ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގަރާރު މަޖިލީހުން ފާސްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މަޖިލީހުގެ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެ ގަރާރު ފާސްކުރީ ގާނޫނާ ޚިލާފަށްކަމަށް ބުނެ ވާހަކަ ދައްކަވަމުން ގެންދިއުމުން އެ ކަމާ ގުޅޭ ގާނޫނީ ލަފާ ހޯދުމަށް ސުޕްރީމް ކޯޓުގައި އެދުމުން އެކޯޓުން މަޖިލީހަށް ދިން ލަފާގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ބާއްވާ މަޖިލީހުގެ ޖަލްސާތަކުގައި ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ކަމަށްވާ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.

އަދި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ދުސްތޫރީގޮތުން ލާޒިމްވެގެންވާ ގާނޫނީ އަދަދަކީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދުކަން އެނގެން އޮންނަ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސަޅި

  ޜުހުމުގެ ލޮލަކަށް އައިބެެެއް ނުފެންނާނެ

 2. އަލީ

  އަލްހަމްދުﷲ ޝުކުރު

 3. ވަގު

  ހެހެހ ހަަމަ ނުފޫޒެއް ނެއްދޯ؟؟؟؟؟

 4. ދަވޭ

  ކޮބާ ދެން ތަމެން ރަންރީނދުލޭ މެން ކީކޭ ކިޔާނީ. އެއޮތީ ސްޕްރީމް ކޯޓުގެ އަމުރަކުން އަންގާފައި މަމެންނަށް މަޖްލީހުން ކުއްލި ނުރަައްކަލުގެ ހާލަތު ގަރާރު އެއީ ސައްހަ ގަރާރެއް ކަަމަށް. ދެން ތަމެން ކީކޭ ކިޔާނީ މިކަމުގައި. ދެން ތަމެން ކޮން ކޯޓެއްގެ އަމުރެއް ތަންފީޒު ކުރަންތޭ ކޮންމެ ދުވަހަކު މީހުންގެ މޯބައިލް އަށް މެސެޖް ފޮނުވަނީ. ތިޔާ ވެސް ވާނީ ޢައިރު ގާނޫނީ އެސްއެމްއެސް އަށް މިހާރު. ތަމެން ތިޔާ ތިބީ އަބަހައްދަވެފައޭ މަމެން ބުނަން ނެތީމު ދޯ. އަބަހައްދައޭ އަބަހައްދައޭ ދަ އަބަހައްދައޭ.

 5. ތިބޭތި

  އެސްޓީއޯގެ ޓަވަރުގެ މަސައްކަތް ޗައިނާގެ ކުންފުންނަކާއި ހަވާލު ކުރުން އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކެވެ. ފެބް އެކެއްގައި އެމެން ގެންނަން އުޅުނު ބަގާވާތުން އެމެން ނާކާމިޔާބު ވުމުން އިންޑިއާ ލައްވާ މަމެންނަށް ޕްރެޝަރު ކުރުވާ އަދި ލަންކާ ވެސް މަމެންނަށް ޕްރެޝަރު ކުރުވާ އަދި މަމެންގެ ގައުމަށް އިންޑިއާ ސިފައިން އަރަން ދިމާ ކުރުމުން ޗައިނާ އިން އެކަން ދިފާއު ކޮށް ދިނުމުން އޭގެ ޕްރައިސް ބެކް މަމެން ޕިންކީން ޕޭކުރާނަމޭ. އިންޑިއާ އަދި ލަންކާ ކުޑަ ކަކޫ ޖައްސުވާނަން މަމެން ޕިންކީން ކުރިމަތީގައި. ތަމެން ބަލަން ތިބޭތި އިންޑިއާ އެއްޗެހި ތަކާއި އަދި ލަންކާ އެއްޗެހި ތަކާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 6. ތިބޭތި

  ސްޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. ދެން ތަމެން އެމްޑީޕީން ކިޔާ ހުރިހާ އެއްޗަކީ އަދި ތަމެން ތަންފީޒު ކުރަން ގޮވާ އަމުރަކީ އެއީ ބާތިލްގެ މައްޗަށް ބާތިލް އަމުރެކޭ ދެން އަދި ރަނޑު ޒާތަށް އަތް ތިލަ ބަޑި ޖަހާ ޔާރާ ދިލްދާރާ ލަވަ އަށް ރަނޑު އަތްތިލަ ބަޑި ތަކެއް ތަމެން އެމްޑީޕީގެ އެއްޗެހި ތައް ޖެހިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. ދެން ތިބޭ ތަމެން ގޭގެ ބަދިގޭގައި ހަނޑޫ ހޮވާލާ ހޮވާލާ އޭނާ އިނދެފި މީނަ ވަރިކޮށްފި ލަވަ ކިޔަން. އެނިމުނީ އެއް ނޫން ދޯ.

 7. މަރީ

  އަލްހަމްދުﷲޝުކުރު.
  ދެންއަތްޖެހިދާނެ.

 8. ފޯރއެވަރ

  ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން 43 ހަމަވާކަށް ނުޖެހޭ، މަޖިލީހުގެ ނިންމުން ރަނގަޅު ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުން މަމެންނަށް ދެން ހަމަ ނިދި ލިބިގެން ދާނެއޭ. މަމެން ނަށް ކޮންމެ ރެއަކު މިނިދެނީ އެމެން އެމްޑީޕީން ޖައްސާ ފޭކް ގޭމްސް ތަކުން ރައްޔިތުން ވާ ވައްދައިގެން އެމެން ޕީޖީ އަތު އަޅުވާލި ގޮތަށް ގައުމުގައި ދެން ތިބި އެހެން މުވައްސަސާ ތައް ވެސް އެމެން އަތުއަޅުވާލާނެ ކަމަށޭ ނަމަވެސް ޖެންޓުލްމެނުން ތިބި ސްޕްރީމް ކޯޓުން ނިންމި ޕާރފެކްޓް ނިންމުން އެއީ މަމެން ހެ ހިތް ތައް އުފަލުން ފޮޅިގެން ދިޔަކަމެކޭ. ޔޭއް ކިތަންމެ ދުރުގައި ތިބި ނަމަވެސް މިއަދު މަމެންނަށް މަމެންގެ ބިއުޓިފުލް ސަރުކާރު ދިފާއު ކުރެވިއްޖެ ކަމުގެ އިހްސާސް ތައް ކުރެވި އުފަލުން ޕިއާނޯ ކުޅެލާ އުފާކޮށް ލެވެއޭ. މަމެންގެ ވެރިކަން ދިފާއު ކުރެވުން ފީލް ކުރެވެނީ އެއީ ޔޫއާރ ހިއަރ ދެއަރ އިޒް ނަތިންގް އައި ފިއަރ އެން އައި ނޯ މައި ހާރޓް ވިލް ގޯ އޮން އެން އޮން ވީ ވިލް ސްޓޭ ފޯރ އެވަރ ދިސްވޭ..

 9. ގޮނާސަކް

  އެސްއޯއީގެ ގަރާރު ފާސް ކުރަން 43 ވޯޓް ހޯދަން ނުޖެހޭނެ ކަން މަމެން ކުރިން ވެސް ބުނަމުންނޭ ދިޔައީ ބިކޮޒް ގާނޫނު އަސާސީގެ 6 ވަނަ މާއްދާގައިވާ ގޮތުން ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް ލިބިގެން ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށޭ މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ އަކީ އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އޭ ދެން ތަމެން ނަށް މިހާރު އެކަން އަންޑަރސްޓޭންޑް ނުވެ އޮތުމުން ތަމެންނަށް އެކަން އަންޑަރސްޓޭންޑް ވާ ވަރުގެ ޝޮކް އެން އޯވް އެކޭ މިޔާދިނީ. ވީ ގޮޓް ދަ ޓަޗް ވީ ގޮޓް ދަ މެޖިކް. ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

 10. ގޮނާސަކް

  ކޮބާ ދެން އެމްޑީޕީން ކޮން ޕްރޮޕެގެންޑާ އެއްތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ފަތުރާނީ ދެން ސްޕްރީމް ކޯޓުގެ ހުކުމް އަދި އަމުރު ތަންފީޒު ކުރަން ތަމެން ގޮވާ ނަމަ ގޮވަންވީ ނޫންތޭ މިއަމުރު ތަންފީޒު ކުރަން މީ ނޫންތޭ ދަ އަމުރަކީ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ދޯ.

 11. ރައްޔިތުން

  .ހީވޭ ކަމެއްހޭ. .ދުނިޔެ ކާނީ މަކަރާއި ޖަހައިގެން

 12. ސިޔާނާ

  އަލްހަމްދުﷲ ޝުކުރު

 13. އައިއެފް

  މިއީ އާދަޔާ ޚިލާފު ލަފަޔެއް. 3 ފަނޑިޔާރުންވެސް އެއްބަސް މިވީ މިއީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަންޖެހޭ ކުއްލިނުރައްކާ ހާލަތެއްނޫންކަން. ރައްޔިތުން މިއަށް ތަބާވާހަކަށް ނުޖެހޭކަން. ފުލުހުންވެސް ސިފައިންވެސް. ކުއްލިނުރައްކާ ހާލަތެއް ނެތްކަން. އަދި ދޭހަވަ ވޭ މިހާލަތައް އައީ 3ފަނޑިޔާރު ހިމެނޭގޮތައް ފަސްފަނޑިޔާރުން ނެރުއްވި ހުކުމަކާގުޅިގެންކަން އެއްބަސްއެވެވުނީ ސަރުކާރުން އެބުނާގޮތައް ފަސްފަނޑިޔާރުން ބަގާވާތްކުރިކަމަށް އިއުތިރާފް ވެވުނީއޭ.

  • އަން

   ޖުހާ ފޮތްކިޔާހެން ލިޔުންތައް ކީމަ ތީވާނެގޮތަކީ. ޖުހާ ބުނީ ނަމާދުކުރުން ހަރާމޭ. ނަމަވެސް ފޮތުގަ އޮތީ ވުޟޫ ނެތްމީހާގެ މައްޗައް ނަމާގުކުރުން ހަރާމް ވާހަކަ.
   ސްޕްރިމް ކޯޓްގެ އަމުރުގައިވެސް ބުނަނީ ރައްޔަތުން އޭގެމައްޗައް އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރަން ސާޅީސް ތިނެއްބޭނުންވާވާހަކަ އާއި މިއީ އެފަދަ ކަމެއް ނޫން ވާހަކަ. ނަމަވެސް ވެރިކަމާހެދި ބޫތުކެއީމާ އެބާބުގައި އޮތް ގާނޫނެއް ފާސްކުރަން އޮތް ތަންކޮޅު ނުފެއްނާނެ.

 14. naura

  Mi meehunge godhadi dhahves balaalun muhimmu*