މާލޭން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓެލްކޯއިން އާ ކޭބަލް އަޅައި ކަރަންޓް ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ، ކޭބަލަކަށް ލިބިފައިވާ ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

ގެއްލުން ލިބުނު ކޭބަލް ބަދަލު ކުރުމަކީ ނުރައްކާތެރިކަމެއް ކަން ފާހަގަ ކުރަމުން ޝަރީފް ވިދާޅުވީ، އާ ކޭބަލެއް އަޅާނެ ކަމަށެވެ. އޭރު ޝަރީފް ވިދާޅުވީ، އާ ކޭބަލް އެޅުމަށް ދެދުވަސް ވަރު ނަގާނެ ކަމަށާއި އެކޭބަލް އެޅެންދެން ހުންނާނީ ވަގުތީ ހައްލެ ކަމަށެވެ.

ޝަރީފް މިއަދު ވިދާޅުވީ، ގެއްލުންވެފައިވާ ކޭބަލްގެ ބަދަލުގައި އާ ކޭބަލެއް އަޅާފައިވާ ކަމަށާއި އެ ކޭބަލް ސަބްސްޓޭޝަނާއި ގުޅާލައި، އެނާޖައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ކޭބަލް ސަބްސްޓޭޝަނާއި ގުޅާލައި، އެނާޖައިޒް ކުރުމަށް މިއަދު ހަވީރު 16:00 ގައި ގާކޮށި ފްލެޓްތައް ހިމެނޭ ސަރަހައްދުން 20 މިނެޓަށް ކަރަންޓް ކެނޑިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި ވެއެވެ.

މާލޭއިން އެދުވަހު ކަރަންޓް ކެނޑުމުގެ ސަބަބުން ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިޔަކަމައް ހައްލުލިބޭނެ ކަމަކައް ނުދެކެން ، ދެން ތިޔަ އެޅި ކޭބަލައްވެސް ރައްޔިތުން އަތުން އިތުރައް ކޮންމެ މަހަކު 1500 ރުފިޔާގެ ޗާޖެއް ނަގާ.

    8
    1
  2. ޢިއްސެ

    ޝަރީފު ތިތަނަށް ހަމަ އައިގޮތަށް ޕްރޮޖެކްޓެއް ހިންގާލީދޯ. ދެބުރަކަށް ކަރަންޓު ދުއްވާލާފަ، ކޭބަލްއެއް ހިފައިގެން ނޫސްކޮންފަރެންސެއް ބާއްވާލާފަ، ކުއްލިއަކަށް ކޭބަލްއެއް ބަދަލުކުރަންޖެހެޔޭ ކިޔާފަ މިހިންގާލީ ޖީބަށް ވަންނަގޮތަށް މޮޅު ޕްރޮޖެކްޓެކޭ މަހިތަށްއަރަނީ.

  3. އާ

    އާ ކޭބަލް އަޅާން ޖެހޭތީކީ ނޫން އަޅަނީކީ. އެއީ އީސީ ލާރިގަނޑެއް ކާލަން ގަންނަގަނޑެއް.

  4. ވާނުވާ

    ޓެކްނިކަލް ދާއިރާއިން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި މީހުން ތިއްބާ، މި ކަހަލަ މީހުން މިތިބެނީ އެމްޑީގެ މަގާމައް ލާފަ...ވަރައް ނުރައްކާ ކަމެކޯ ކޭބަލް ބަދަލު ކުރުމަކީ...ލޮލް😄😄😄...

  5. ހެޔޮދުޢާ

    މާލެއަށް ކަރަންޓް ފޯރުކޮށް ދެއްވުމުގެ ނުރައްކާތެރި އަދި ބުރަ ވަޒީފާގައި ތިއްބެވި ސްޓެލްކޯ ގެ އިންޖިނިއަރުންގެ ޓީމަށް ހިތުގެ އަޑިން އިޚްލާޞްތެރި ކަމާއިއެކު ފަށްފަށުން ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި އެމަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުން ޝާމިލް ކުރަމެވެ. ދުޢާ އަކީ ތިއެންމެ ބޭފުޅުންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވަވައި، އިތުރު ހުނަރާއި ކުރިއެރުން މިންވަރު ކުރައްވައި، ރައްކާތެރިކަމާއި، ހެޔޮ ރަޙުމަތް ލެއްވެވުމެވެ! އާމީން