ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތުގެ ތެރެއިން އެސަރަހައްދުގައި އާންމުންނަށް ބޭނުންވާނެ ގަސްތައް އިންދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގެ ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމަށް ޕްލޭނިން ޑިޕާޓްމެންޓުން ނިންމާފައިވާ ކަމަށާއި އެސަރަހައްދުގައި ގަސް އިންދާނެ ސަރަހައްދު ފާހަގަކޮށް ގަސްތައް އިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން އެތަނުގައި އާންމު ރައްޔިތުންނަށް އިށީނދެލައިގެން ތިބެވޭނެ ގޮތަށް ގޮނޑިތަކެއް ޖަހާފައި ހުންނާނެ ކަމަށާއި އަދި ފިނިކަން ލިއްބައިދޭ ގަސްތައް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެތަނުގައި އިންދާ ގަސްތަކުގެ ތެރޭގައި އާންމުންނަށް އެގަސްތަކުން ބޭނުން ކުރެވޭނެ ގަސްތަކެއް ކަމަށެވެ. އެގޮތުން ލެމަން ގްރާސް، ގަނދަކޯޅި، ހުވަދުމާ، ހިކަނދި ފަތް، ރާންބާފަތުގެ އިތުރުން ވެސް މާ ގަސްތައް ވެސް އިންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ސަރަހައްދުގެ ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާއިރު، އެސަރަައްދުގެ މަގުތައް ފެހި ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ޕާކުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ފުރަތަމަ ޕާކުގެ އެއްބައި ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރަނގަޅު ކަމެއް. އެކަމަކު ތިތާ އުޅޭ ބޮންދުން ތި ވަގަށް ކަނޑައިގެން ވިއްކާނެ.

    10
  2. ާއަލީ

    ތީ ބޮޑު ޖޯކެއް އެންމެ ހިޔާލިބޭނީ ތިކަހަލަ ގަހުން ވިއްއާ ތިތާ އިންދަންވީ މާވެޔޮ މަގުގަ ހުންނަ ކަހަލަ ގަސް

    8
    1
  3. ސައްތާރު ބްރޯ

    ތިކަމުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އެއީ ތީގެން ފެހިވުމުގެ ބަދަލުގައި ތީގެ ފަތްކޮޅު މީހުން ވަގަށްކައި ގަސްތަށް މަރާލުން ނޫން އިތުރު ކަމެއް ނުވާނެތީއެވެ. ކާއެއްޗެއް އަޅާ ގަހެއް އިންދިޔަސް ފަތްކާގަހެއް ފެހިކުރުމުގެ ނަމުގައި އިންދާކަށް ނުވާނެއެވެ. ފަތެއް ނުހުންނާނެއެވެ. ކާއެއްޗެހި އަޅާގަހުގައި އަޅާ އެތިކޮޅު ކާބަޔަކު ވަގަށް ކެޔަސް ފަތްކޮޅު ހުންނާނެއެވެ. އޭރަށް ބޯހިޔާވާނެއެވެ.

    13
    • ޕަކާސް

      ކީއްކުރާނީ މި ސަރުކާރުގެ ވިސްނުން ހުރި މިންވަރު...

  4. ޖެނީ

    ހާދަ ރަނގަޅޭ. އެއިރުން މި އެއްޗެހިތައް ހޯދާކަން ތަންތަނަށް ދުވާކަށް ނުޖެހޭނެ ނުން. ސާބަސް އެޗް.ޑީ.ސީ

  5. ޞޮއްޓި

    ޕާޓޭން ހަކުރު ގަންނަން ދެން ވިއްކާނީ ތި ހިކަނދިފަތާއި ރާނބާފަތްތާ.. ދޯ.