ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު މީހުންގެ ބައެއް މައްސަލަތައް ހަތްތާއެއްގެ ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝިފާން ވިދާޅުވީ، މައުމޫނާއި ފާރިސް އާއި ނަދީމް އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރި ކަމުގެ ހެކިއެބަހުރި ކަމަށެވެ. އަދި މިތިން ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކިވެސް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"އަދި ތަހުގީގު ކުރެވެމުން ދިޔަ ހެކި، އަނބުރާ އެ ނިސްބަތްވާ ފަރާތްތަކަށް ރައްދު ކުރުމަށް އަމުރު ނެރެ އަދި ބައެެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްތަކެއް ކޮށްދީފައިވާކަން ތަހުގީގުން ފާހަގަކުރެވިފައި އެބަހުރި،" ޝިފާން ވިދާޅުވި އެވެ.

ޤާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުވަނީ 10 މީހުުންގެ މައްޗަށް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަޒީލް

    ޢަވަސްކޮށްބަލަ ހާދސލަހޭ

  2. ތިމަންނަ

    އެއްވެސް ޙާލެއްގައި މިކަހަލަ ގަދަ ސަރުކާރެއް ވައްޓާލައިގެން ނުވާނެ ، ވެއްޓިއްޖެނަމަ ފުޑުފުޑު ވެދާނެ...

  3. ާބޫސުފުޔާން

    ޢަވަސްކުރޭ ލަސްނުކޮށް ނިންމާފަ ޖަލައްލާ

  4. އަޙްމަދް

    ހެހޭ ތިޔައީމޭ ޖަލުގައި ދުވަސްތަށްހޭދަކުރަށްވަ ދެން.

  5. ޝޫޒަން

    ސާބަހޭ، ދިވެހި ޕޮލހުން، ސާބަހޭ ރ.ޔާމީން އަޅގަނދުމެން ތިބޭފުޅުންނަށް ސެލއުޓ ކުރަން.

  6. ލޮލް

    ޕީޖީން ދޫކޮށްލާނެ

  7. އަޙްމަދް

    ހެހޭ:30 އަހަރު ވެރިކަމުގައި ހޭދަކުރެއްވީ "ޒަޢީމު" ކުޑަދުވަސްކޮޅަކުން ބާޢީއެއްގެ ލަގަބް ހެހޭ:

  8. ޒަޢީމު

    ނިޝާން ޣާޒީގެ ޢިއްޒަތްތެރި ބާޣީ މައުމޫނު!