އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީން ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް މިދިޔަ އަހަރު ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަނދާނުގައި ހިނަވާގެއެއް އަޅައިފިއެވެ.

އއ. ހިމަންދޫގައި އިމާރާތް ކުރި މި ހިނަވާގޭގެ މަސައްކަތްކޮށްފައި ވަނީ ސިފައިންގެ ވަޒީފާގައި ސުލްތާން ހޭދަކުރި މުއްދަތުގައި އޭނާ ރައްކާކޮށްފައި ހުރި ފައިސާއިންނެވެ. ހިނަވާ ގޭގެ މަސައްކަތް ނިންމައި ސުލްތާންގެ މަންމައާއި ބައްޕަ މިއަދު ވަނީ ހިނަވާގެ އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ.

ހިމަންދުއަކީ ސުލްޠާންގެ އުފަން ރަށެވެ. ސުލްޠާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.

އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއްގައި އުޅެނިކޮށް ނިޔާވި ސުލްތާން
އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއްގައި އުޅެނިކޮށް ނިޔާވި ސުލްތާން

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގެ ތަމްރީނުތަކުގައި އުޅެނިކޮށް އުމުރުން 22 އަހަރުގައި މުހައްމަދު ސުލްތާން ނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 25 ވަނަ ދުވަހު އެވެ. އޭޕްރީލް 8، 2018 ގައި ސިފައިންގެ ހިދުމަތާ ގުޅުނު ސުލްތާން، އޮފިސަ ކެޑޭޓް ކޯހަށް ދިއުމުގެ ކުރިން މަސައްކަތް ކުރީ އިންޓަގްރޭޓެޑް ހެޑްކްއާޓާސް (ޖޭ-1) ގައެވެ.

އޭނާ ނިޔާވީ އޮފިސަ ކެޑޭޓް ކޯހުގެ ފުރަތަމަ އަހަރުގެ ދެވަނަ ޓާމުގެ ފިޒިކަލް އެންމެ ފަހުގެ ތަމްރީނުތައް ހަދަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ހާދަކަމެއްނެތް ކައުންސިލަރެކޭދޯ އިމޯޝަން ކިޔާ އެއްޗެއް ނެތް. ތިކަހަލަ ކައުންސިލަރުންނެއް ކަމަކުނުދާނެ.