އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ހިންގާ "ބާކީނުވޭ" ކެމްޕޭން ނުފެށެނީސް ކަފުން ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކުރިއަށް ގެންދާ އެހަރަކާތުގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި "ބާކީނުވޭ“ ހޭސްޓެގް ބޭނުން ކުރަމުންނެވެ. އަދި އެފަރާތްތަކުން ބުނެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވެސް އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އެގައުމުން ދީފައިވާ ކަމަށާއި އެހެން ކަމުން އެގައުމަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެހަރަކާތުގެ ސަބަބުން ދިވެހިން ބާކިވެދާނެ ކަމަށް ވިދާޅުވެ، އެ ހަރަކާތް ހުއްޓާލުމަށް އެދިފައެވެ.

"ބާކީ ނުވޭ" ކެމްޕެއިނުގައި ބައެއް ފަރާތްތަކުން ބައިވެރިވަމުން އަންނަ ދަނޑިވަޅެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މުޅި ގައުމު މިވަގުތު ފުރިހަމަ ސަމާލުކަން ދީގެން ކުރާ އެއް މަސައްކަތަކީ "އިންޑިއާ އައުޓް" ހަރަކާތް ކަމަށާއި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާއަށް ތާއީދު ނެތްކަން އެގައުމަށް ވެސް އިހުސާސް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އިތުރުވަމުން އަންނާތީ އިދިކޮޅުން ފެށި "އިންޑިއާ އައުޓް" ހަރަކާތް ފުޅާވެގެން ގޮސްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއީ ގައުމީ ނުރައްކަލެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށް ގަރާރެއް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    58
    5
  2. ބާކީކުރޭ

    ޖޭއެސްސީން ކެނެރީގެ ނަޝީދު ބާކީކުރޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ މަޖްލީހުގެ މެމްބަރު ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ އެމްޑީޕީގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ މާލޭން ކެނެރީގެ ނަޝީދު ބާކީކުރޭ ރާއްޖޭން ކެނެރީގެ ނަޝީދު ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ ބާކީކުރޭ

    57
    5
  3. ބޯގޯސް

    ނަޝީދަކަށްވެސް ޔާމީނަކަށްވެސް މިޤައުމުގެ ރައްޔިތުން ތާއީދެއް ނުކުރެ. ވެރިކަމެއް ކުރަން ހަވާލުކުރުމުން ތި ދެމީހުންވެސް އިސްކުރީ އަނިޔާވެރިކަން. ދެން ސޮރީ.

    14
    18
  4. ހައްޕުނޑު

    މިއަދު ނުކުމެ އިންޑިއާ އައުޓޭ ގޮވާއިރު، ރައީސް ޔާމީން އޭނާގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމާލީ ތިބުނާ އިންޑިޔާ ސިފައިން މިގައުމުގައި ތިއްބާ. އޭރު އިންޑިޔާއަށް ގޮސް މޯދީއާއެކު އެތައް އެމްއޯޔޫއެއްގައިވެސް ސޮއިކުރި. އެއްފަހަރުވެސް މޯދީއަށް ނުދަންނަވާ އިންޑިއާ ސިފައިން ރާއްޖެއިން ބާލަދޭށެކޭ. އަދި ވެރިކަން ނިމުނުއިރުވެސް އެއްފަހަރުވެސް ވިދާޅެއްނުވެ އިންޑިޔާ އައުޓެކޭ. މިއަދު މިވާހަކަ ދައްކަނީ ކިޔާނެ އެހެން އެއްޗެއް ނެތީމަ ސަޕޯޓަރުން ގެއްލިދާނެތީ އެމީހުން ހިފަހައްޓަން. ވިސްނޭމީހުން މިކަމަކަށް ނުނިކުންނާނެ. ތާއީދު އޮތްވަރު ފެނޭނު މަގުމަތިން ދެ އަންހެނުން.

    11
    31
    • ސިފަން

      ޔާމީނު ވެރިކަމުގެ 5 އަހަރު ނިންމާލިއިރު އިންޑިއާ ގެ ވެސް އަދި އެހެން ޤަުމެއްގެވެސް #ސިފައިން މިރާއްޖޭގަ ބަނދަހަ ޖަހާ އެގްރީމެންޓް ހަދާފަ ސިއްރު ކޮށްފައެއް ނޯންނާނެ

  5. މަހަށްދޭބަލަ

    ކެނެރީގެ ނަޝީދު ރުހުނަސް ނުރުހުނަސް އޭނާ އަށް ދެން މިގައުމުގެ ވެރިކަން ރައްޔިތުން ނުދޭނެއޭ އިންޑިއާ އާއި ގުޅިގެން ދެން ރާއްޖޭގެ އެއްވެސް އިންތިޚާބެއް ގައި ނުކެެރޭނެއޭ ވައްކަން ކުރަން ވެސް އެކަން ވެސް ޖެހޭނީ ހަނދާން ނައްތާލަން ކެނެރީގެ ނަޝީދު ރުހުނަސް ނުރުހުނަސް މިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުއަރުވާލާނަމޭ މީގައި ނޯންނާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިންގާނަމޭ އެމްޑީޕީ މަހަށް ދޭބަލަ ދެން ކެނެރީގެ ނަޝީދު އިންޑިއާ ލައިގެން ދެން އަތުބުރު ގަޔާދުރަށް އަޅާ ދެން...

    28
    2
  6. މދ

    އިންދިޔާއިން ދިވެހިންނައް ބޭސްފަރުވާކޮއްދެނީ ހިލޭތޯ. އަދި އަގައްކޮއްދޭއިރުވެސް ދިވެއްސެއް ވިއްޔާމުޗާޖުކުރޭ ތިންގުނަ މީ ހަމަހަގީގަތް ބޭސްފިހާރައިންވެސް ބޭހުގަ އަގުޖަހާއިންނައިރުވެސް ނަގާ ދެގުނަ. . އެއްވެސް ބަޔަކު ނުގޮވާކަންނޭގެ އިންޑިޔާ ރައްޔިތުން މިތަނުން ބޭރިވާކައް.

    28
    2
    • ބާކީ

      އިންޑިއާ ހަރުކަށި ސަރުކާރަކީ މުޅި ދެކުނު އޭސިއާ އަށް ނުރައްކަލެއް.
      އިންޑިއާ އައުޓް

  7. ކާލި

    މިއަދު މުސްލިމް ޤައުމުތައް ހިންގަން މިޖެހެނީ ހުޅަގުގެ އެޖެންޓުން ވެސް ތިބެގެން އެމީހުން ބޭނުންގޮތަކަށް އެމީހުނަށް ވަފާތެރި މީހުންލައިގެން މުސްލިމް ޤައުމުތަކުގެ މާލީ ފައިދާ ހުޅަގުމީހުނަށްވެސް ލިބޭނެގޮތަކަށް، އަދި މަދުން ނަމަވެސް ސަރުކާރުގައި ދީނީ ޝޭހުންވެސް ތިބެންޖެހޭ ޢަރަބިން އަތުން ތެލާއި ގޭސް ހޯދަންވެސް !