ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން އ.އ އުކުޅަހަށް ވަޑައިގެން ކޮންފަރެންސްގެ ކުޅިވަރުގެ ފެސްޓިވަލްގެ ކުޅިވަރުތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

އުކުޅަހު ތުނޑީ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހް ވަނީ ވާދެމުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވޭ ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސސ

    ސިކުނޑީގެ މައްސަލަ ނުހުންނަ ބަޔަކަށް ވެރިކަން ހަވާލު ކުރުން މުހިންމު.

    15
    5
  2. އަލިކޮ

    އިބުރަހިމްކޮޔާ ވަރަށްވައްތަރު ކަމެއްތީ!!!

    11
    2