު ހުޅުވާލަބަލަ ކުރިން އާޓިފިޝަލްބީޗައް ސަރުކާރު ވެއްޓުނުގޮތައް ވެލިކާންދޭނެ

    100
    2
  2. Anonymous

    ޔާﷲ، އަނިޔާވެރި މަކަރުވެރި ދޮގުހަދާ ލާދީނީ މީހާގެ ކިބައިން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    116
  3. ކުޑޭ

    އުސޫލެއްގެ ގޮތުން އެއްވެސް ގައުމެއްގެ މިލިޓަރީ މިގައުމުގައި ތިބުމަކަށް ފުރުސަތު ދޭން ހިތުގެ އަޑިން ގަބޫލް ކުރާނެ ދިވެހިން ވަރަށް މަދުވާނެ، އަމުދުން އިންޑިޔާ، ޗައިނާ! ސަރުކާރުން އިންޑިޔާގެ މިލްޓްރީންނައް ތާއީދު ކުރަނީ ވެރިކަމުގައި ދެމިތިބެވޭނެ ކަމަށް ހިތާ، ވެރިކަމަކީ އިންޑިޔާގެ ސަޕޯޓް ލިބިގެން ލިބޭ އެއްޗެއްބާ!!؟؟

    23
    1
  4. ރާއްޖެތެރެ

    މި މީހުންގެ ނުބައި ނުލަފާކަން ދިވެހިންނަ އެގޭ ހިސަބަކީ ދިވެހިން ރޯންޖެހޭ ދުވަސް.

    26
    1
  5. ނޫރު

    އިންޑިއާގައި 1857 އަހަރާ ހަމައަށް 500 އަހަރު މުސްލިމުން ވެރިކަންކުރި. ދިވެހިން ދުވަހަކުވެސް ވ މަދު ދުވަސްކޮޅަކަށް ނޫނީ، އަޅުވެތި ވެފައިނުވޭ. އިންޑިއާ 200 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އިގިރޭސިންގެ އަޅުވެތި ކަމުގައި އޮތް. އަދި 1947 އަހަރު މިނިވަންކަން ލިބުނީވެސް އޭގައި މުސްލިމް ލީޑަރުންގެ ވ ބޮޑް ހިއްސާއެއް އޮވެގެން. 6 މިލިއަން މީހުންގެ ފުރާނަ ގުރުބާންކޮށްގެން. 1932 އަހަރު ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލި އިރު އިންޑިއާ އޮތީ އަޅުވެތި ކަމުގަ، 1965އަހަރު ރާއްޖެ މިނިވަންކަން އެއިރު ވެރިންގެ ބުއްދި ބޭނުންކޮށްގެން ހޯދި އިރު އިންޑިއާގެ އެއްވެސް ރޯލެއްނެތް. އަދި ކީއްތޯ އެއީ އިންޑިއާ އެހާ އޯކޭ ވީކަމެއްނޫން.
    އުސްއަލިތައް.
    1. ދިވެހިން ފުރަރަމަ އެއަޕޯޓް އެޅީ އަމިއްލަޔަށް
    2. ރާއްޖޭގައި ޓުއަރިޒަމް ފަށަން އިޓަލީގެ ޓުއަރ އޮޕަރޭޓަރ ދެއްވި ޚިޔާލާއެކު އެކަން ފަށާ އެކަން ކުރީ ދިވެހިން.
    3. ރާއްޖޭގެ މަސްވެރިކަން ޒަމާނަށް ބަދަލުކުރަން ދޯނި ފަހަރުގަ އިންޖީނު އަޅާ ހުރިހާ މެއިންޓްނަންސް ކުރީ ދިވެހިން.
    1953 އަހަރު ޝިޕިންގް ވިޔަފާރިފަށާ 90 ވަރަކަށް އާގު ބޯޓް ދުއްވާ އާމްދަނީ ސަރުކާރަށް ހޯދަން ފެށީ ދިވެހިން.
    5. ރާއްޖޭގެ ސިއްހީ ނިޒާމް ސުމަކުން ފަށާ ކެންސަރު ފަރުވާ ހަމަޔަށް ގެނައީ ދިވެހިންގެ ވިސްނުމުން.
    6. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމް ޒަމާނަށް ބަދަލުކޮށް 200 ވަރަކަށް ޕީއެޗްޑީ ހޯލްޑަރުން އުފެއްދީ ދިވެހިން.
    7. ސައިޒުން ޤައުމު ކުޑަޔަސް 1980 އަހަރު ތަކުތެރޭ ޤައުމީ އުފެއްދުން ތެރިކަމުން ބޮލަކަށްޖެހޭ ނިސްބަތް 200 ޑޮލަރުން 2018 ހަމަޔަށް 12000 ޑޮލަރަށް ޖެއްސީ ދިވެހިން.
    ދިވެހި ޒުވާނުންނަކީ ވިސްނުމާއި ހުނަރުގެ ގޮތުން ވަރަށް ޤާވިލް ބަޔެއް. ދިވެހި އިސްރަށްވެހިންނަކީ ވިސްތޫނު ވ ޤާބިލް ބަޔެއް.. ..
    އިންޑިއާގެ މިލިޓަރީ ޓެޖޮނޮލޮޖީ އަކީ ރަޝިޔާ އިން ފޯރުކޮށްދޭ ޓެކްނޮލޮޖީއެއް. ބަވަނަ ކުރެވިފައިވާ މިއަދުވެސް އިއްޔެވެސް އިންޑިއާގެ ރައްޔިތުންނަކީ ވަރަށް ގާތް ބަޔެއް. ނަމަވެސް ކަޝްމީރުގެ މުސްކިމުން ކަތިލާ މުސްލިމުން މަރަންގޮވާ ޕީޖޭޕީގެ އަނިޔާވެރި ޚާރިޖީ ސިޔާސަތުގެ ދަށުން މިޤައުމު ބިހަކަށް އަޅުވެތިކުރާކަށް ނުޖެހޭ.
    ޕީޖޭޕީގެ އެންބޮޑް ކާމިޔާބީތައް
    1. އެއްޖިންސުން ކާވެނި ކުރަން ހުއްދަ ކުރުން
    2. އަންހެން ކަބަލުންގެ ހަށި ވިއްކުން ހުއްދަ ކުރުން.
    ސަލާމް. އަހަރަމެންގެ މޭ އައްޑަބަޔަކަށް ހަދާ މަމެންގެ މަންމަ އާދެ ޤައުމު ސަލާމަތް ކުރުމަށް މަ ތައްޔާރޭ ކިޔަމާތޯ.

    38
  6. ނަސޭހަ

    2 އުޅަނދު ދުއްވަން 200 ސިފައިން. ކޮންމެ އުޅަނދެއްގައި 100 ކޮންޓްރޯލް ވީލު ހުންނަނީކަމަށް ބެލެވެނީ. އިންޑިޔާއަށްވެސް އުނދަގޫވާނެ 200 ވީލަށް 200 ދިވެހި ސިފައިން ތަމްރީނުކުރަން. އެހެންވީމާ، ތަންކޮޅެއް ކޮންޓްރޯލް ވީލް މަދު ފްލައިޓްކޮޅެއް ލިބޭތޯ ބަލަންފެނޭ.

    19
    1
  7. ނަސީ

    100% މުސްލިމް ގައުމެއް ނޯނާނެ މިނޫނިއްޔާ އެހެން ބެ ހުޅަގުން އަޑީގައި އޮވެ ލާދީންއް ޖާގަހޯދުމުގައި އަވެދިނެތި

    26
    1
  8. ފަލަސްތީން

    ވަރައް ކަޑަ ސަރުކާރެއް އެމްޑީޕީޔަ ވޯޓް ދެވޭކައް ނެއް.

    31
  9. 2023ޔާން

    2023ޔާން...

    28
    1
  10. ހަނީ

    މަވެސްބޭރުސިފައިންތިބުމާއެދިކޮޅު

    28
  11. ސޫދު

    މިގައުމަށް ގައްދާރު ދެހާއިނުން

    25
    1
  12. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    26
    1
  13. ހަސަން

    އެއްވެސްގައުމެއްގެ މިލިޓަރީ ރާއްގޭގަ އޮންނާކަށް ނުޖެހޭ އަހަރެމެން ނުވެގެން ނޫން މިއުޅެނީ

  14. ދމ

    މި ބޮޑު ދެ ހާއިނުންނަށް ކޮންމެ މީހަކު ނޫނެކޭ ބުނަންޖެހޭ

  15. ރައްޔިތުމީހާ

    އަމިއްލަ ޕާޓީގަ ބާކީ ވެފަހުރިމީހެއް ދެންކޮން ބާކީ ނުވޭ ކިޔާކަަށް ސާބަހޭ ފައްޔަ.. އަހަރެމެން އެހެންވެ ފައްޔަ ހޮވީ

  16. ދިބާ

    ދިވެހި ރާއްޖޭ ގަ އުޅޭ ކަތުރުފަނި މީ

  17. ސައްދު

    ސަރުކާރުން ކީއްވެތަ ރާއްޖެގައި ވަޒީފާއަދާކުރާ ބޭރު މީހުން އަތުން ކުރީ ސަރުކާރުން ނަގަމުން ދިޔަ ރެމިޓެންސް ޓެކުސް ހުއްޓުވާފަ ދިވެހިންއަތުން ޓެކުސް ނަގަން މިހިފަނީ. ؟ އެއީ ތޯ އިންޑިޔާއިން އަމުރު ކުރިގޮތަކީ.؟

  18. އަނަސު

    ދެ ރައީސުން ދެންނެރޭނީ ކޮން ހޭޓެގެއްބާ! މިފަހަރު އަމިއްލައަކަށް ކަރަށް ދައްމަޅި! މިވީކިހިނެއް! ބާކީވީ