މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުތަކެއް ކުރެވުނު ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އަނިޔާ ކުރިކަމަށް ބުނެ އާއިލާ މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއް މިހާރު ވަނީ ދައުރުވާން ފަށާފައެވެ. ފުލުހުން އަނިޔާކޮށްފައި ވަނީ އިބްރާހިމް އީވާން ހަސަން ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ޏ. ފުވައްމުލަކުގެ ޒުވާނަކަށެވެ.

މާލެއިން ފުލުހުންތަކެއް ގޮސް ފުވައްމުލަކުގައި ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން ރޭ 22:00 ހާއިރު އީވާން އަށް އަނިޔާކޮށްފައި ވަނީ އާއިލާގެ ގެއެއްގެ ކައިރީގައި ހުއްޓައިކަމަށް އީވާން "ވަގުތު"އަށް ހިއްސާކުރިއެވެ.

އޭނާ ބުނިގޮތުގައި އޭނާ ހުރި ތަނުގައި ތިބި ތިން ފިރިހެނަކަށް އަނިޔާކުރުމަށް ފަހު ފުލުހުން ވަނީ އޭނާއަށް ވެސް އެކި ކަހަލަ އަނިޔާ ކޮށްފައެވެ.

ފުލުހުންގެ ފަރާތުން އީވާންއަށް ލިބުނު އަނިޔާ-- ފޮޓޯ: އީވާން

"އައިސްސަ އަޅުގަނޑު ކައިރީގަ އެހީ މިތާ ތި އިނީ ކީއްކުރަންހޭ. އެހީމަ އަޅުގަނޑު ބުނިން މީނީ ސިނގިރޭޓެއް ބޯންށޭ. އޭރު އެމަގުގެ އެހެން ދިމާއެއްގަ ތިބި ދެތިން މީހުން. ގޮސްފަ އެމީހުން ގައިގަ ޖަހާފަ އައިސް އަޅުގަނޑު ކައިރީގަ ބުނީ ފޯން ހުޅުވާލަދޭށޭ" އީވާން ބުންޏެވެ.

އީވާން ބުނީ ފުލުހުން އޭނާއަށް އަނިޔާކުރަން ފެށީ ފޯނު ނުދެއްކުމުން ކަމަށާއި، ފޯނު ޕާސްވޯޑް ޖަހާފައި ދިނުމަށް ފުލުހުން ތަކުރާރުކޮށް އެދުމުން ވެސް ކޯޓު އަމުރެއް ނެތި ފޯނު ނުދެވޭނެ ކަމަށް ފުލުހުން ގާތު ބުނެފައިވާ ކަމަށެވެ. އަދި ފޯނުގައި އަނބިމީހާގެ ބުރުގާ ނާޅާ ހުއްޓާ އޭނާ އާއެކު ނަގާފައިވާ ފޮޓޯތަކެއް ހުންނާނެ ކަަމަށް ބުނެފައިވާނެ ކަމަށާއި، ފޯނު ހުޅުވޭނީ ކޯޓު އަމުރު ދެއްކުމުން ކަމަށް ތަކުރާރުކޮށް ފުލުހުން ކައިރީގައި ބުނެފައިވާނެ ކަމަށް އީވާން ބުންޏެވެ.

ނަމަވެސް އަނިޔާކޮށް ގަދަކަމުން އޭނާގެ ފޭސް އައިޑީ ބޭނުންކޮށްގެން ފޯނު ހުޅުވި ކަމަށާއި، އަދި އޭނާގެ އަނބިމީހާ ނަގާފައި ހުރި ބައެއް ފޮޓޯތައް ބަލާ އަނބިމީހާއަށް ފުރައްސާރަކޮށް ފުލުހުން ބައެއް ވާހަކަތައްދައްކާ އަންހެނުންނަށް ޖިންސީ ގޯނާކުރާނެ ކަމުގެ އިންޒާރު ފުލުހުން ދިންކަމަށް އީވާން ބުންޏެވެ.

"ފޮޓޯ ދައްކާފަ [ފުލުހުން] ބުނީ ކަލޭ އަންހެނުން ފަޅާލާނަމޯ" އީވާން ބުންޏެވެ.

އީވާން ބުނީ ފުލުހުން އޭނާގެ ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާފައިވާ ކަމަށާއި ފުރަގަސްފަރާތުގައި ބާރަށް ކޮޅުފައިން ވެސް ޖެހިކަމަށެވެ. އޭގެ އިތުރުން ކަންފަތް މަތީގައި ވެސް އެކި ފަހަރުމަތިން ޖަހާފައިވާ ކަމަށް އީވާން ވަނީ ބުނެފައެވެ.

ފުލުހުންގެ ފަރާތުން އީވާންއަށް ލިބުނު އަނިޔާ-- ފޮޓޯ: އީވާން

އީވާން ކިޔައިދިން ގޮތުގައި ފުލުހުން އޭނާއަށް އަނިޔާކުރުމުގެ ތެރޭގައި ޖީބުގައި އޮތް ވޮލެޓް ނަގާ އޭގައި ހުރި ފައިސާ އަކީ ކޮންހެނެއް ހޯދި ފައިސާއެއްތޯ ވަނީ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި އޭނާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްކަމަށާއި، އެކަމުގެ ހެކި ފުލުހުން ގަދަކަމުން އަތުލައިގެން ބަލަމުން ދިޔަ ފޯނުގެ ވަޓްސްއެޕް ބަލާލުމުން ފެންނާނެ ކަމަށް އީވާން ބުނެފައި ވެއެވެ.

އީވާން ބުނި ގޮތުގައި ފުލުހުން ވަނީ އޭނާގެ ދެއަތް ފުރަގަހަށް ލާ ބިޑިއަޅުވައިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި އެތަނުގައި ގަޑިއެއްހާއިރު، ބެހެއްޓުމަށްފަހު ހައްޔަރު ކުރާނެ މައްސަލައެއް ނެތް ކަމަށް ބުނެ ގެއަށް ފޮނުވާލި ކަމަށް އީވާން ބުންޏެވެ.

އީވާންގެ ދައްތަ "ވަގުތު"އަށް ބުނީ ފުލުހުން އެމީހުންގެ ވާޖިބު އަދާކުރުމަށްޓަކާ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ގާނޫނުގެ ތެރެއިން ކޮންމެ ކަމެއް ކުރިޔަސް އެކަން ކުއްވެރި ނުކުރާނެ ކަމަށެވެ. ނަމަވެސް ކުށެއް ނެތް މީހަކަށް އޮޕަރޭޝަނެއްގެ ނަމުގައި މިގޮތަށް އަނިޔާކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އީވާން ބުނި ގޮތުގައި ފުލުހުން ވަނީ އޭނާގެ ތުނބުޅިގައި ހިފާ ދަމާފައި

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި ފުލުހުން މީހަކަށް އަނިޔާ ކުރި ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް އެއްވެސް ފަރާތަކުން ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މީޑިއާގައި އެފަދަ ތުހުމަތެއް ކޮށްފައިވާތީ އެމައްސަލަ ބަލާނެ ކަމަށެވެ.

"ސޯޝަލް މީޑިއާގައި އެފަދަ ކަމަކަށް ތުހުމަތުކޮށް ޕޯސްޓެއް ކުރުމާއި، އާއިލާއިން މީޑިއާގައި އެހެން ބުނާތީ ހަމަޖެހިފައިވާ އުސޫލުން އެކަން ބަލާނެ ވާހަކަ ދަންނަވަން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުވައްމުލުގެ ޒުވާނަކަށް ފުލުހުން އަނިޔާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެކި ކަހަލަ މައްސަލަތަކުގައި ތުހުމަތަށް ހައްޔަރު ކުރާ މީހުންނަށް ފުލުހުން މީގެ ކުރިން ވެސް އަނިޔާ ކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެންމެ ބޮޑަށް އަނިޔާ ކުރާ ކަމަށް ބެލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އުގުރި

    ސޯޓު އިމްރާނޫ ކޮބާތަ ކަލޭ...

    38
    4
    • ޙައްގުބަސް

      ރާއްޖޭގެ ކަންކަން މިދާގޮތުން ވަރަށް ދެރައެބަވޭ! ކުރީ ސަރުކާރުން ކަންކަން ކުރަމުން އައީ އަނިޔާވެރިކޮށް ކަމަށާއި، ތިމަންމެންގެ ސަރުކާރެއްގައި ހުރިހާ ކަމެއް ރަގަނޅުކުރާނެކަމަށްބުނެ ވަޢުދުވެގެން އައި ސަރުކާރު ކުރީގެ ހުރިހާ ސަރުކާރުތަކަށްވުރެން ގޯސްކޮށް މިފެންނަނީ!! އޭރު ބުނަމުން އައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމަޔަށް ދޭނެކަމަށާއި ގާނޫނުވެސް އިސްލާޙުކުރާނެކަމަށް!! ނަމަވެސް މިސަރުކާރުން މިވަނީ ގާނޫނުއަސާސީން ރައްޔިތުންނަށް މުޠުލަގުކޮށްދީފައިވާ އެމިނިވަންކަން ހުރިހާގޮތަކުން ނިގުޅައިގެންފަ ގާނޫނާ ޚިލާފު ގަރާރަކުން!! ދެން ބުނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކޮށް އެކަން ރަގަނޅުކުރާނަމޭ!! އެކަމަކު ޖޭއެސްސީ މިސަރުކާރުން ގެންދަނީ ކުރިއަށްވުރެން ނުބައިކޮށް ފަނޑިޔާރުންނަށާ ފަނޑިޔާރުގެއަށް ފުޅާދާއިރާއެއްގައި އަތްބާނަމުން އެތަނަށް ސަރުކާރުގެ އިސްވެރިންލައިގެން!! ދެން ބުނީ ތިމަންމެން ލޯނު ނުނަގާނަމޭ ވައްކަމެއް ނުކުރާނަމޭ!! އެކަމަކު ކުރީ ސަރުކާރުން ފަސް އަހަރުތެރޭ ނަގާފައިވާ ލޯނެއްވުރެން ބޮޑު ލޯނެއް (1.3 ބިިލިޔަން ޑޮލަރު) ތިން އަހަރުތެރޭ ހަމައެކަނި އިންޑިޔާއިން ނަގާފަ!! ވައްކަން ނުކުރާ ދާއިރާއެއްނެތޭ ބުންޏަސް ދޮގަކަށްނުވާނެ އެންމެފަހުން ބަލިމަޑުކަމުގެތެރޭ ދިވެހިންގެ ނޭވާހޮޅިން (ވެންޓިލޭޓަރު) ވެސް ކުރީ ވައްކަން!! އަނިޔާވެރިނުވާނަމޭ ބުނި އައި ސަރުކާރަކުން ގަނޫނީ އިމުން ބޭރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާތަން ފެންނަނީ ހަމަ ހުރިހާ ދިމާއަކުން!! މިރާއްޖެ އަޅުވެތިކޮށްފަ މިވަނީ ގާނޫނާ ޚިލާފު އެއްބަސްވުންތައް ހަދައިގެން އިންޑިޔާ ސިފައިން މިރާއްޖެއަށް އަރުވައިގެން!! ވަރަށް އަނިޔާވެރި!! މާބޮޑަށްވެސް އަނިޔާވެރި!! ރައްޔިތުން ވިސްނަންޖެހޭ ވަރަށްބޮޑަށް!!

      22
      3
  2. އަ

    އަނިޔާވެރި ސަރުކާރު އިސްތިއުފާ.

    48
    8
  3. ޖަވާދު

    ތިޔައީ އާ ކަމެއްނޫން! އެހެން އަނިޔާ ކުރެވެނީ އަނިޔާ ކުރާ ފުލުހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަން އެގޭތީ! ޢާއްމު މީހަކު ފުލުހެއްގެ ނިޔަފަތީގަ ފުށްޓައްކެއް ޖެހިޔަސް ޝަރީޢަތުން ހުކުން ކޮށް ޖަލަށްލެވޭ!

    51
    7
  4. ޒާ

    ކުކުޅު ކައިގެން ވަރަށް ފުއްޕާ ފުލުހުން އުޅޭ. ތިމާމެން ސައިޒްވާ ދުވަސްނާންނާނެކަމަށް ހިތަނީ. އަނިޔާ ކުރުމަކީ ނާގާބިލްކަން. އެފްރިކާގެ ޖަންގަލި އުސޫލުން ކަންކަން ކުރަނީ އިލްމީ އަދި ގައުލީމީ ބަޔަކަށް ނުވާތީ.

    52
    6
  5. ވަހީދު

    ސިޔާސީވެގެން ސަރުކާރާ ސިފައިންނަށް ކޮންމެކަމެއްގަ ޖައްސާލާކަށް ނުޖެހެ. ޕާޓޭންނާމެދު ށަކުވާކޮށްފަވެސް ސިޔާސީ ފޯރީގަ އެމީހުން ދައްކާހާވާހަކައެއް ގަބޫލުކޮށް ދިފާއުކުރާކަށް ނުޖެހެ. ވަގުންނާ ޕާޓޭން ހިފަހައްޓަންއުޅޭއިރު ދޫވާން ތެޅޭވަރު އެންމެނަށް އެނގެ. ތިވަރުގެ "އަނިޔާ" އެކަމުގަ އަމިއްލައަށް ލިބިގަނޭ.

    25
    23
  6. Rajje

    ޙުސޮދް

    2
    8
  7. ޙަނދުކޭތަ

    ތިޔަ ސިފައިންނާ ފުލުހުންނަކީ މީހުންގެ އަނބިންނާ ވަރައްހިތާވާކުޅިކުޅޭ ބައެއްް މައިގަނޑު ގޮތެއްގަ މީހުންގެ އަނބިންކައިރިއައް ވަނުން މިމީހުންގެ ވަޒީފާއަކީ

    40
    11
  8. ޙަސަން

    ފުލުހުންވެސް ހަމަހުރެފައި މީހަކު ހައްޔަރުކުރާނެކަމަކަށް ނުބެލެވެއެވެ. ހަބަރު ކިޔާލުމުން ސިގިރޭޓް ބޯކަންއެބައެގެއެވެ. އަދި ފޯންގެކޯޑް ނުދިނުމުން ހެކިފޮރުވަންއުޅޭކަންވެސް އެގެއެވެ. ބުރުގާނަގާފަ ހުރިއަބިމީހާގެ ފޮޓޯއިނުމުން ނުދިންކަމަށްބުނެއެވެ. ނަމަވެސް ގަބޫލުކުރަންދައްޗެވެ. ވީމާ މިފަހަރު ފުލުހުން މަގޭނަޒަރުގައި ގޯހެއްނޫނެވެ.

    28
    52
  9. މުހައްމަދު

    ކުއްކުރާ މީހުންނަ އެކަނިތަ ހިމާއައް ލިބެންވީ..
    ކުށެއް ކޮށްގެން ހައްޔަރުކޮށްފައި ގެންގޮސް ފިރުމަދޭން އޮންނަ ގާނޫނެއް މި ދިވެހިރާއްޖެ ނޫން ތަނެއްގަ ނޯވޭހެން ހީވަނީ. ކުއްވެރިން އިތުރުވަނީވެސް ކުރާ ކުށަކަށް އެކަށީގެންވާ އަދަބެއް މި ގައުމުގަ ނުދޭތީ.. އެހެން ގައުމުތަކުގައި ވައްކަމެއް ކޮށްގެން ހައްޔަރުކޮށްފައިވާ ފަރާތެއް ނަމަވެސް ދެވަނަ ފަހަރު ޢާންމުންގެ ތެރެއިން އެމީހެއް ނުފެނޭ.. އެހާވެސް ހަރުކަށި ގަވައިދު އޮވޭ.. އެކަމަކު މި ގައުމުގައި ކުށެއް ކޮށްގެން ހައްޔަރުކޮށްފައި ގާނޫނު ގައި ކަނޑައަޅާފައިވާ ގަޑި ހަމަވުމުން ދެންޖެހެނީ ދޫކޮށްލަން.. އެހިސާބުން އެއީ ހުދު ކާފޫރެއް.

    37
    5
    • ހޭބަލި

      ބަލަ މިހަބަރުގަ ކުއްކުރި މީހެއްގެ ވާހަކައެއްނޫންދޯ މިދައްކަނީކީއެއް ތަޅާ ރާކޭސް އަރުވާފަ ސްޓޭސަނައްވައްދާފަ ކަލޭކުރި ކުށެއް ފެންނާކައްނެތޭ ގެއައްދާށޭދޯ ބުނެފަ އޮތީ

  10. މަޖުބޫރީހާލަތް

    މަސްތުވާ ތަކެތިބޭނުން ކުރާ މީހުންނާ ދެލޯމެރިފަ ތިބެ ސިނގިރޭޓުބޯ މީހުންގެ އަމަލުތައް ހަމަތިޔަގޮތައް ބަލަންޖެހޭ މަރުހަބާ

    22
    2
  11. ރައްޔިތު

    މަސްތުވާ ތަކެތި ގިނަކުރަމުންދަނީ ރައްރަށުގެ ކައުންސިލުން ގެ އެއްބާރުލުމާއިއެއްކޮއް

    25
    3
  12. ގައުމު

    ކޮށްކޮމެންނޭ ހައްޔަރުކުރަން އުޅުމުން ގަދަ ހަދަންޔާ ބަހައްޓާފަދޭ ހެޔޮ ހަކުރު ގޯންޔެއް އޭނައަތުގަ އޮތަސް

    14
    3
  13. ކަޝިސް

    ތީގަ ނެތް އަނިޔާއެއް.މޮޅު ވާހަކަ ދައްކައިގެން ހެޑްލައިން ހަދަން ނޫޅޭ

    14
    10
    • އަންތަރީސް

      ކޮބާތޯ އަނިޔާއަކީ ؟

  14. ޢަލީ

    ތިބުނާ ސޮރަކީ މަ ވަރަށް ދަންނަ ސޮރެއް ހަކުރު ބޮއެ އެ ވިއްކާ ރަށުތެރޭގަ މާރާމާރީ ހިންގަން އުޅޭ ސޮރެއް.

    2
    2
  15. ސުމާ

    އަންހެނުންނެއްވެސް ނޫން ފަޅާލެވޭނީކީ…އަމިއްލަ އިނގިލިބޯންޖެހޭނީ…

  16. އަޙުމަދު.

    ޓިޔަ ދައްކާ ފޮތޯތަކުން މީހަކަށް އަނިޔާ ކޮށްފަ ހުރިކަމަށް ޤަބޫލެއް ކުރެވޭވަރުގެ އެއްވެސް ކަމެއްނެއް. މާބޮޑުކަމަކަށް ހަދައިގެން މީޑިޔާތަކަށް ރިޕޯރޓް ކުރާއިރު ވިސްނީމުތޯ އެންމެފަޙަރަކުވެސް ތިޔަ މީހުންގެފާރާތުން މުޅިއިންސާނިއްޔަތަށް ލިބެމުންދާގެއްލުންތަކާ އެކަމުގެ ނުރައްކާތެރި .މިންވަރާމެދު.. ދައްތަ އަށް ކޮއްކޮ ކުރަމުންގެންދާ ކަންތަށް ރަނގާޅުވިއިރު. މުޅި މުޖުތަމައު އަންނަނީ އެކަމާމެދު ކަރުނަ އަޅާރޮމުންނެވެ. މިވަރުގެ ބައެއްގެ ތުނބުޅީގަ ހިފާ ދެމިއޭ ކިޔާއިގެން ވާހަކަދައްކަން ލަދު ނުގަނޭ. ގޭގަ ރީތިކޮށް ހުރިނަމަ ތަނެއްގަ ހިފައިގެން ނުދަމާނެ.

    2
    2
  17. ރިލޭ

    ފުލުހުންގެ ތެރެއިން ގިނަ މީހުންނަކީ މީހުންނަށް އަނިޔާކުރާ ބައެއް ،،.

    5
    1